Roadha Mihaaru
ޕީޕީއެމް ހިމަނައިގެން ޕާޓީތަކަށް ފައިސާދޭން ފޮނުވައިފި

ޕީޕީއެމް ހިމަނައިގެން ޕާޓީތަކަށް ފައިސާދޭން ފޮނުވައިފި

26 މެއި 2019

އިދިކޮޅު ޕީޕީއެމް ހިމަނައިގެން، ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީއަކަށް ފައިސާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީ އަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ޕީޕީއެމް ހިމަނައިގެން، ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީއަކަށް ފައިސާ ދޫކޮށްދޭން ފިނޭންސް މިނިސްޓްރީ އަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ޕީޕީއެމްގެ އަހަރީ ރިޕޯޓު އިސްލާހުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އެ ޕާޓީގެ އިތުރުން އެމްޑީޕީ އާއި ޖޭޕީ އަދި އެމްޑީއޭއަށް ފައިސާދޭން ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

އީސީގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންވެ މި އަހަރު ވެސް ފައިސާ ލިބެނީ، މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު، އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީ އަށެވެ.

މި އަހަރުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ލިބެނީ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 12 މިލިއަން ރުފިޔާ ލިބޭއިރު ދެ ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިއަން ރުފިޔާ ލިބެ އެވެ. ޖޭޕީ އަދި އެމްޑީއޭ އަށް ލިބެނީ ދެ މިލިއަން ރުފިޔާ އެވެ.

އީސީީއަށް މި ފަހުން ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނު އިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރާފައި ވެ އެވެ. އަދި 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ އަދަދު ވަނީ ދޭކަށް ދަށްވެފަ އެވެ. މިހާރު އެ އަދަދަށް މެމްބަރުން ހަމަވަނީ އެމްޑީޕީގެ އިތުރުން ޕީޕީއެމްގަ އެވެެ.