ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ވެރިކަންކުރާ ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވި އިރު ވެސް މިހާ އަވަހަށް އެ ޕާޓީގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމަކަށް، އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ. އެކަމަކު ފުލުފުލުގައި މެމްބަރުން ކެނޑެމުން ގޮސް، މިއަދު ހަވީރު 3:30 ވީ އިރު ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވީ ޕީޕީއެމްގެ 35 މެމްބަރުންނެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންގެ އަދަދާއެކު އެ އަދަދު އުޅޭނީ 40ގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ވެރިކަންކުރާ ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވި އިރު ވެސް މިހާ އަވަހަށް އެ ޕާޓީގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމަކަށް، އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ. އެކަމަކު ފުލުފުލުގައި މެމްބަރުން ކެނޑެމުން ގޮސް، މިއަދު ހަވީރު 3:30 ވީ އިރު ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވީ ޕީޕީއެމްގެ 35 މެމްބަރުންނެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެމްބަރުންގެ އަދަދާއެކު އެ އަދަދު އުޅޭނީ 40ގަ އެވެ.
ޕީޕީއެމް ވެރިކަމަށް އައިސް، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު، އެހެން ޕާޓީތަކުން ގުޅުނު ބައެއް މެމްބަރުންނާއި އެމްޑީއޭ ކޯލިޝަނާ އެކު މަޖިލިހުގައި 52 މެމްބަރެއްގެ ބާރު އައީ ހިންގަމުންނެވެ. މިފަދަ ދުވަހެއް ކުރިމަތިވެދާނެ ކަމަށް، ލަފާކުރީ މަދު ބައެކެވެ.
- އެމްޑީޕީ 21
- ޖުމްހޫރީ ޕާޓީ 7
- އަދާލަތު ޕާޓީ 1
- ޕީޕީއެމާއި އެމްޑީއޭ އިން ކަނޑާލި އަދި ވަކިވި 14
- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް (އިދިކޮޅު ފިކުރު)
- ޕީޕީއެމް 35
- އެމްޑީއޭ 5 މެމްބަރުން
- ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ސަރުކާރު ފިކުރު)
އެކަމަކު މަސީހުގެ މައްސަލަ އާއި ގާނޫނުއަސާސީއާ ހިލާފަށް ފާސްކުރަމުން އަންނަ ބިލްތަކާ ހެދި ޕީޕީއެމް ކޯލިޝަންގައި ރެނދު އަޅަން ފެށި އެވެ. ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު "ހިސޯރުކުރުމު"ގެ ތުހުމަތު މަސީހުގެ އިސްތަށިފުޅުގައި، އަމިއްލަ ޕާޓީގެ މެމްބަރުން ވެސް އައީ އަޅުވަމުންނެވެ.
މިހާރު މަޖިލީހުގައި މެމްބަރުންގެ ސިޔާސީ ފިކުރު ބެހިފައިވާ ގޮތަށް ބަލާއިރު އިދިކޮޅު އިދިކޮޅު ފަރާތްތަކަށް 44 ގޮނޑި ލިބެ އެވެ. އެއީ ޕީޕީއެމުން ތަފާތު ސަބަބުތަކާ ހުރެ މިހާތަނަށް ވަކިކޮށްފައިވާ އަދި މަސީހްގެ މައްސަލައާ ގުޅުވައިގެން އަމިއްލަ އަށް ވަކިވި މެމްބަރުންނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ އެއް މެމްބަރު ހިމަނައިގެންނެވެ. ސަރުކާރުގެ ކޯލިޝަންގެ 40 މެމްބަރުން ތިއްބެވިއިރު، މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސައާ އެކު ސަރުކާރަށް 41 މެމްބަރުން ކަށަވަރުވެ އެވެ. މޫސަ ފަހަކަށް އައިސް މަޖިލީހުގައި ވޯޓު ދެއްވަނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ.
1- ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
2- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
3- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
4- ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ
5- އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
6- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
7- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު
8- މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް
9- ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
* މަސީހު މަގާމުން ވަކިކުރުމުގެ މައްސަލާގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް ވެސް ސޮއިކުރެއްވި. އެކަމަކު މި ދެ ބޭފުޅުން ވެސް އަދި ޕީޕީއެމުން ވަތްކެއް ނުވޭ. އަދި އަހުމަދު ރަޝީދު ވިދާޅުވެފައި ވަނީ އެ ލިސްޓުގައި ސޮއިނުކުރައްވާ ކަމަށް. އެކަމަކު އޭނާ ސޮއިކުރައްވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން ވަނީ އާންމުކޮށްފައި.
