Roadha Mihaaru
އުރީދޫގެ އާމްދަނީ 2 ބިލިއަން، ފައިދާ 588 މިލިއަން

އުރީދޫގެ އާމްދަނީ ދެ ބިލިއަނަށް؛ ފައިދާ އަކީ 588 މިލިއަން

04 ފެބުރުއަރީ 2020

މިދިޔަ އަހަރު އުރީދޫ އަށް އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އުރީދޫ އަށް އާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫން އާންމުކޮށްފައިވާ މާލީ ހިސާބުގައިވާ ގޮތުން، އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު ކުރި އެރުމެއް ލިބިފައިވެ އެވެ. އެގޮތުން އާމްދަނީގެ އިތުރުން ކުންފުންޏަށް ލިބުނު ފައިދާ ވެސް ވަނީ 10 ޕަސެންޓަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު އުރީދޫ އަށް ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ލިބުނެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.

އުރީދޫން މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހާފައިވެ އެވެ. އެ ފަހަރު ހިއްސާއަކަށް ބެހީ 3.20ރ. މަގުންނެވެ. އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ ބަހާފައިވެ އެވެ.

ޕަބްލިކް ލިމިޑެޓް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް ހިއްސާ ވިއްކަން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެގޮތުން އެ ކުންފުނީގެ އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އަށް ހުޅުވާލާފައި ވަނީ މެއި 1، 2017 ގަ އެވެ.

އަންނަ މަހު އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާނެ އަދަދު ކަނޑައަޅާނެ އެވެ. އުރީދޫގެ ހިއްސާދާރުންގެ ތެރެއިން މިމަހުގެ 16 ކުރިން ރަޖިސްޓާވާ މީހުންނަށް ހިއްސާގެ ފައިދާ ލިބޭނެ އެވެ.