Roadha Mihaaru

މަޖިލީހުގެ ކަރާމާތާއި މިނިވަންކަމަށް އިހުތިރާމް ކުރަން އައިޕީޔޫން ގޮވާލައިފި

ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ކަރާމާތްތެރިކަމާއި މިނިވަންކަމަށް އިހުތިރާމް ކުރަން އިންޓަ ޕާލިމަންޓް ޔޫނިއަން (އައިޕީޔޫ) އިން މިއަދު ގޮވާލައިފި އެވެ.

މަޖިލީހުގެ ކަރާމާތަށް އިހުތިރާމްކުރަން އައިޕީޔޫން އެދެފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

24 ޖުލައި 2017

ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ކަރާމާތްތެރިކަމާއި މިނިވަންކަމަށް އިހުތިރާމް ކުރަން އިންޓަ ޕާލިމަންޓް ޔޫނިއަން (އައިޕީޔޫ) އިން މިއަދު ގޮވާލައިފި އެވެ.

އައިޕީޔޫ އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކަންތައް ގޯސްވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތަމްސީލު ކުރާ ޖަމިއްޔާ އިން މިހެން ބުނެފައިވަނީ، މަޖިލީހުގެ ތެރެ އަށް ސިފައިން ވަދެ، އެ ތަނުގައި ތިބި މެމްބަރުން ގަދަކަމުން ނެރުމާ ގުޅިގެންނެވެ.

މަޖިލިހުގެ އިދާރާ އަށް އިދިކޮޅު މެމްބަރުން މިއަދު ވަދެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން އޭނާ އަށް އާންމުންގެ ބަޔަކު އެހީތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މަޖިލިހުގެ އިދާރާ އަށް އިދިކޮޅު މެމްބަރުން މިއަދު ވަދެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުން އޭނާ އަށް އާންމުންގެ ބަޔަކު އެހީތެރިވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓެއް ސިފައިން މިއަދު ހެނދުނު ތަޅުލި އެވެ. އަދި މ. ކުނޫޒުގައި އިދިކޮޅު މެންބަރުން ބައްދަލުކުރެއްވުމަށް ފަހު ހިންގަވާފައި މަޖިލީހަށް ވަޑައިގަންނަވަން އުޅުއްވުމުން އެކަމަށް ފުލުހުން ހުރަސް އެޅުމުން ވެސް އެ މެމްބަރުން ވަނީ މަޖިލީހުގެ ތެރެ އަށް ވަދެފަ އެވެ.

ނަމަވެސް އޭގެ ފަހުން ސިފައިންނާއި ފުލުހުން މަޖިލީހުގެ ތެރެ އަށް ވަދެ ބާރުގެ ބޭނުންކޮށް މެމްބަރުން ނެރުމުގެ ތެރޭގައި ބައެއް މެމްބަރުންނަށް އަނިޔާ ލިބުނެވެ. ޕެޕަ ސްޕްރޭގެ އަސަރު ކޮށްގެން ބައެއް މެމްބަރުންނަށް އޭޑީކޭގައި ފަރުވާ ވެސް ދިނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ އެޖެންޑާކޮށް ޖަލްސާ ބާއްވަން އޮތީ މިއަދު އެވެ. ނަމަވެސް އެ މައްސަލައިގައި ސޮއި ކުރެއްވި ހަތަރު މެމްބަަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، އެފަދަ މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުން ހަމަނުވާ ކަމަށް، މަޖިލިހުން ނިންމައި އެ މައްސަލަ ބޭރުކޮށްލައި މިއަދުގެ ޖަލްސާ ކެންސަލް ކުރީ އެވެ.

ކަންބޮޑުވުން ފާޅުކޮށް އައިޕީޔޫ އިން ކުރި ޓްވީޓް

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި 45 މެމްބަރުން ކުރިން ސޮއިކޮށް، ފޮނުވި މައްސަލައެއް އެ ގޮތަކަށް ކެންސަލެއް ނުކުރެވޭނެ އެވެ. އަދި މަޖިލީހުގެ ގޮނޑިއެއް ގެއްލުނުކަން ކަށަވަރު ކޮށްދޭންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށާއި އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެހެން އެއްވެސް ފަރާތަކަށް މެމްބަރުން ނުހުއްޓުވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ އެމްޑީޕީ އޮފީސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ކޮށްފަ އެވެ. މިއަދުގެ ހަރަކާތްތަކުގެ ތެރެއިން ގޮނޑި ގެއްލުނުކަމަށް އިއުލާނު ކޮށްފައިވާ މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްވަދު ވަހީދު (ލޯޔަރު ވައްޑެ) ހައްޔަރުކޮށް ބަޔާން ނެގުމަށް ފަހު މިރޭ ވަނީ ދޫކޮށްލައިފަ އެވެ.