08 ނޮވެމްބަރ 2016
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ނަގަން އުޅޭ ވޯޓު ދާނީ "ފަނުފުލުން" ކަމަށް ޕީިޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ނަގަން އުޅޭ ވޯޓު ދާނީ "ފަނުފުލުން" ކަމަށް ޕީިޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުން ނިންމާ ނިންމުންތައް ހުންނަނީ ރައްޔިތުންގެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ކަމަށް ބުނެ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މެމްބަރުންތަކެއް އަންނަނީ ތައްޔާރު ވަމުންނެވެ. އެކަމަށް އިޝާރާތް ކުރައްވައި ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
Majlis Raees Abdullah Maseeh ge ithubaaru neiy kamah idhikolhu faraaiythakun kuraa massakaiy dhaanee fanufulun. pic.twitter.com/1crUZ3JNPT
— Ahmed Nihan (@ahmed_nihan) November 8, 2016
މަސީހުގެ ދިފާއުގައި ނިހާންގެ ޓުވީޓް:
އެނގިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އަދި އެ މައްސަލަ ވެއްދުމަށް އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ލިބެ އެވެ.
މަސީހުގެ މައްސަލަ ހުށަހެޅުމުގައި އިސްކޮށް އުޅުއްވާ މެމްބަރަކު ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީ އެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމުގެ ފުރުސަތު މަޖިލީހުގައި ނުދެއްވާތީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މަސީހުގެ އިތުރުން މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ބޭނުން ނަމަ، ސަބަބު ބަޔާންކޮށް 15 މެމްބަރުންގެ ސޮޔާއެކު ލިޔުމަކުން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދިި އެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަސް ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ޖެހެ އެވެ.
ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގަތުމާ އެކު، ރައީސް އަަބްދުﷲ ޔާމީން ކޮންޓްރޯލް ކުރަައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލިހުގެ ސާފު އަގުލަބިއްޔަތަށް ބުރޫ އެރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. މައުމޫނާ ގުޅިވަޑައިގެންނެވި މެމްބަރުންގެ އިތުރުން ޖޭޕީގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނާއި މިހާރު ޖަލަށް ލާފައިވާ އަހުމަދު މަހުލޫފާއި އެމްޑީއޭގެ މެމްބަރު ހުސައިން އަރީފް އަދި އަދާލަތު ޕާޓީގެ އަނާރާ ނައީމް ހިމެނުމުން މަޖިލީހުގެ ދެ ބައިކުޅަ އެއްބައިހާ ވޯޓު މަސީހާ ދެކޮޅަށް ލިބުމުގެ ފުރުސަތު ބޮޑެވެ.
ޕީޕީއެމްގެ މެޖޯރިޓީ "ގުޑުވައެއް ނުލެވޭނެ": ނިހާނު
ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލޭނެ: ނިހާނު
ޕީޕީއެމުން މެމްބަރުން ވަކިކޮށެއް ނުދިން
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންނަށް ނަޝީދުގެ ޝުކުރު
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
ދެ ހުށަހެޅުމުގައި މެމްބަރުން ސޮއިކުރި ސަބަބު ހޯދަނީ
"މަސީހު ގަބޫލުނުކުރާނަމަ ކޮމިޓީތަކަށް ގޮސްގެން ނުވާނެ"
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
ހަ ހަފުތާ ފަހުން މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހު