16 ޖޫން 2017
އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިކުނު މިންވަރު އަންނަ ހަފުތާގައި އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިކުނު މިންވަރު އަންނަ ހަފުތާގައި އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ ހިއްސާ ވިކުނު މިންވަރާއި ހިއްސާ ގަތް ފަރާތްތަކަށް ލިބުނު މިންވަރު އަންނަ އާދީއްތަ ދުވަހު އިއުލާންކުރެވޭނެ ކަމަށެވެ.
އެ ކުންފުނިން ބުނީ ހިއްސާ ގަތުމުގެ މުއްދަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ނިމިފައިވާތީ، ހިއްސާ އެކަށައެޅުމުގެ މަސައްކަތް މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީއާއެކު ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހިއްސާ އެކަށައަޅައި އެކަން އާންމުކޮށް އިއުލާނުކުރާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
"އުރީދޫގެ ކަސްޓަމަރުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން އުރީދޫގެ އައިޕީއޯއަށް ލިބިފައިވާ އެއްބާރުލުމާއި ތަރުހީބުގެ ސަބަބުން، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ހުޅުވާލެވުނު އައިޕީއޯ ތަކުގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމަންޓް ލިބިފައިވާ އައިޕީއޯކަން މި ފުރުސަތުގައި އުފަލާއެކު ފާހަގަކުރަން. އުރީދޫއަށް އިންވެސްޓްކޮށް މިކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގެ ހިއްސާއަކަށް ވެވަޑައިގަނެފައިވާ އައު ހިއްސާދާރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން،" އެ ކުންފުނިން ބުންޏެވެ.
އުރީދޫން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް ހުޅުވާލީ އެ ކުންފުނީގެ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ގަތުމުގެ ފުރުސަތެވެ.
އެ ކުންފުނިން ހިއްސާއަކަށް 30ރ. ގެ ރޭޓުން، އެންމެ ފުރަތަމަ ވިއްކަން ހުށަހެޅީ ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓެވެ. އެއީ 22,170,060 ހިއްސާ އެވެ. ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށްވުރެ ގިނަ ހިއްސާ ގަންނަން ހުށަހަޅައިފި ނަމަ، ގިނަވެގެން 40 ޕަސެންޓް ވިއްކާނެ އެވެ. އެއީ 59,120,160 އާންމު ހިއްސާ އެވެ.
ސްޕާ ސިލޯންގެ އޮފާތައް ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ފަން ރަންއަށް ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވަނީ
ހާވާޑް ޔުނިވާސިޓީން އުރީދޫގެ މުވައްޒަފުންނަށް ތަމްރީނު
ޕީއެސްޕީ ހުއްދަ އުރީދޫގެ ސަބްސިޑަރީ ކުންފުންޏަކަށް ދީފި
އުރީދޫގެ ހިއްސާއަކަށް 2.70ރ. ބަހަން ފާސްކޮށްފި
ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫން ނިންމައިފި
އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ
އުރީދު އަށް 125 މިލިއަން ރުފިޔާގެ ފައިދާއެއް
އުރީދޫގެ ހިއްސާ އަކަށް 3.20ރ ބަހަން ފާސްކޮށްފި