ހއ. އިހަވަންދޫ އައިސް ޕްލާންޓްގައި މަސައްކަތްކުރި ބަންގްލާދޭޝް މީހެއް ކަމަށްވާ ސުމަން މިއާ، އޭނާއާ އެކު އެތަނުގައި މަސައްކަތްކުރި އިސްމާއީލް އުމަރު (އިއްސެ) މިދިޔަ ރޯދަ މަހު މަރާލީ އިއްސެގެ ސަބަބުން އަނބިމީހާއާ މައްސަލަޖެހި، ކައިވެނީގެ ގުޅުން ކެނޑޭ ހިސާބަށް ދިޔުމުން ބަދަލު ހިފަން ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
17 އޯގަސްޓް 2017
ހއ. އިހަވަންދޫ އައިސް ޕްލާންޓްގައި މަސައްކަތްކުރި ބަންގްލާދޭޝް މީހެއް ކަމަށްވާ ސުމަން މިއާ، އޭނާއާ އެކު އެތަނުގައި މަސައްކަތްކުރި އިސްމާއީލް އުމަރު (އިއްސެ) މިދިޔަ ރޯދަ މަހު މަރާލީ އިއްސެގެ ސަބަބުން އަނބިމީހާއާ މައްސަލަޖެހި، ކައިވެނީގެ ގުޅުން ކެނޑޭ ހިސާބަށް ދިޔުމުން ބަދަލު ހިފަން ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އިއްސެގެ މަރާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވަރަށް ތަފްސީލު ވީޑިއޯ ރިޕޯޓެއް ދައްކާފަ އެވެ. އިއްސެގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުމަން މިއާ އާއި އޭނާގެ އެކުވެރިން މިކަން ކުރިގޮތާއި އެކަމުގެ މަގްސަދު، ފޮޓޯ އާއި ވީޑިއޯ މި ރިޕޯޓުގައި ދެއްކި އެވެ.
ފުލުހުން ބުނިގޮތުގައި އައިސްޕްލާންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ވެރިއަކަށް މަސައްކަތްކުރި އިއްސެގެ އަމަލުތަކާ މެދު ސުމަން މިއާ ވަރަށް ހިތްހަމަ ނުޖެހެ އެވެ. އެގޮތުން، ބަންގްލާދޭޝްގައި ހުރި އަނބިމީހާއާ ފޯނުން ގިނައިން ވާހަކަ ދައްކާތީ އިއްސެ ރުޅި އަންނަ ކަމަށާއި އެހެންވެ، އެހާ ގިނައިން ނުގުޅުމަށް އަނބިމީހާ ކައިރީ އެދުމުން އޭނާ އެކަމާ ވަރަށް ރުޅި އައި ކަމަށް މިއާ ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ދެމަފިރިންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ގުޅުން ކެނޑޭ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ބުނި ކަމުގައި ވެސް ރިޕޯޓުގައި ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އާއިލާގެ ނުގަބޫލުގައި މިދިޔަ ޑިސެމްބަރު މަހު ކައިވެނި ކުރި އެ ދެމަފިރިންގެ މައްސަލަތައް ބޮޑުވެ، އަންހެން މީހާ ވަނީ ގެއިން ވެސް ނިކުމެފަ އެވެ.
އެ މައްސަލަތަކުގެ އިތުރުން، ކައްކާ އެއްޗެއްސާ މެދު އިއްސެ ހިތްހަމަނުޖެހުމާއި އޭނާ ބަންގްލަދޭޝްގެ ރަހުމަތްތެރިންނާ ބައްދަލުކުރުމަށް ގިނައިން ބޭރަށް ދިޔުމާއި މަސައްކަތާ މެދުހިތްހަމަ ނުޖެހުމާއި އެހެން މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް މިއާ ވަނީ ތަހުގީގުގައި ބުނެފަ އެވެ. މިކަންތައްތައް ބޮޑުވުމުން އޭނާ ނިންމީ އިއްސެ މަރާލާފައި އޭނާގެ ފައިސާތައް ހިފައިގެން އެނބުރި ބަންގްލަދޭޝްއަށް ދާށެވެ.
އިއްސެ ގާތިލް ސުމޮން މިއާ
މިއާ ވަނީ، އިއްސެ މަރާލުމުގެ ދެ ދުވަސް ކުރިން އެކަން ޕްލޭންކޮށްފަ އެވެ، އެގޮތުން ޖޫން 14 ވަނަ ދުވަހުގެ ރޭ މިއާއަށް އިއްސެ ހާރުކާން ގޮވައި ނިދަން ދިޔުމުން، އޭނާ ވަނީ ބައެއް ހެދުންތައް ދަަބަހަކަށް އެޅުމަށް ފަހު އައިސްޕްލާންޓްގެ ގޯތިތެރޭގައި ހުރި ހުސް ފީފާތަކެއްގެ ދަށަށް ލައި ފޮރުވާފައި އެވެ. އެއަށް ފަހު، އައިސްޕްލާންޓް ތެރޭގައި ހުރި ބޭނުން ނުކުރާ ތެޔޮ ފިހާރައެއްގެ ތެރެއަށް ވަދެ އޭނާ ފިލި އެވެ.
