13 ޖުލައި 2017
އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން އަސްލަމާ ދެކޮޅަށް ދައުވާކޮށްފި އެވެ.
އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލު ދައްކަން ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން އަސްލަމާ ދެކޮޅަށް ދައުވާކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައި، ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދައްކާ ގޮތުން 2009 ވަނަ އަހަރުން ފެށިގެން އެކިފަހަރު މަތިން އަސްލަމްގެ ފޯނު ބިލު ދެއްކުމަށް އެ މިނިސްޓްރީގެ ބަޖެޓުން 312،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ. އެ ފައިސާ ޚަރަދު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ އެ ފައިސާ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް އޭރު ލަފާ ދެއްވާފައިވެ އެވެ.
ފައިސާ ހޯދަން އަސްލަމާ ދެކޮޅަށް ދައުލަތުން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަ މިިއަދަށް ވެސް އެ ކޯޓުން ތާވަލްކުރި އެވެ.
މާލިއްޔަތު ގަވާއިދާއި ޚިލާފަށް ޚަރަދު ކޮށްފައި ހުރި ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި ބައެއް އިސް ބޭފުޅުން ގަވާއިދާ ޚިލާފަށް ޚަރަދުކުރި ފައިސާތައް އަނބުރާ ދައްކަން ފިނޭންސް އިން އޮތީ އަންގައިފަ އެވެ. އެ ފައިސާ ނުދައްކައިފި ނަމަ ދައުވާ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފޯނު ބިލަށް ދައުލަތުން ކުރި ހަރަދު އަސްލަމް ދައްކައިފި
ފޯނު ބިލަށް ޚަރަދުކުރި ފައިސާ ދޭން އަސްލަމަށް ޖެހިއްޖެ
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ފައިސާ ނުދީގެން ފިނޭންސްއާ ދެކޮޅަށް ދައުވާކޮށްފި
ފައިސާ ދައްކަން ޖެހޭ ކަމަށް ޝަހީދު ގަބޫލެއް ނުކުރައްވާ
ފައިސާ ދެއްކީ ޑރ. ޝަހީދު އެކަނި: ފިނޭންސް
"ފައިސާ ދައްކަން އެންގީ ގާނޫނީ ޒިންމާއަކަށް ވާތީ"
އެފްޑީސީގެ 1 ބިލިއަނުގެ ހިއްސާއަށް 19 ބިމެއް ދީފި
އެމްޑީޕީން ހީކުރީ 3މަހުން ސަރުކާރު ބަނގުރޫޓުވާނެކަމަށް
އެމްޑީޕީގެ 5 މިލިއަންގެ ދަރަނިދައްކަން އެއްބަސްވުމަކަށް