Roadha Mihaaru
މިހާރުގެ ރެސިޕީ: ބަށި ރިހަ

މިހާރުގެ ރެސިޕީ: ބަށި ރިހަ

28 ޖޫން 2016

700 ގުރާމު ދިގު ބަށި ނުވަތަ ބޮޑެތި ވައް ބަށި

ފާތިމަތު ޚުރުޝިދާ ފާތިމަތު ޚުރުޝިދާ

ބޭނުންވާ ތަކެތި

700 ގުރާމު ދިގު ބަށި ނުވަތަ ބޮޑެތި ވައް ބަށި

100 ގުރާމު ހިކި ކަނޑުމަސް (ކޮށާފައި ނުވަތަ މުގުރި)

1 މޭޒުމަތީސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު ނުވަތަ ހިމުންކޮށް ފުނޑާފައި ހުރި ހަނާކުރި ހުނި ހަވާދު)

1 ފިޔާ (ބޮޑު، މެދުން ފަޅާފައި އަރިމަތިން ކޮށާފައި)

2 ލޮނުމެދު (ގާނާފައި)

⅓ ސައިސަމުސާ ދިރި (މުގުރާފައި)

⅓ ފޮނިތޮށިކާފޫރުތޮޅި (މުގުރާފައި)

1 ޖޯޑު ކާށިކިރު ނުވަތަ ޑަޗްލޭޑީ ނުވަތަ ލެކްނޯ

ރީނދޫ، ލޮނު، ތެޔޮ، ހިކަނދިފަތް، ރޯމިރުސް، (ބޭނުން ނަމަ) ފިޝް ސޯސް

ހަދާނެ ގޮތްް

ލޮނުމެދު އަޅައިގެން ފިޔާ މީރުކޮށްފައި އެ އިން ދެބައިކުޅަ އެއްބައި ނެގުން. ވަކިން ނެގި ފިޔާކޮޅުގެ ތެރެއަށް ބައި ޖޯޑު ކިރު، ދިރި، ފޮނިތޮށިކާފޫރުތޮޅި އަޅާފައި މަތިޖަހައިފައި ބެހެއްޓުން. ތެލީގައި ހުރި ފިޔާކޮޅުގެ ތެރެއަށް ބަށި، ލޮނު، ހިކިމަސް އަޅަފައި، މަތިޖަހައިގެން މަޑު ގިނީގައި ފަސް މިނެޓު ވަންދެން ކެއްކުން. ކައްކާއިރު ރަނގަޅަށް އެއްކުރަން ވާނެ އަދި ފުލުގައި ހިފިޔަދީގެން ނުވާނެ. ފަސް މިނެޓު ފަހުން ހަވާދާއި، ރޯމިރުހާއި، ރީނދޫ އެޅުމަށް ފަހު، ކުރިން ނެގި ބައި ޖޯޑު ކިރު އޮއްސައިލުން. ކެކިގަތީމައި ތައްޔާރު ކުރި ބައި ޖޯޑު ކިރު އަޅައިލާފައި ލޮނު ހެޔޮވަރު ކުރުން. (ބޭނުން ނަމަ) ތިން ތިކި ފިޝް ސޯސް އެޅުމުން އިތުރަށް ރަހަ މީރު ވާނެ. ހިކަނދިފަތް އަޅާފައި މަތިޖަހައިފައި އުނދުން ނިއްވާލުން.

އެޑިޓަރުގެ ނޯޓ

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.