މިގޮތަށް މިއާ ފިލާހުރި އިރު، އޭނާއަށް ކާބޯއެއްޗެހި ގެންގޮސް ދިނީ މިއާގެ ދެ ރަހުމަތްތެރިއެކެވެ. އަދި (އިސްމާއީލް މަރާލުމަށް ފަހު) ޖެހިގެން އައި ދުވަހު ތަރާވީސް ގަޑިއަށް، ފިލައިގެން ދިޔުމަށް ލޯންޗެއް ހަމަޖެއްސި ނަމަވެސް، އެ ވަގުތު އިސްމާއީލް ހޭލާ އުޅޭ ވަގުތަކަށް ވުމުން އޭނާ މަރައެއް ނުލެވުނެވެ. އެހެންވެ، އެރޭގެ ހާރުދަމުގެ ވަގުތަކަށް ލޯންޗެއް ހަމަޖައްސައިދިނުމަށް، ދެ ރަހުމަތްތެރިންގެ ގާތުގައި ވަނީ އެދިފަ އެވެ.
އެކަމަކު އެ މީހުންނަށް ލޯންޗު ހަމަޖެހުނީ 16 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރަށެވެ. އަދި އެ ދުވަހުގެ ހާރުދަމު ކާއެއްޗެހި ހިފައިގެން ރަހުމަތްތެރިން ދިޔުމުން، އެ މީހުންނާ އޭނާގެ ދަބަސް ހަވާލުކުރި އެވެ.
މިއާ އޭނާގެ ރަހުމުކުޑަ އަމަލު ހިންގީ އެކުވެރިން ދަބަސް ހިފައިގެން ދިޔުމުންނެވެ. އައިސް ޕްލާންޓްގެ ތެރެއަށް އުނދަގުލުން ވަދެ، އިސްމާއިލް ނިދާފައި އޮތް އެކަމޮޑޭޝަން ބްލޮކަށް އޭނާ ވަނީ އެތަނުގެ ފާހާނައިގެ ފެންލައިޓު ހަލާކުކޮށްލައިގެންނެވެ.
އޭނާ ނިންމައިގެން ހުރީ އިސްމާއީލްގެ ކަރުގައި ވާގަނޑެއް އައްސައިގެން މަރާލުމަށެވެ. އެކަމަށް ހިތުލައި، ވާގަނޑެއް ހިފައިގެން ކޮޓަރިއަށް ވަންއިރު، އެތަނުގެ ކަބަޑެއްގެ މަތީގައި އޮތް މަސްވަޅިއެއް އޭނާއަށް ފެނުނެވެ.
މިއާ ކޮޓަރިއަށް ވަންއިރު އިސްމާއީލް އޮތީ އޭނާގެ އެނދުގައި ނިދާފަ އެވެ.
އޭނާއަށް ހޭލެވުނީ ކަރުގައި ވާގަނޑު އައްސައި ބާރުކޮށްލުމުން ކަމަށާއި އެއާއެކު އިސްމާއީލް ސަލާމަތް ވުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ ވަގުތު މިއާ އޭނާ ނަގައި، ފާރުގައި ޖައްސައި ކަރަށާއި މެއަށް ވަޅިން ހަމަލާދިނެވެ. އިސްމާއީލް ސަލާމަތްވާން އޭރު ވެސް މަސައްކަތް ކުރި ކަމާއި އެކަމުގެ ތެރޭގައި މިއާގެ ތިން އިނގިއްޔެއް ކަނޑައިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އިސްމާއީލް މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑު ފޮރުވުމަށް މިއާ މަސައްކަތް ކުރި އެވެ. އެގޮތުން ހަށިގަނޑު ދަމަމުން، އައިސް ޕްލާންޓްގެ އެކިތަންތަނަށް ގެންދިޔަ ކަމަށާއި އެކަމަކު ފޮރުވާނެ ރަނގަޅުތަނެއް ނުލިބުމުން ޓޭންކެއްގެ ތެރެއަށް ވައްޓާލާފައި ބޭއްވީ އެވެ. އަދި އޭނާ ލައިގެން ހުރި އެއްޗެހި ބާލައި، ބޭރުގައި ހުރި ފެންވަޅެއްގެ ތެރެއަށް ވައްޓާލި ކަމަށާއި އައިސްޕްލާންޓްތެރޭގައި ހުރި ލޭތައް ފޮހެން އޭނާ މަސައްކަތް ކުރިކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިސްމާއިލް މަރާލުމަށް ފަހު މިއާ ދިޔައީ އޭނާގެ އެކުވެރިންގެ ގެއަށެވެ. އަދި އޭނާއާ އިސްމާއީލްއާ ދެމެދު މާރާމާރީއެއް ހިނގި ކަމަށާއި ވީހާ ވެސް އަވަހަކަށް އެ ރަށުން ފުރަން ބޭނުންވާ ކަމަށް ރަހުމަތްތެރިން ގާތު އޭނާ ބުންޏެވެ. އެކަމަކު އެ ވަގުތު އެ މީހުންނަކަށް ލޯންޗެއް ލިބޭގޮތެއް ނުވި އެވެ.
