Roadha Mihaaru

ތުނބުޅި ދިގު ކުރުމުން ވަކިިކުރި މުވައްޒަފުންގެ މައްސަލަ އިސްތިއުނާފު ކޮށްފި

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ތުނބުޅި ދިގު ކުރުމުން އެ މީހުން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އެ މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ތުނބުޅީގެ މައްސަލާގައި ވަކިކުރި މީހުން ހައި ކޯޓަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

22 ޖޫން 2017

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ތުނބުޅި ދިގު ކުރުމުން އެ މީހުން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އެ މުވައްޒަފުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އިމިގްރޭޝަންގެ ހަތަރު މުވައްޒަފަކު މިދިޔަ ޖެނުއަރީ މަހު ވަޒީފާ އިން ވަކިކުރީ މިދިޔަ ސެޕްޓެމްބަރު މަހު އަމަލު ކުރަން ފެށި އިމިގްރޭޝަންގެ ޔުނިފޯމް ގަވާއިދުގެ ދަށުން، ތުނބުޅި ދިގު ކުރުމާއި ފަޓުލޫނުގެ ފައިކުރި ކުރު ކުރުން މަނާކޮށްފައި ވަނިކޮށް އެ މުވައްޒަފުން އެކަން ކުރުމުންނެވެ. އެ ގަވާއިދު އައުމާ އެކު ސެޕްޓެމްބަރު މަހު އެ މުވައްޒަފުންނަށް ވަނީ އެ މީހުން ވަކިކުރާނެ ކަން އަންގައިފަ އެވެ.

އެ މައްސަލަ އެ މުވައްޒަފުންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅުމުން، އެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް ކަމަށް ޓްރައިބިއުނަލުން ނިންމީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެ މުވައްޒަފުންގެ ފަރާތުން ހުށަހެޅީ އިއްޔެ އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ ސިވިލް ސާވިސްގެ ގަވާއިދުތަކާ ޚިލާފްވުމަކީ ވަޒީފާ އިން ވަކި ކުރެވިދާނެ ސަބަބެއް ކަމަށް ސިވިލް ސާވިސް ގާނޫނުގައި ބުނާ ކަމަށާއި އެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް ކަމަށެވެ.