19 ޖުލައި 2017
މި ހަފުތާ ބަންދުގެ ކުރިން ސަރުކާރުން ބޮޑުކަމެއް ނިންމާނެ ކަމަށް، ޕީޕީއެމުން ރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މި ހަފުތާ ބަންދުގެ ކުރިން ސަރުކާރުން ބޮޑުކަމެއް ނިންމާނެ ކަމަށް، ޕީޕީއެމުން ރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، އެ ޕާޓީގެ މުސްތަޝާރުގެ މަގާމު ވެސް ފުރުއްވާ ރައީސް ޔާމީން އެހެން ވިދާޅުވި ނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ. އަދި ހަފުތާ ބަންދުގެ ކުރިން ރާއްޖޭގައި ބޮޑު ކަމެއް ނިންމާނެ ކަމަށް ރައީސް އެ ވިދާޅުވީ ކީއްވެތޯ އާއި އެކަމާ ގުޅޭ ގޮތުން ވެސް ކައުންސިލްގައި ތިއްބެވި އެއްވެސް މެމްބަރަކު ސުވާލެއް ނުކުރައްވަ އެވެ.
"މި ހަފުތާ ބަންދުގެ ކުރިން ސަރުކާރުން ބޮޑުކަމެއް ނިންމާނެ ކަމަށް ރައީސް ވިދާޅުވީ. އިތުރަށް އެކަމާ ގުޅޭ ގޮތުން ވާހަކައެއް ވިދާޅެއް ނުވޭ،" ކައުންސިލްގެ ބައްދަލުވުމުގައި އިންނެވި ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ސިޔާސީ އަރައިރުން ބޮޑުވެ، މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މެމްބަރުންގެ ސޮއި ހޯއްދެވުމަށް އިސްކޮށް އުޅުއްވި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.
ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް ހައްޔަރުކުރީ މަސީހް މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި ހޯއްދެވުމުގައި މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހެޅި ކަމަށް ތުހުމަތުކޮށެވެ. އެކަމަކު ފާރިސް އެ ތުހުމަތުތަކަށް އިންކާރު ކުރައްވަ އެވެ.
ރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު ޕާޓީން ވަކި ކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ހަތަރު މެމްބަރަކު ޕީޕިއެމުން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ އަންގާފައިވާ ކަމަށެވެ. އެކަމަކު މެމްބަރުންނަށް އަދި އެކަން ނާންގަ އެވެ.
ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް ޕީޕީއެމުން ވަކި ކުރުމުން، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި މެމްބަރުންގެ އަދަދު 42 އަށް ވުރެ ދަށް ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް "މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި، ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވި އެވެ. އެހެންކަމުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލު ވާނެ ކަމަށާއި އެ ވޯޓެއް ނޯންނާނެ ކަމަށް ރައީސް ޔާމީން، ކައުންސިލްގައި އަރިހުގައި ވިދާޅުވި ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!
4މެމްބަރަކު ޕީޕީއެމުން ވަކިވިކަން މަޖިލިހަށް އަަންގައިފި
ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
ރައީސްގެ ހުރިހާ އުންމީދަކީ ސުޕްރީމް ކޯޓު: މެމްބަރުން
ވަރުގަދަ ޕީޕީއެމް އަގުލަބިއްޔަތު ކުއްލިއަކަށް ގެއްލިއްޖެ
45 ދަރަޖަ އަށް މަސްރަހު ހޫނުވުމަކީ، އިންޒާރެއް!
ވައިބަ ގްރޫޕުން ނެރެދޭން ރައީސް އެދިވަޑައިގެންފި
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟
ރައީސްގެ މެސެޖާ އެކު ޕީޖީ ގްރޫޕްގައި ރައްދުތަކެއް