08 މާޗް 2022
އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2.70ރ. ބަހަން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.
އުރީދު އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2.70ރ. ބަހަން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.
އުރީދޫގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާގެ ފައިދާ ބަހަން ފާސްކުރަން ވޯޓު ދިނީ ކްރޮސްރޯޑްސްގައި ބޭއްވި ޖަލްސާގައި ބައިވެރި 1،202 ހިއްސާދާރުންގެ ތެރެއިން 98.7 ޕަސެންޓް ހިއްސާދާރުންނެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި އުރީދޫން ހިއްސާއަކަށް ބެހީ 2020 ވަނަ އަހަރަށް ވުރެ ބޮޑު އަދަދެކެވެ. އެ އަހަރު ހިއްސާއަކަށް ބެހީ 2.34ރ. އެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ އިތުރު ކުރީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ ކުރީ އަހަރަށް ވުރެ މަތިވުމުންނެވެ.
އުރީދޫގެ މާލީ ރިޕޯޓްތައް ދައްކާ ގޮތުން، އެ ކުންފުންޏަށް މިދިޔަ އަހަރު 1.78 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ސާފު ފައިދާގެ ގޮތުގައި ލިބުނީ 465 މިލިއަން ރުފިޔާ އެވެ.
އުރީދޫގެ ހިއްސާގެ ފައިދާ ބަހަން ފަށާއިރު ހުރިހާ ހިއްސާދާރުން، އެ މީހަކު ދިރިއުޅޭ ތަނުގެ މައުލޫމާތު (ރެޒިޑެންސީ) އަޕްޑޭޓް ކުރުމަށް އެ ކުންފުނިން އެދެ އެވެ. އެއީ މިހާރު އަމަލުކުރާ އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން ރެޒިޑެންސީ ޔަގީން ނުވާ ނަމަ ފައިސާ ޖަމާ ކުރާއިރު 10 ޕަސެންޓް ކެނޑުމަށް ފަހު މީރާއަށް ދައްކަން ޖެހޭތީ ކަމަށް އުރީދޫން ބުނެ އެވެ. މިދިޔަ އަހަރު ވެސް ބައެއް ހިއްސާދާރުން އެ މައުލޫމާތު އަޕްޑޭޓް ނުކުރާތީ 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާ އަދި ޖަމާ ނުކުރެވެ އެވެ.
މީގެ ފަސް އަހަރު ކުރިން 2017 އިން ފެށިގެން އުރީދޫ ހިންގަމުން އަންނަނީ ޕަބްލިކް ކުންފުންޏެއްގެ ގޮތުގަ އެވެ.
އާއްމު ހިއްސާދާރުންގެ ތެރެއިން އުރީދޫގެ ބޯޑަށް ދެވަނަ ފަހަރަށް ހޮވި ފަރީހާ-- ފޮޓޯ: މިހާރު
ރޭގެ ޖަލްސާގައި އުރީދޫގެ ބޯޑަށް ކުރިމަތިލި އާންމު ހިއްސާދާރުންގެ ތިން މެންބަރުންގެ ތެރެއިން ހޮވުނީ ފަރީހާ ޝަރީފެވެ. އޭނާ އަށް ލިބުނީ 732 ވޯޓެވެ. ފަރީހާ ދެވަނަ ފަހަރަށް އެ މަގާމަށް ހޮވީ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާއާ ހަމައަށެވެ.
ފަރީހާގެ އިތުރުން ބޯޑަށް ކުރިމަތިލި މެންބަރުންނަކީ އާއިޝަތު ހުސައިން މަނިކާއި އިބްރާހިމް ފިރުޝާން އެވެ.
އުރީދޫގެ މި އަހަރުގެ އޮޑިޓަރަކަށް ނެގީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. އެ ކުންފުނި ކަނޑައަޅަން 98.7 ޕަސެންޓް ހިއްސާދާރުން ވޯޓުދިން އިރު، އުޖޫރައަކީ 62،920 ޑޮލަރު (970،226ރ.) އެވެ.
ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫން ނިންމައިފި
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 8 ގައި
އެކައުންޓް ރަޖިސްޓްރީކުރުމުން ފައިދާ ޖަމާވާނެ: އެސްޓީއޯ
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހު ބާއްވަނީ
އުރީދޫގެ ބޯޑަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފި
ދިރާގުން ހިއްސާއަކަށް 7.23ރ. ބަހަން ފާސްކޮށްފި
އުރީދޫ އޭޖީއެމް އަންނަ މަހުގެ ދެ ވަނަ ދުވަހު