Roadha Mihaaru
ފޯނު ބިލަށް ދައުލަތުން ކުރި ހަރަދު އަސްލަމް ދައްކައިފި

ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ ރުފިޔާ އަސްލަމް ދައްކައިފި

13 ޖުލައި 2018

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އޭނާ ދައުލަތަށް އަނބުރާ އިއްޔެ ދައްކަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ޚަރަދުކުރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އޭނާ ދައުލަތަށް އަނބުރާ އިއްޔެ ދައްކަވައިފި އެވެ.

ސިވިލް ކޯޓުން މިދިޔަ މަހު 24 ގައި ހުކުމްކުރީ ޖޫން 2009 އިން ފެށިގެން އޮގަސްޓް 2011 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓަރަކަށް ހުންނެވި އަސްލަމްގެ ފޯނު ބިލް ދެއްކުމަށް ދައުލަތުން ޚަރަދުކުރި 312،000 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދެއްކުމަށެވެ.

އެފައިސާ ފިނޭންސް މިނިސްޓްރީއަށް އިއްޔެ ދައްކަވާފައިވާއިރު އަސްލަމް "މިހާރު" އަށް ވިދާޅުވީ އެފައިސާ އަކީ ދައްކަން ޖެހޭނެ ފައިސާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ފައިސާ ދެއްކެވީ ކޯޓުގެ ހުކުމަށް ތަބާވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Phone bill ah kharadhu kuri faisaa anburaa dhakkan Aslam ge mahchah hukum koffi

Phone bill ah kharadhu kuri faisaa anburaa dhakkan Aslam ge mahchah hukum koffi

The most trusted news source in the Maldives

Mihaaru

ފޯން ބިލަށް ދެއްކި ފައިސާ ދައްކަން އަސްލަމްގެ މައްޗަށް ހުކުމް ކުރުން--

އެ މައްސަލައިގެ ހުލާސާ ބަޔާން އިއްޔެ ސިވިލް ކޯޓުން ލިބިފައިވާ ކަމަށާއި އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ފޯން ބިލް ދައުލަތުން ދައްކާފައިވަނީ ޕާމަނަންޓް ސެކްރެޓަރީގެ އެންގުމަށް ކަމަށެވެ. އެއީ މިނިސްޓަރުންނަށް ކުރީންސުރެ އޮންނަ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވީ ވަޒީރުންގެ ފޯން ބިލް ދައްކަނީ އޮފީހުންނޭ. އަޅުގަނޑު ދެއްނެވިން އަޅުގަނޑު ނަމްބަރު ބަދަލެއް ނުކުރާނަމޭ. ދެން ޕާމަނަންޓް ސެކްރެޓަރީ އެންގެވީ ބިލް އެޑްރެސް ބަދަލުކުރަން. ދެން ބަދަލުކުރީމަ މިނިސްޓްރީން ބިލް ދެއްކީ،" ކަން ހިނގިގޮތް ކިޔައިދެމުން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ދައުލަތުގެ ބޭނުމަށް އޭނާ ކުރި ހަރަދު އަމިއްލައަށް ދައްކަން ޖެހުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމެއް ކަމަށެވެ.

"އަޅުގަނޑު ސަރުކާރުގައި އުޅުނު ދުވަސްވަރު ސަރުކާރު މަސައްކަތައް ކުރި ފޯންތަކަށްވެސް އަޅުގަނޑު ފައިސާ ދައްކަން ޖެހުނީ،" އަސްލަމް ވިދާޅުވި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އަސްލަމްގެ ފޯނު ބިލް ދެއްކުމަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރި 312،000ރ. އަކީ އަސްލަމްގެ ފަރާތުން ދައުލަތަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ހުކުމްކުރި ދުވަހުން ފެށިގެން ފަސް މަސް ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަސްލަމަށް އަންގާ ކަމަށް އެ ހުކުމުގައި ވެ އެވެ. އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ފައިސާ ދެއްކި މައްސަލަ ފެންމަތި ކުރީ، އޮޑިޓާ ޖެނެރަލް ނެރުއްވި ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިިޓް ރިޕޯޓުގަ އެވެ. އެ ފައިިސާ ދައުލަތުން ޚަރަދުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އެ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް އޭރު ލަފާ ދެއްވާފައިވެ އެވެ.