20 ޖޫން 2017
ހައިރައިސް އިން އިންތިޒާމްކޮށް އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯ ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ އިރު، މިހާރު 26 ފަރާތަކުން އެކްސްޕޯގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
ހައިރައިސް އިން އިންތިޒާމްކޮށް އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯ ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ އިރު، މިހާރު 26 ފަރާތަކުން އެކްސްޕޯގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
މި އަހަރުގެ އެކްސްޕޯގައި އެކި އެއާލައިންތަކާއި ގެސްޓްހައުސްތަކާއި ވިޔަފާރިތަކާއި ޓްރެވަލް އޭޖެންސީތަކުގެ އިތުރުން ހައްޖު ކޯޕަރޭޝަނާއި މުފައްސިރީން ގުރޫޕުތައް ވެސް ބައިވެރިވެ އެވެ. އަދި ސަރަހައްދީ ބޮޑެތި ވިޔަފާރިތަކުން ވެސް އެކްސްޕޯގައި ބައިވެރިވާނެ ކަމަށް ހައިރައިސް އިން ބުންޏެވެ.
އަންނަ މަހު 6 ން 8 އަށް ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2017" ގައި ބައިވެރިވާ ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީތަކުން ބައިވެރިވެ އެވެ. އެގޮތުން އިނަ މޯލްޑިވްސް އާއި ކާނި ހޮޓެލްސް އާއި އެމްވީ ހޮޓެލްސް އާއި މޯލްޑިވިއަން އާއި މޫދު ހޮލިޑޭސް އާއި ހައްޖު ކޯޕަރޭޝަން އާއި މުފާސިރީން އާއި ވޮޔޭޖަސް މޯލްޑިވްސް އާއި ރެވެރީޒް އާއި ކްރޭކަން އާއި ޕްލުމީރިޔާ އާއި ފްލައި މީ އާއި ވިނޯވާ އާއި ޕެބްލްސް އިން އާއި އުނިމާ ގްރޭންޑް އަދި ޓްރެވަލް ކަނެކްޝަން މޯލްޑިވްސް ގެ ސާފް ވިއޫ ހިމެނެ އެވެ.
ބައިވެރިންގެ ތެރެއިން މަޖާ ކުރުމާއި ކުޅިވަރާ ގުޅުން ހުރި ވިޔަފާރި ތަކަކީ އެޑްވެންޗާ ޒޯން، ބީޗް ކްލަބް، ޑައިވް ޑެސްކް، ބޯޑް އެންޑް ސްޕޯޓްސް، އަދި އައިލަންޑް ވޯޓާ ސްޕޯޓްސް އެވެ. އެކްސްޕޯ ގެ ބޭރުގެ މައިގަނޑު ބައިވެރިންނަކީ ލަންކާ ހޮސްޕިޓަލްސް، ހޮލިޑޭ ކެރަލާ، ބޮންޑް ސަފާރީ އިންޑިޔާ، ތާއީ ޓޫރިޒަމް ބޯޑް، އަދި ލަންކާ ގެ ދި ކިންގްސްބަރީ ހޮޓެލް ހިމެނެ އެވެ.
ހައިރައިސް އިން ބުނިގޮތުގައި އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުނަށް އަމާޒުކޮށް އެ މަހާސިންތާގައި ބައިވެރިވާ ވިޔަފާރި ތަކުން ވަނީ އެކި ޕްރޮމޯޝަންތައް ވެސް ރާވާފަ އެވެ. އެގޮތުން ޗުއްޓީ ޕެކޭޖް ތަކާ، އަދި ހައްޖު އުމްރާ ދަތުރު އިނާމެއްގެ ގޮތުގައި ޒިޔާރަތް ކުރާ މީހުނަށް ލިބުން އެކަށީގެންވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހައިރައިސް އިން ބުނި ގޮތުގައި އެ މަހާސިންތާގެ މަގްސަދަކީ ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުނަށް ހިއްސާކުރުމެވެ. ރާއްޖޭގެ ސަރަހައްދުތަކަށް ދަތުރުކުރަން އެންމެ ފަސޭހަ އަދި ފައިސާގެ ގޮތުން އެންމެ އެކަށޭނެ ގޮތްތަކުގެ މައުލޫމާތު ބައިވެރިންނަށް ހިއްސާކުރާނެ އެވެ. ރާއްޖެއިން ބޭރަށް ދަތުރުުރަން ރާވާ ފަރާތްތަކަށް ވެސް މި އެކްސްޕޯއިން ޗުއްޓީގެ ޕެކޭޖްތަކުގެ މައުލޫމާތު ސާފުކުރެވޭނެ އެވެ. މި އެކްސްޕޯގެ ސަބަބުން ރާއްޖޭގައި ދަތުރުފަތުރުކުރުން ފަސޭހަވެ ކުރިއަރައި އަދި ޓޫރިޒަމްގެ ސިނާއަތް ވެސް ކުރިއަށް އަރާނެ ކަމަށް ހައިރައިސް އިން އުންމީދު ކުރެ އެވެ.
ވެކޭޝަންސް އެކްސްޕޯ އަކީ ދަތުރުކުރުމަށް ހާއްސަކޮށް ރާއްޖޭގައި އުފެދިގެން ދިޔަ ފުރަތަމަ ބްރޭންޑް ކަމަށް ވެފައި އެ ބްރޭންޑަށް މުހިންމު ފަރާތްތަކުގެ އެއްބާރުލުން ވަނީ ލިބިފަ އެވެ. އެގޮތުން މަހާސިންތާ ގެ މައިގަނޑު ސްޕޮންސާ އަކަށް އިނާ މޯލްޑިވްސް ސޮއެކޮށްފައި ވާއިރު، ކޯ ސޮޕޮންސަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ ކިންގްބަރީ ހޮޓަލާއި ތައި ޓޫރިޒަމް ބޯޑާއި އަދި ހޮލިޑޭ ކެރަލާ އެވެ. އެސޯސިއޭޓް ސްޕޮންސާ އަކީ އެމްވީ ހޮޓެލްސް އެވެ. އޮންލައިން ޕާޓްނާ ގެ ގޮތުގައި މަހާސިންތާއަށް އެއްބާރުލުން ދެނީ "މިހާރު" އެވެ. ޓެލެކޮމް ޕާޓްނާ ގެ ގޮތުގައި އޫރިދޫ އަދި ޓީވީ ޕާޓްނާ އަށް ޓީވީއެމް ވަނީ ހަމަޖެހިފަ އެވެ.
މިއީ ހައިރައިސް އިން ބާއްވާ ދެވަނަ ވެކޭޝަންސް އެކްސްޕޯ އެވެ. ވެކޭޝަން އެކްސްޕޯ އިފްތިތާހު ކޮށް ފުރަތަމަ ފަހަރަށް ބޭއްވީ މިދިޔަ އަހަރު އޯގަސްޓް 4 ން 6 އަކަށެވެ. 3،300 އަށް ވުރެ ގިނަ މީހުން މަހާސިންތާއަށް ދިޔަ ކަމަށް ހައިރައިސް އިން ބުންޏެވެ. ހައިރައިސްގެ އުންމީދަކީ މި އިވެންޓްގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވާ މުއްސަނދި ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ގިނަ ފުރުސަތުތަކާއެކު ވެކޭޝަންސް އެކްސްޕޯ ފަށައިފި
ބެންކޮކް އެއާވޭސް އިން ބެންކޮކަށް ދަތުރެއް ދެނީ
ވެކޭޝަންސް އެކްސްޕޯ އިން ބޮޑެތި އިނާމުތަކެއް
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ފުރަތަމަ ޓޫރިސްޓު، ރާއްޖެއަށް އޮތީ އާއިލީ ލޯތްބެއް
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
ކްރޫޒްލައިނާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
ޓޫރިޒަމްގެ އާ ގަވާއިދުތަކުން ކުރާނެ އަސަރު ކުޑަކުރަނީ
ރާއްޖޭގެ ޓޫރިޒަމަށް ތާރީހީ ދުވަހެއް؛ ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