Roadha Mihaaru
އިހަވަންދޫގައި މީހަކު މަރާލައިފައި އޮއްވާ ފެނިއްޖެ

އިހަވަންދޫގައި މީހަކު މަރާލައިފައި އޮއްވާ ފެނިއްޖެ

16 ޖޫން 2017

ހއ. އިހަވަންދޫގައި މީހަކު މަރާލައިފައި އޮއްވާ ފެނިއްޖެ އެވެ.

ހއ. އިހަވަންދޫގައި މީހަކު މަރާލައިފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ އޮތީ އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓްގައި ހުންނަ ކޮޓަރިއެއްގެ ތެރޭގަ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިހަވަންދޫން ވާހަކަ ދެއްކި މީހަކު ބުނީ މަރުވެފައި އޮތް މީހަކީ އިސްމާއިލް އުމަރު ނަމަކަށް ކިޔާ ހިންނަވަރު މީހެއް ކަމަށާއި އެއީ އައިސްޕްލާންޓްގައި މެކޭނިނެއްގެ ވަޒީފާ އަދާކުރާ އަދި އެ ތަނާ ހަވާލުވެގެން ހުންނަ މީހާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ މިއަދު އަސުރު ފަހުންނެވެ.

މިއަދަކީ ހުކުރު ދުވަސް ކަމުން މެންދުރު ކުރިން ޕްލާންޓް ނުހުޅުވާ ކަމަށާއި އެ މީހާ ފެނުނީ މެންދުރު ފަހު އެ ތަން ހުޅުވުމުން ކަމަށް، އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އައިސް ޕްލާންޓާއި އެ ސަރަހައްދު ބަންދުކޮށް ފުލުހުން އަންނަނީ އެ ތަނުގައި ހަރަކާތްރިވަމުންނެވެ. މަރާ ގުޅޭ ގޮތުން ފުލުހުން އަދި ތަފްސީލެއް ނުދެ އެވެ.