މަސީހު ސަލާމަތްކުރެއްވުމަކީ މިވަގުތު ރައީސް އަބްދުﷲ ޔާމީންގެ އެންމެ އިސް މަސައްކަތްޕުޅަށް މި އޮތީ ވެފަ އެވެ. އެކަމަކު މަސީހާ ދެކޮޅަށް ސޮޮއިކުރެއްވި ހުރިހާ މެމްބަރުންހެން ޕާޓީން ވަކިވުމުން، މައްސަލަ ވަރަށް ސީރިއަސްކަން އެނގެ އެވެ.
1- ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
2- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
3- މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
4- ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
5- ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް (އެމްޑީއޭ)
މިއަދު އެކަނި ވެސް ޕީޕީއެމްގެ މަޖިލިސް ހަ މެމްބަރަކު ވަނީ ޕާޓީން ވަކިވެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ސުޕްރީމް ކޯޓު މެދުވެރިކޮށް، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ހުރަސްތަކެއް ކުރިމަތިކުރަން އުޅުން ކަމަށް، އޭގެ ތެރެއިިން ބައެއް މެމްބަރުން ވިދާޅުވެ އެވެ.
ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކުރި ނަމަވެސް ގޮނޑި ގެއްލޭ ގޮތަށް މިއަދު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ ވަނީ ބަލައިގެންފަ އެވެ. މީގެ ކުރިން ދުސްތޫރީ ހުރިހާ މައްސަލައެއް އެ ކޯޓުން ބެލީ އޭރަކު އޮންނަ ފުލް ބެންޗުން ނަމަވެސް މިއަދު ޝަރީއަތް ބޭއްވީ އެންމެ ތިން ފަނޑިޔާރުންނާ އެކުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިހާރު އޮންނެވީ ސިއްހީ ކުއްލި މައްސަލައެއްގައި ފަރުވާ ދޭން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.
ޕީޕީއެމްގެ މެޖޯރިޓީ މިހާ ކުއްލިއަކަށް މަޖިލިހުން ގެއްލުމަކީ ސިޔާސީ ވަރަށް ބޮޑު ލޮޅުމެއް ކަމަށް، އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ. އަދި އެކަން ހުއްޓުވަން ސުޕްރީމް ކޯޓު މެދުވެރިކޮށް ރޫލިންއެއް ހޯދަން އުޅެނީ ގާނޫނުއަސާސީގައި ނެތް ކަމެއްގެ މައްޗަށް ކަމަށް ވެސް އިދިކޮޅު ކޯލިޝަނުގެ ބަައެއް ބޭފުޅުން ވިދާޅުވެ އެވެ.
ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލިހުގެ ބާބުގައި ސިޔާސީ ޕާޓީގެ ނަން ގެނެސްފައެއް ނުވެ އެވެ. އަދި މެމްބަރުންގެ ގޮނޑި ގެއްލޭ ސަބަބުތަކުގެ ތެރޭގައި ވެސް ޕާޓީން ވަކިވުން، ނުވަތަ ކެނޑުން ހިމަނާފައެއް ނުވެ އެވެ.
ޕީޕީއެމް ދޫކޮށްލެއްވި މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މި ވަގުތު ތިއްބެވީ ރާއްޖެ އިން ބޭރުގަ އެވެ. މަސީހާ ދެކޮޅަށް ނުކުންނެވި އެ މެމްބަރުން އަނބުރާ ޕާޓީއަށް ގެނެވޭތޯ ރައީސް ޔާމީނާއި ޕާޓީގެ އިސް އެހެން ބައެއް ބޭފުޅުން ކުރަައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާއެއް އަދި ނުފެނެ އެވެ. އޭގެ ބަދަލުގައި އެ ބޭފުޅުުން އެންމެ ފަހުން ޕާޓީ ދޫކޮށްލެއްވުމަކީ ސަރުކާރަށް ދިން ވަރަށް ސާފު މެސެޖެއް ކަމަށް، އޭގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވި އެވެ.
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
މި ގޮތް ވެސް މަސީހަށް ހަމަ "އޯކޭ"!
ހަތަރު މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ: މައުމޫން
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
މެމްބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިވެއްޖެ
45 ދަރަޖަ އަށް މަސްރަހު ހޫނުވުމަކީ، އިންޒާރެއް!
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟
ވޯޓަކުން ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ: ޝުޖާއު
ރައީސްގެ މެސެޖާ އެކު ޕީޖީ ގްރޫޕްގައި ރައްދުތަކެއް
މަސީހު ދެއްވި ރޯދަވީއްލުމަށް އެންމެ 17 މެމްބަރުން