05 ފެބުރުއަރީ 2022
މިދިޔަ އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫގެ ބޯޑުން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫގެ ބޯޑުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގަ އެވެ. ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 17 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގަ އެވެ.
ހިއްސާގެ ފައިދާ ބަހަން އުރީދޫގެ ބޯޑުން ނިންމައި މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅި ނަމަވެސް އެ އަދަދު ފާސް ކުރާނީ މި ޖަލްސާގައި ހިއްސާދަރުންގެ ވޯޓުންނެވެ. ޖަލްސާ އޮންނާނީ އަންނަ މަހު އެވެ.
އަހަރީ އާއްމު ޖަލްސާ ބާއްވަނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް އުރީދޫން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން އެދެވޭނީ މި މަހުގެ 17 ގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް މި ޖަލްސާގައި ބައިވެރިވެ، ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އުރީދޫގެ ބޯޑު ބައްދަލުވުމުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދުގެ އިތުރުން ކުންފުނީގެ އަހަރީ ރިޕޯޓުތައް ވެސް ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓުތައް މި މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށް އެެ ކުންފުނިން ބުންޏެވެ. އަ މި މަހުގެ 20 ކުރިން އޭޖީއެމްގެ ނޯޓިސް އާއި އެޖެންޑާ ވެސް އުރީދޫން އާންމު ކުރާނެ އެވެ.
އުރީދޫގެ ހިއްސާއަކަށް 2.70ރ. ބަހަން ފާސްކޮށްފި
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 8 ގައި
އެކައުންޓް ރަޖިސްޓްރީކުރުމުން ފައިދާ ޖަމާވާނެ: އެސްޓީއޯ
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހު ބާއްވަނީ
އުރީދޫގެ ބޯޑަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފި
ދިރާގުން ހިއްސާއަކަށް 7.23ރ. ބަހަން ފާސްކޮށްފި
އުރީދޫ އޭޖީއެމް އަންނަ މަހުގެ ދެ ވަނަ ދުވަހު