27 ޖޫން 2017
މެތިއު ހާވާޑް ސީނިއަ މިދިޔަ ހޮނިހިރު ދުވަހު ނިއު ޔޯކްގައި ހުންނަ ކުޅިވަރު ޕާކަކުން ނުކުންނަން ދަނިކޮށް ކޮންމެވެސް މީހަކު އެހީތެރިކަމަށް އެދި ހަޅޭއްލަވާ އަޑު އިވުނެވެ. އޭނާ މައްޗަށް ބަލާލިއިރު ޕާކްގެ ރައިޑެއްގެ ބައެއްގައި އިން އަންހެންކުއްޖަކު އެއިން ކައްސާލައިގެން ބޭރަށް އެލިފައި އޮތެވެ. ބިމާއި އެ ކުއްޖާއާ ދެމެދު 26 ވަރަކަށް ފޫޓު ހުންނާނެކަމަށް ލަފާކުރެވެ އެވެ. އަންހެން ކުއްޖާ ވެއްޓުނަނުދީ އަތުގައި ހިފަހައްޓައިގެން އިނީ އޭނާގެ ފިރިހެން ކޮއްކޮ އެވެ. އެ ކުއްޖާ ރޮމުން ގޮވަމުން ދިޔައީ ދައްތަ އަތުން ދޫވަނީ ކަމަށެވެ.

ހާވާޑް، 47، އާއި އޭނާގެ އަންހެންދަރިފުޅު ލީން ވިންޗެލް، 21، ވަގުތުން އެ ދިމާލަށް ގޮސް އެ ކުއްޖާ ހިފަންވެގެން ތައްޔާރުވި އެވެ. ވަލެއްގައި ހަރުކޮށް، ޕާކްގެ މަތިން ދަތުރުކުރާ ގޮތަށް ހަދާފައި ހުރި އެ ރައިޑް ހުއްޓާލައި ސެކިއުރިޓީން ވެސް ދުވެފައި އެތަނަށް ދިޔަ އެވެ. އިސާހިތަކު މީހުންގަނޑު އެއްވެ، އެއްބަޔަކު އޭނާ ސަލާމަތްކުރަން މަސައްކަތް ކުރަނީ އެވެ. އަނެއް ބަޔަކު ފޮޓޯ ނަގާ، ވީޑިއޯ ކުރަނީ އެވެ. އަނެއް ބަޔަކު ހާސްވެގެން ހަޅޭއްލަވަނީ އެވެ.
ހާވަޑް ގޮވީ އަތް ދޫކޮށްލާފައި ފުންމާލާށެވެ. ކުއްޖާ ހިފާނެ ކަމުގެ ޔަގީންކަން ދިނެވެ.
އުމުރުން 14 އަހަރުގެ އަންހެންކުއްޖާގެ އަތް ދޫވެގެން ވެއްޓުނީ ހާވާޑް އާއި އޭނާގެ ދަރިފުޅުގެ އަތް މައްޗަށެވެ. ކުއްޖާ ހިފުމުގެ ތެރޭގައި ދެބަފައިން ބިންމައްޗަށް ވެއްޓި ކޮންމެވެސް ވަރަކަށް އަނިޔާ ވެސް ވި އެވެ. އަދި އަންހެން ކުއްޖާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
އެސޯސިއޭޓެޑް ޕްރެސް އަށް ހާވާޑް ބުނީ އަނިޔާއާ ކުރިމަތިވިޔަސް އެ ކުއްޖާ މަރުވާން ދޫކޮށްލަން ނުކެރުނީ ކަމަށެވެ.
މި ހާދިސާގައި އަންހެންކުއްޖާއަށް ސީިރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ހާވާޑްގެ ދަރިފުޅު ވިންޗެލް އަކީ ނަރުސްކަން ކިޔަވަމުން އަންނަ ޒުވާނެކެވެ. އޭނާ ބުނީ ހޮސްޕިޓަލަށް ޒިޔާރަތްކުރިއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ފިރިހެން ކޮއްކޮ ވަރަށް ބޮޑަށް ބިރުގަނެފައިވާ ކަމަށް ވިންޗެލް ބުންޏެވެ.
އެ ރައިޑުން އަންހެންކުއްޖާ ވެއްޓެން މެދުވެރިވީ ސަބަބު ބުނެދޭން ދެބެންނަކަށް ވެސް ނޭނގެ އެވެ. ނަމަވެސް އެހީތެރިވެދެވުނީތީ ހާވާޑް އާއި ވިންޗެލް ތިބީ ވަރަށް އުފަލުންނެވެ.
އެވަގުތު ޕާކްގައި ތިބި ބައެއް ކުދިންގެ ބެލެނިވެރިން ބުނެފައިވާ ގޮތުގައި އަންހެން ކުއްޖާ އެލިފައި އޮތް މަންޒަރު ފެނިގެން ބައެއް ކުދިންނަށް ޝޮކް ލިބި ވަރަށް ގިނަ އިރު ވަންދެން ރޮއިހެދި އެވެ.
ވާލެއް ފެނި އެއާ އިންޑިއާގެ ބޯޓެއް އަނބުރާ ޖައްސައިފި
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި
ކުލަ ފާޓާތަކެއް ވެއްޓި ހައިވޭގައި "ކުލަ ލެވިއްޖެ"
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
ނަޑެއްލާ އެކްސިޑެންޓް: ފަރުވާއަށް ދެ މީހަކު މާލެއަށް
މީހަކު މަރުވި އެކްސިޑެންޓްގައި ބަންދުކުރީ ރަނގަޅަށް
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
3 އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް