01 ޖުލައި 2017
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅިގެން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާގައި މިއަދު ޚިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅިގެން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާގައި މިއަދު ޚިޔާލު ތަފާތުވުން އުފެދިއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާގައި މި ޚިޔާލު ތަފާތުވުން އުފެދުނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމަނިކުފާނާ އެއްކޮޅަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ވޯޓު ބޭނުން ނަމަ ނާޒިމް ދޫކޮށްލަން ޖެހޭ ކަމަށް އޭނާއާ ހަވާލާދީ މީޑިއާގައި ގައި ޖެހި ޚަބަރުގެ ލިންކް އެ ގުރޫޕަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ލީ ހިސާބުންނެވެ.
އެ ޚަބަރުގެ ލިންކް ވައިބާ ގުރޫޕަށް ލުމަށް ފަހު، ޖައުފަރު ވަނީ ލަތީފަށް ސުވާލެއް ކުރިމަތި ކުރައްވައިފަ އެވެ. އެގޮތުން، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ހުރި "އެ ވިދާޅުވާ ބޭފުޅަކު" [ނާޒިމް] ޖަލުން މިނިވަން ކުރަން ޖެހެނީ ގާނޫނީ ކޮން އުސޫލަކުންތޯ ލަތީފްގެ އަރިހުން އައްސަވަން ބޭނުންވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ.
ޖައުފަރުގެ އެ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ދެން ވައިބާ ގުރޫޕްގައި ވާހަކަ ދެއްކެވި، ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފުވެވަޑައިގަތުމުގެ އިޚުތިޔާރު ރައީސަށް ވެސް ނެތް ކަމަށެވެ.
"ފާސިގް 'ހެކިވެރިއަކު' ލިޔުނު ސިޓީގެ މައްޗަށް ނާޒިމް ދޫކޮށްލާނެ ގޮތެއް އޮނަރަބަލް ލަތީފް ވިދާޅުވެ ދެއްވުން އެދެން،" ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވުމާއި ތަފާތު ބޮޑެތި އެހެން މައްސަލަތަކެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަދީބަށް އިޝާރާތް ކުރައްވައި ޚަލީލް ވިދާޅުވި އެވެ.
ޖައުފަރާއި ޚަލީލްގެ ވާހަކަތަކަށް ރައްދު ދެއްވައި ނާޒިމާ އެއްކޮޅަށް ވައިބާގައި ވާހަކަ ދެއްކެވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ލީކުވި ވައިބާ މެސެޖުތަކުން އެނގޭ ގޮތުން، ސަލީމް ވިދާޅުވީ ކިތަންމެ ބޮޑު ފާސިގަކަސް ކަމަކަށް އަމިއްލަ އަށް އިއުތިރާފުވެ، މާފަށް އެދި ﷲ އަށް ތައުބާވުމުން އެއީ އެންމެ ހިތްވަރުގަދަ މީހާ ކަމަށެވެ.
"ނުވަދިހަ ނުވަ މީހުން މެރި މީހާ ވެސް ސުވަރުގެ ދިޔަ މި ވާހަކަ އިސްލާމީ ތާރީޚުން ބައްލަވާ. ﷲ އީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެ. އަޅުގަނޑުމެންނަށް އޮތީ ބޮޑާނުވެ ގިނަގިނައިން ދެންނެވުން،" ސަލީމް ވިދާޅުވި އެވެ.
މި ފިތުރު އީދަށް ބަންދުވުމުގެ އެއް ދުވަސް ކުރިން އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައާ ބެހޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދީބު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެކަމުގައި ބައިވެރިވި މީހުންނާއި ކަން ނިމިގެން ދިޔަ ގޮތް ވެސް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މައްސަލައިގެ ހަގީގަތް ކޯޓުތަކަށާއި އާންމުންނަށް ހާމަކޮށްދިނުމަށް ހުންނެވީ ތައްޔާރަށް ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.
މި ސިޓީ މީޑިއާ އަށް ތިލަވެ، ނާޒިމް ދޫކޮށްލުން ބޮޑު ބަހުސަކަށް ވެފައި ވަނިކޮށް، ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް މީޑިއާގައި މިއަދު ވިދާޅުވީ މަސީހާ އެއްކޮޅަށް އޭނާ ވޯޓު ދެއްވާނީ ނާޒިމް މިނިވަން ކުރުމުން ކަމަށެވެ. އެހެން ނޫނީ އެ ވޯޓުގައި ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށް ލަތީފް ވިދާޅުވެފައިވެ އެވެ.
އަދީބަށް ބޭރަށް ދެވޭނީ ފައިސާ ދައްކާފައި: ރައީސް
މަސީހަށް ވޯޓު ބޭނުމިއްޔާ ނާޒިމް ދޫކޮށްލާ: ލަތީފް
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ
ނާޒިމްގެ މައްސަލަ އަލުން ބަލަން އާއިލާއިން އެދެފި
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟
ނާޒިމް ވަގުތުން ދޫކޮށްލަންޖެހޭ: އަދާލަތު ޕާޓީ
ނާޒިމްގެ ދިފާއުގައި އަދީބުގެ ސިޓީއެއް ސުޕްރީމް ކޯޓަށް
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެެއް ނުގަތް
އަދީބާ ފިސްތޯލައާ ކޮން ގުޅުމެއް؟