ފުލުހުން ބުނި ގޮތުގައި އިސްމާއީލް މަރާލިކަން މިއާގެ އެކުވެރިންނަކަށް ނޭނގެ އެވެ. އޭނާ ހަމައެކަނި ބުނި ކަމަށް ވަނީ މާރާމާރީ ހިންގުމުގެ ތެރޭގައި އިސްމާއީލް ހޭނެތިގެން ވެއްޓިފައި އޮތް ކަމަށެވެ. އަދި އިސްމާއީލް މަރާލުމަށް ޕްލޭން ކުރުމާއި އެކަމުގެ އަމަލީ މަސައްކަތުގައި ވެސް އޭނާގެ އެއްވެސް ރަހުމަތްތެރިއެއްގެ ހިއްސާއެއް ނޯންނާނެ ކަމަށް ތަހުގީގުގައި މިއާ ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ވަގުތު ލޯންޗެއް ލިބޭގޮތް ނުވުމާއި އެންމެ އަވަހަށް ފުރެން އޮތީ ވެސް، ހެނދުނު 11 ޖަހާއިރު ކަމަށްވުމުން، އެހާއިރު ވާންވާއިރު އިސްމާއީލްގެ ހަށިގަނޑު ފެންނާނެތީ އެ ފޮރުވަން އޭނާ ދެވަނަ ފަހަރަށް އައިސްޕްލާންޓަށް ދިޔަ އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި މިއާ ލޯންޗެއްގައި ފުރައިގެން ދިޔައީ 16 ވަނަ ދުވަހުގެ ހެނދުނެވެ. ލޯންޗުގައި އޭނާ އެ އަތޮޅު ހޯރަފުއްޓަށް ދިޔުމަށް ފަހު ހަމަ އެ ދުވަހު ވަނީ އެ ރަށުން ހދ. ކުޅުދުއްފުއްޓަށް ގޮސްފަ އެވެ.
ފުލުހުން މިއާ އަތުލައިގަތީ ކުޅުދުއްފުށިންނެވެ. ފުލުހުން އޭނާ ހައްޔަރުކުރުމުން އޭނާގެ ވަނަވަރު އޮޅުވާލި ނަމަވެސް އަތުގައި ހުރި ޒަހަމްތަކާއި އެހެން ހެކިތަކުން އެއީ މިއާކަން ފުލުހުން ވަނީ ދެނެގެންފަ އެވެ.
ހަމަ އެ ދުވަހު، އިހަވަންދޫން ވެސް ފުލުހުން ވަނީ މިއާގެ އެކުވެރިން ހައްޔަރުކޮށްފަ އެވެ.
އިއްސެގެ މަރާ ގުޅިގެން، މިއާ އާއި އޭނާގެ ދެ އެކުވެރިންނަށް ދައުވާ ކުރުމަށް ޝަރީއަތަށް މިހާރު ވަނީ ފޮނުވާފަ އެވެ.
އިއްސެގެ މަރާ ގުޅިގެން އަދިވެސް ފާސްކުރަނީ
ބޮޑު ދެ މަރާ އެކު އިހަވަންދޫގައި ފިޔަވަޅުތަކެއް އަޅަނީ
އިހަވަންދޫ މަރާ ގުޅިގެން ހަތަރު ބިދޭސީއަކު ހައްޔަރު
އިއްސެގެ މަރު: ހަތަރު އަހަރު ފަހުން މިމަހު ހުކުމް
މަހުމޫދު މަރާލި މައްސަލައިގައި ބިދޭސީމީހާ ހައްޔަރުކޮށްފި
ގުރައިދޫގައި އަނެއްކާ ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައިފި
ގުރައިދޫގައި ބިދޭސީއަކު މަރާލައިފި
ލުތުފަރު މަރާލައި ކަނޑު ފެއްތި ގޮތް ކުޅެދީފި
ލުތުުފަރާ ޖެހުނީ ފައިސާގެ މައްސަލަ، މަރާލީ ވަލުތެރޭގައި
ބިދޭސީއެއްގެ މަރާގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި