12 އޮކްޓޯބަރ 2017
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅި ފައިސާ ދޫނުކޮށްގެން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް އެމްޑީޕީން މިއަދު ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅި ފައިސާ ދޫނުކޮށްގެން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް އެމްޑީޕީން މިއަދު ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
މި އަހަރަށް ފާސްކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުން 0.1-0.2 ޕަސެންޓް (ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ) ވަނީ ސިޔާސީ ޕާޓީތަކަށް ކަނޑައަޅައިފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު މި އަހަރު ނިމެން ދެ މަހަށް ވެފައިވާއިރު ވެސް ޕާޓީތަކަށް ފައިސާ ދުލެއް ނުކުރެ އެވެ.
އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން ދައުލަތުގެ ބަޖެޓުން އެ ޕާޓީ އަށް މި އަހަރު 7.4 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށެވެ. އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ހިފަހައްޓާފައިވާ ކަމަށް ބުނެ އެމްޑީޕީން އެދިފައި ވަނީ އެ ފައިސާ ވަގުތުން ހަވާލުކުރަން އެ މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅައި، ފައިސާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މި ފައިސާ ދޫނުކޮށް ހިފަހައްޓާ ސަބަބާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވާހަކައެއް ނުދެއްކި އެވެ.
ޕާޓީތަކުން ބުނެފައިވާ ގޮތުގައި ފައިސާ ނުދީ ލަސްކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. މި މައްސަލާގައި އިދިކޮޅު ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފައިސާ ދޫނުކޮށްގެން ޕާޓީތަކުގެ އިދާރީ ބައެއް ކަންކަމަށް ވެސް ހުރަސްއެޅިފައިވާ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ އެ ޕާޓީއެއްގެ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް އެވެ.
އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9 މިލިއަން
ފައިސާ ދޭން އީސީން އެދުނީ ތިން ޕާޓީއަކަށް: ފިނޭންސް
ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދީފި
ޕީޕީއެމް ހިމަނައިގެން ޕާޓީތަކަށް ފައިސާދޭން ފޮނުވައިފި
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި
ފޯނު ބިލަށް ދައުލަތުން ކުރި ހަރަދު އަސްލަމް ދައްކައިފި
ފޯނު ބިލަށް ޚަރަދުކުރި ފައިސާ ދޭން އަސްލަމަށް ޖެހިއްޖެ
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ނިމިއްޖެ
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފުލުހުން ހުއްޓުވަނީ
ކޮންގްރެސް ބާއްވަން އެމްޑީޕީން ފައިސާ ހޯދަން ފަށައިފި