12 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރާ 10 މެމްބަރަކު އެ ޕާޓީން ވަކިވުމަށް އެެދިވަޑައިގެންނެވި ނަމަވެސް އެ މެމްބަރުން ވަކިކޮށްދިނުމާ ޕީޕީއެމުން ދެކޮޅު ހަދައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރާ 10 މެމްބަރަކު އެ ޕާޓީން ވަކިވުމަށް އެެދިވަޑައިގެންނެވި ނަމަވެސް އެ މެމްބަރުން ވަކިކޮށްދިނުމާ ޕީޕީއެމުން ދެކޮޅު ހަދައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވީ، އެ މެމްބަރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް، މި މަހުގެ ތިން ވަނަދުވަހު [ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދި ދުވަސް] އެ ޕާޓީގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މެމްބަރުން ޕާޓީން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަތައް ބަލައި ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ހ.ގެ ދޭއްގައި ބުނާފައިވާ ގޮތުން ޕާޓީން ވަކިވާން އެދިއްޖެ ނަމަ އެ މީހަކު ޕާޓީން ވަކިވާނެ އެވެ. އަދި މީގެ ކުރިން ޕީޕީއެމުން އަމަލްކޮށްފައި ވަނީ ވެސް އެގޮތަށެވެ. އެއީ ޕާޓީން ވަކިވާން އަމިއްލަ އަށް އެދިއްޖެ ނަމަ ވަކިކޮށްދިނުމެވެ.
މިފަހަރު ޕީޕީއެމުން ވަކިވާން އެދިވަޑައިގެންނެވި 10 މެމްބަރުން ވެސް ވަނީ މަސީހް މަގާމުން ވަކިކުރުމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރައްވައިފަ އެވެ.
ޕީޕީއެމުން ވަކިކޮށް ދިނުމަށް އެދި އެ ޕާޓީ އަށް ސިޓީ ފޮނުވި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އެވެ.
ޕީޕީއެމުން ވަކިކޮށް ނުދިން މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ތިމަރަފުށި ދާއިރާގެ މެމްބަރު މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާޓީއެއްގައި ތިއްބަވަން ބޭނުން ނުވާ މެމްބަރުން އަމިއްލަ އަށް އެ ޕާޓީއަކުން ވަކިވުމުގެ އިޚުތިޔާރު ލިބިދޭނެ ކަމަށެވެ.
"އެއީ ގާނޫނީ އެއްވެސް ބަންދުވުމެއް އޮތް ކަމެއް ނޫން،" ކުރިއްސުރެ ފެށިގެން ޕީޕީއެމް އަދި ސަރުކާރުގެ ވިސްނުމާ އެއްކޮޅަށް މަސައްކަތް ކުރެއްވުން ހުއްޓާލައްވައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރައްވާ މުސްތަފާ ވިދާޅުވި އެވެ.
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލޭނެ: ނިހާނު
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
ޕީޕީއެމުން ވަކިކުރި މެމްބަރުންގެ މައްސަލަތައް ބަލަނީ
އަޅުގަނޑުގެ އަމިއްލަ މަސްލަހަތެއް ނެތް: އަބްދުﷲ
މެމްބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިވެއްޖެ
"މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ދާނީ ފަނުފުލުން"
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