Roadha Mihaaru
ނާޒިމާއި އިމްރާން ޑޮކްޓަރަށް ދައްކައިފި

ނާޒިމާއި އިމްރާން ޑޮކްޓަރަށް ދައްކައިފި

10 ޖުލައި 2017

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެނެސް ފަރުވާދީފި އެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ފަރުވާދިނީ ކޮން ބައްޔަކަށް ކަމެއް ނޭނގެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެނެސް ފަރުވާދީފި އެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ފަރުވާދިނީ ކޮން ބައްޔަކަށް ކަމެއް ނޭނގެ އެވެ.

ފަރުވާ ދިނުމަށް ފަހު އެ ދެބޭފުޅުން މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

ނާޒިމާއި އިމްރާން މިދިޔަ ރޯދަމަހަށް ގޭ ބަންދުގައި ބޭތިއްބުމަށް ފަހު ޖަލަށް ގެންދިޔައީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލާފައިވަނީ އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގަ އެވެ. އިމްރާން 12 އަހަރަށް ޖަލަށްލާފައިވަނީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވެގެންނެވެ.