11 ޖުލައި 2017
ވޮޝިންޓަން (ޖުލައި 11) - އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން ރަޝިޔާގެ ވަކީލްއާ ބައްދަލު ކުރި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދޮށީ ދަރިކަލުން ޓްރަމްޕް ޖޫނިއާ އެއްބަސްވެވަޑައިގެންފި އެވެ.
ވޮޝިންޓަން (ޖުލައި 11) - އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން ރަޝިޔާގެ ވަކީލްއާ ބައްދަލު ކުރި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދޮށީ ދަރިކަލުން ޓްރަމްޕް ޖޫނިއާ އެއްބަސްވެވަޑައިގެންފި އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ޓްރަމްޕުގެ ދަރިކަލުން ރަޝިޔާގެ ވަކީލްއާ ބައްދަލުކޮށްފައި ވަނީ އިންތިޚާބު ޓްރަމްޕަށް ކާމިޔާބުކޮށްދިނުމަށް ރަޝިޔާ ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ކަމަށެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕުގެ އެންމެ އިތުބާރު ކުރާ ދެ އޮފިޝަލުން ކަމަށްވާ ޕޯލް މެނަފޯޓް އަދި ޖާރެޑް ކުޝްނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޓްރަމްޕް ޖޫނިއާ ބައްދަލުކުރެއްވި ވަކީލަކީ ރަޝިޔާގައި އެހާ މަޝްހޫރު މީހެއް ނޫން ނަމަވެސް އޭނާ ތަމްސީލްކުރީ ރަޝިޔާގެ ސީނިއާ އޮފިޝަލެއް ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުންޏެވެ.
ވައިޓް ހައުސްގެ ތަރުޖަމަނާކު ވިދާޅުވީ ޓްރަމްޕް ޖޫނިއާ ބޭއްވެވި ބައްދަލުވުމާ ބެހޭ މައުލޫމާތު ރައީސް ޓްރަމްޕަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެފްބީއައި އާއި ކޮންގްރެސް އިން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފައި ވަނީ ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތަށް ކަންކަން ފަހި ކުރުމުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ދައުރެއް ވެސް އޮތް ކަމަށެވެ.
ޓްރަމްޕް ނޭޓޯގެ މައްސަލަގަނޑު ހޫނުކޮށްލައިފި
ޔޫކްރޭންގެ މައްސަލައިގައި ޓްރަމްޕުގެ ތައުރީފު ޕުޓިންއަށް
ރަޝިޔާގެ ނިއުކްލިއާ އެއްބަސްވުން ޓްރަމްޕް ނިމުމަކަށް ގެނެސްފި
އިންތިހާބުގެ ނަތީޖާ "އޮޅުވާލި" ވާހަކަ އަށް ފިލްމެއް
2017ގެ އެންމެ މުހިންމު ބައެއް ކަންތައް
މިއީ ރަޝިޔާއާ އެކު މަސައްކަތް ކުރަންވީ ވަގުތު: ޓްރަމްޕް
ރަޝިޔާގެ ހެކްކުރުން އެމެރިކާގެ 21 ސްޓޭޓަކަށް
އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަން އާ ބޭފުޅަކު
ސިއްރު މައުލޫމާތު ޓްރަމްޕް ވަނީ ރަޝިޔާ އަށް ފޯރުކޮށްދީފައި
ކާމިޔާބު ލިބުނީ އިންތިޚާބަށް ނުފޫޒުފޯރުވިކަމަށް ބުނުމުން