22 ފެބުރުއަރީ 2023
އުރީދޫގެ އަހަރީ އާންމު ޖަލްސާ، އަންނަ މަހުގެ 8 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ، އަންނަ މަހުގެ 8 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
އުރީދޫން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާތްތަކަށް އޮންލައިންކޮށް އަދި ޖަލްސާ ބާއްވާ ތަންކަމުގައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެ އެވެ.
ކްރޮސްރޯޑްސްގެ އިވެންޓް ހޯލަށް ދެވޭނީ 120 ހިއްސާދާރުންނަށެވެ. އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ އެވެ. ޖަލްސާއަށް ގޮސް ސީދާ ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް އެ މައުލޫމާތު މާޗް 7 ވަނަ ދުވަހު ކުރިން އަންގާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅާނެ އެވެ. މިދިޔަ މަހު ބޭއްވި އެކުންފުނީގެ ބޯޑު ބައްދަލުވުމުގައި ވަނީ ހިއްސާއަކަށް 3.04ރ. ބަހަން ނިންމާފަ އެވެ. އެ ނިންމުން ފާސް ކުރާނީ އަހަރީ އާންމު ޖަލްސާގަ އެވެ.
އުރީދޫއަށް މިދިޔަ އަހަރު ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ފައިދާގެ ގޮތުގައި ވަނީ 560 މިލިއަން ރުފިޔާ ލިބިފަ އެވެ.
އުރީދޫން ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެ ކުންފުނިން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާ އަކަށް 3.30ރ. ބެހި އެވެ. އެއީ މިހާތަނަށް އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ. އެ އަހަރު އުރީދު އަށް ވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި
އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހު ބާއްވަނީ
އުރީދޫގެ ބޯޑަށް ކުރިމަތިލެވޭ މުއްދަތު އިތުރުކޮށްފި
އުރީދޫން ބަހާނީ ހިއްސާއަކަށް 3.30ރ. އަށް
އުރީދޫ އޭޖީއެމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 2 ގައި
އުރީދޫގެ އާމްދަނީ 2 ބިލިއަން، ފައިދާ 588 މިލިއަން
އުރީދޫގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރަށް ހުޅުވާލައިފި
އުރީދޫގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވަނީ
އުރީދޫން ހިއްސާއަކަށް 3.22ރ. ބަހަން ފާސްކޮށްފި