Roadha Mihaaru
ޝާހްރުކްގެ އާ ފިލްމުގައި ސަލްމާން ބައިވެރިވަނީ

ޝާހްރުކްގެ އާ ފިލްމުގައި ސަލްމާން ބައިވެރިވަނީ

29 ޖޫން 2017

ޝާހްރުކް ޚާނާއި ސަލްމާން ޚާންގެ ކޮންމެ ބައްދަލަވުމަކީ ވެސް ވަރަށް ޝައުގުވެރިވާ ކަހަލަ ބައްދަލުވުމެކެވެ. އެހެންކަމުން މި ދެ އެކްޓަރުން ބައިވެރިވާ ފިލްމުތައް ބެލުމަށް ވެސް ގިނަ ބަޔަކު ވަރަށް ޝައުގުވެރި ވެއެވެ. އެއް ޒަމާނެއްގައި ބޮޑު ދެ ހަތުރުންނަށް ވެގެން އުޅުނު މި ދެ އެކްޓަރުންނަކީ މިހާރު ގާތް ދެ އެކުވެރިންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އެގޮތުން ސަލްމާންގެ އީދު ދުވަހު ރިލިޒްކުރި ފިލްމު "ޓިއުބުލައިޓް"ގައި ޝާހްރުކް ވަނީ މެހެމާނެއްގެ ރޯލު ކުޅެދީފަ އެވެ. އަދި ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޝާހްރުކް މިހާރު ކުޅެމުންދާ އާނަންދް އެލް ރާއީގެ ފިލްމުގައި މެހެމާނެއްގެ ރޯލު ކުޅުމަށް ސަލްމާން މިހާރު ވަނީ އެއްބަސްވެފަ އެވެ.

ޑީއެންއޭގައިވާ ރިޕޯޓެއްގައިވާ ގޮތުން ޝާހްރުކް ވަނީ އޭނާގެ ފިލްމުގައި ސަލްމާންގެ ބައިވެރިވުމެއް އޮތް ކަން ގާތްގަނޑަކަށް ޔަގީން ކޮށްދީފަ އެވެ. މި ފިލްމުގައި ޝާހްރުކް ކުޅެނީ ޑުވޯފެއްގެ ރޯލު ކަމަށް ޚަބަރު ލިބެ އެވެ. އަދި ފިލްމުގެ އެއް ބަތަލާ އަނުޝްކާ ޝަރުމާ ކުޅެނީ ސިކުނޑީގެ އުނިކަމެއް ހުންނަ އަންހެންކުއްޖެއްގެ ރޯލެވެ. އަދި ކެޓުރީނާ ކައިފް ކުޅެނީ ފިލްމީ ބަތަލާ ކެޓުރީނާގެ ރޯލެވެ.

ސަލްމާން އެ ފިލްމުގައި ކުޅެނީ ކޮންކަހަލަ ރޯލެއް ކަމެއް ޝާހްރުކް ނުބުނެ އެވެ. އޭނާ ބުނީ ސަލްމާން ކުޅެނީ ޚުދް އޭނާގެ އަމިއްލަ ކެރެކްޓާތޯ ނުވަތަ ނޫންތޯ އެންމެ ފަހު ވަގުތާ ޖެހެންދެން ސިއްރެއްގެ ގޮތުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.