26 ޖޫން 2017
ގިނަ ގައުމުތައް ގުޅިގެން ސުލްހަވެރި ބައިނަލްއަގްވާމީ މުޖްތަމައެއް ބިނާކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވިދާޅުވެެއްޖެ އެވެ.
ގިނަ ގައުމުތައް ގުޅިގެން ސުލްހަވެރި ބައިނަލްއަގްވާމީ މުޖްތަމައެއް ބިނާކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވިދާޅުވެެއްޖެ އެވެ.
އދ. އުފެއްދުމަށް އެއްބަސްވި އެއްބަސްވުމުގައި ސޮއިކުރި ދުވަސް ކަމަށްވާ އދ. ޗާޓަރު ދުވަހުގެ މުނާސަބަތުގައި އާސިމް ނެރުއްވި ޚިތާބެއްގައި ވިދާޅުވީ އދ. ގެ ޗާޓަރަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އޮތް ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި ސުލްހަ ގާއިމް ކުރުމަށާއި ގައުމުތަކުގެ ސަލާމަތަށް މަސައްކަތް ކުރަން ކޮންމެ ގައުމަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބިފައި އޮތުމަކީ އެ ޗާޓަރުގެ އުސޫލުތަކުގައި ގައުމުތަކުގައި ދެމި ތިބި ސަބަބެއް ކަމަށް އާސިމްގެ ޚިތާބުގައިވެ އެވެ.
ގައުމުތައް ގުޅިގެން ސުލްހަވެރި ބައިނަލްއަގްވާމީ މުޖްތަމައެއް ބިނާކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް އެ ޚިތާބުގައިވެ އެވެ. ރާއްޖެ އަށް މިނިވަންކަން ލިބުނުތާ މަހެއްހާ ދުވަހުގެ ތެރޭގައި އދ. ގެ މެމްބަރުކަން ރާއްޖެ އަށް ލިބުނީ ހަމަހަމަ ފުރުސަތުތަކެއް ހޯދުމަށާއި އެކި ނުފޫޒުތަކުން މިނިވަންވެ ތިބުމަށް ކަމަށް އާސިމް ވިދާޅުވެފައިވެ އެވެ.
އދ. އާ ރާއްޖެ ގުޅުނީ ކުޑަ ގައުމެއްގެ ގޮތުގައި އޮވެގެން ކަމަށް ވިޔަސް އެހެން ގައުމުތަކެކޭ ވެސް އެއް ފަދައިން އދ. ގައި ވޯޓުލުމުގެ ފުރުސަތު ރާއްޖެއަށް ވެސް ލިބިގެންދިޔަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އދ. ގެ ޗާޓަރަކީ އެ ޖަމާއަތް. އުފެއްދުމަށް 50 ގައުމަކުން ސޮއިކުރި އެއްބަސްވުމެވެ. އެ ޗާޓަރަށް އަމަލުކުރަން ފެށީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބޭ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ފްރާންސާއި އިނގިރޭސި ވިލާތް އަދި ޗައިނާ އިން ޗާޓަރު ފާސް ކުރުމުންނެވެ.
އދ. މަޖިލީހަށް ފޮރިން މިނިސްޓަރު ފުރާވަޑައިގެންފި
ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖެ ކެމްޕެއިންގައި
އދ. ގައި ރާއްޖެއިން ޒިންމާ އަދާކުރި: އާާސިމް
ސަރުކާރުގެ އިސް ވަފުދެއް އދ. އަށް
ތަރައްގީ ވަޒަންކުރަނީ އިންސާފަކުން ނޫން: ރާއްޖެ
ފާޑުކިޔުން މަދު ކުރޭ، ކުރިއަރަން ފުރުސަތު ދީ: ރާއްޖެ
"ހުމާމް ނުމަރަން އދ. އިން ނާންގާ، ފޮނުވީ ނޯޓެއް"
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