ޑޮމިނިކަން ރިޕަބްލިކްގައި އަންގާރަ ދުވަހުގެ ރޭ ނައިޓްކްލަބެއްގެ ފުރާޅު ވެއްޓި މަރުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެފި އެވެ.
ޑޮމިނިކަން ރިޕަބްލިކްގައި އަންގާރަ ދުވަހުގެ ރޭ ނައިޓްކްލަބެއްގެ ފުރާޅު ވެއްޓި މަރުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެފި އެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 24 ގަޑިއިރު ވެގެން ގޮސްފައި ވާއިރު، ވެއްޓިފައިވާ ބައިތައް ނެގުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އެ ތަންތަނުން މިހާތަނަށް ފެނުނު މީހުންގެ އަދަދު 98 އަށް އަރާފައި ވާއިރު، އިތުރު އެތައް ހަށިތަކެއް އަދި ނުފެނި ވާނެ ކަމަށް ވެސް ބެލެވެ އެވެ.
ޖެޓް ސެޓް ނައިޓް ކްލަބްގެ ފުރާޅު ވެއްޓުނު އިރު، ޑޮމިނިކަން ރިޕަބްލިކްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕެރޭޒް ނައިޓްކްލަބްގެ ސްޓޭޖުގައި ލަވަކިޔަން ހުރި ކަމަށާއި މަރުވި މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނޭ ކަމަށް ޕެރޭޒްގެ މެނޭޖަރު ވަނީ ބުނެފަ އެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:44 ހާއިރު މި ހާދިސާ ހިނގިއިރު ކްލަބުގައި 500 އާއި 1000 އާ ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ. މިއީ އިށީނދެގެން 700 މީހުން އަދި ކޮޅަށް ހާހެއްހާ މީހުންނަށް ތިބެވޭ ޖާގަ އޮންނަ ތަނެކެވެ.
ޑޮމިނިކަން ރިޕަބްލިކްގައި ފުރާޅު ވެއްޓުނު ނައިޓްކްލަބްގެ ތެރެއިން މީހެއްގެ ހަށިގަނޑު ނެރެގެން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
މަރުވި މީހުންގެ އަދަދަކީ 15 ކަމަށް މި ހާދިސާ ހިނގި ވަގުތު ބުނި ނަމަވސް މި އަދަދު މަތިވަމުން ގޮސް، ޑޮމިނިކަލް ރިޕަބްލިކަށް ބުދަ ދުވަސް ފެށުނު އިރު 98 އަށް އަރާފައިވާ ކަމަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޑިރެކްޓަރު ހުއާން މެނުއަލް މެންޑޭޒް ވިދާޅުވި އެވެ.
"އެންމެ މީހަކު ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު އޮއްވައި ވެސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓައެއްނުލާނަން،" އޭނާ ވިދާޅުވި އެވެ.
ފުރާޅާ އެކު ވެއްޓިފައިވާ ގާތަކާއި ދަގަނޑާއި ޓިނު ފަދަ ތަކެތީގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ގާތްގަނޑަކަށް 370 މީހުން ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ލާމު ލިންކު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އަނިޔާވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފިޔަވަޅު އަޅާނަން
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސައިކަލަކުން ޖައްސައި ދިން އަނިޔާގެ ވޭނުގައި އަހަރެއް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް