Roadha Mihaaru
އެމްޕީއެލްގެ ކެފޭ ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

އެމްޕީއެލްގެ ކެފޭ ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

18 ޖޫން 2017

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެން ނޯތް ޕޯޓު ކެފޭ ހިންގާނެ ބަޔަކު ހޯދުމަށް އެ ކުންފުނިން މިއަދު އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެން ނޯތް ޕޯޓު ކެފޭ ހިންގާނެ ބަޔަކު ހޯދުމަށް އެ ކުންފުނިން މިއަދު އިއުލާނުކޮށްފި އެވެ.

މާލޭގެ އުތުރު ބަނދަރުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވި ކެފޭ އަށް މަހަކު 400،000ރ. ގެ ބޮޑު ގެއްލުމެއް ލިބޭ ކަމަށް ބުނެ މިދިޔަ މަހު ވަނީ ބަންދުކޮށްފަ އެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް ކުރިން ވިދާޅުވީ ކެފޭ ބަންދުކޮށް އެތަން ރީ-އޮގަނައިޒްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ކެފޭ އަލުން ހުޅުވުމާ ގުޅޭ ގޮތުން އެމްޕީއެލް އިން މިއަދު ކުރި އިއުލާނުގައި ބުނީ ޕާޓްނަޝިޕްގެ އުސޫލުން އެ ކެފޭ ކުއްޔަށް ހިފައިގެން ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުން އަންނަ ބުދަދުވަހު އޮންނާނެ ކަމަށް އިއުލާނުގައި ވެ އެވެ. ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަންނަ ހޮނިހިރުދުވަހާ ހަމައަށް އެމްޕީއެލް އިން ވަނީ ހުޅުވާލައިފަ އެވެ.

ދެ ބުރިއަށް ހަދާފައިވާ ކެފޭ ހުޅުވުމުގެ ބޭނުމަކީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބޭނުން ނުކޮށް ހުރި ހުސް ބިންތަކާއި އެ ނޫން ވެސް ތަންތަން ތަރައްގީކޮށް، އާމްދަނީ ލިބޭނެ ކަންކަން ކުރުން ކަމަށް އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެފައި ވެ އެވެ.