08 ޑިސެމްބަރ 2018
މެންޗެސްޓާ (ޑިސެމްބަރު 8) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ކްލަބްގައި ހުރީ އުފަލުން ކަމަށް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ބުނެފި އެވެ.
މެންޗެސްޓާ (ޑިސެމްބަރު 8) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ކްލަބްގައި ހުރީ އުފަލުން ކަމަށް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ބުނެފި އެވެ.
ޔުނައިޓެޑްގައި މޮރީނިއޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވަނީ މި ސީޒަނުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ އިތުރުން އޭނާއާ ކްލަބްގެ ވެރިންގެ ދެމެދުގައި މައްސަލަތަކެއް ޖެހިފައިވާތީ އެވެ. ޔުނައިޓެޑް މި ވަގުތު ލީގުގެ އަށް ވަނައިގައި އޮތްއިރު، ގަދަ ހަތަރަކާ އެ ޓީމާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މޮރީނިއޯ ވަނީ މި އަހަރު ޖެނުއަރީ މަހު ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ. އެކަމަކު ފަަހަކަށް އައިސް މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަން ދޫކޮށްލަން އުޅޭކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި އޭނާ ރެއާލް މެޑްރިޑަށް އަލުން ބަދަލުވާން އުޅޭ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
"އެ ވާހަކަތަކުގައި (މޮރީނިއޯ ރެއާލަށް ދާން އުޅޭ ވާހަކަތައް) އެއްވެސް ހަގީގަތެއް ނެތް. ޔުނައިޓެޑްގައި މޮރީނިއޯ ހުރީ އުފަލުން. ކްލަބުން ވެސް އޭނާއާ މެދު ހިތްހަމަ ޖެހޭ. މޮރީނިއޯގެ އެބައޮތް ޔުނައިޓެޑާ އެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް. މޮރީނިއޯ އަންނަނީ ކާމިޔާބު ހޯދާނެ ޓީމެއް ބިނާކުރަމުން،" މެންޑޭޒް ބުންޏެވެ.
އިނގިރޭސި މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި ގޮތުގައި ޔުނައިޓެޑުން ދެން އެ ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތްކުރާނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެވެ. މިދިޔަ ހަފްތާގައި އޮތް ޔުނައިޓެޑުގެ ބޯޑް މެމްބަރުންގެ ބައްދަލުވުމުގައި ޔުނައިޓެޑްގެ ބައެއް ވެރިން ވަނީ މި ސީޒަނުގައި މޮރީނިއޯއާ އެކު ކުރިއަށް ދިއުމަށް ފަހު ރަނގަޅު ބަދަލެއް ނުފެނިއްޖެނަމަ ޕޮޗެޓީނޯ ގެންނަން ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށް ނިންމައިފަ އެވެ.
ލީގުގައި މިއަދު ޔުނައިޓެޑް ކުޅޭ މެޗުގައި ނުކުންނާނި ރެލިގޭޝަނުގައި އޮތް ފުލަމްއާ ދެކޮޅަށެވެ. މެޗު ފަށާނީ 8 ޖަހާއިރު އެވެ.
ބަދަލު ހިފުމުގެ ރޫހެއް ނެތް: މޮރީނިއޯ
"ޓޮޓެންހަމަށް ޔުނައިޓެޑް ފަަހަތަށް ޖައްސައިލެވިދާނެ"
ގަދަ ހަތަރަކާ މެދު މޮރީނިއޯގެ ރާގު ބަދަލުވެއްޖެ
ސިޓީއާ ދެމެދު އޮތް ފަރަގާ މެދު ނުވިސްނަން: މޮރީނިއޯ
"ލީގަށް ވާދަކުރުމުގެ ވާހަކަ ދައްކާ ވަގުތު ނުޖެހޭ"
ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް، މޮރީނިއޯ ހާހެއް ނުވޭ
މެޗުން ބަލިވުމުން މޮރީނިއޯގެ ފާޑުކިޔުން މީޑިއާ އަށް
މީޑިއާގެ ސުވާލުތަކަށް މޮރީނިއޯ ދިނީ ނުސީދާ ޖަވާބުތަކެއް
ލިވަޕޫލުން އުޅެނީ ލީގު ވެސް ގަންނަން: މޮރީނިއޯ
ކުޅުންތެރިން ތިބީ އުފަލުން: މޮރީނިއޯ