Roadha Mihaaru
އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ނިންމައިފި

އެސްޓީއޯގެ ހިއްސާއަަކަަށް 77ރ. ބަހަން ބޯޑުން ނިންމައިފި

28 އެޕްރީލް 2023

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 77ރ. ބަހަން ބޯޑުން ނިންމައިފި އެވެ. އިއްޔެ އެސްޓީއޯގެ ބޯޑުން އެގޮތަށް ނިންމާފައިވާ އިރު މިއީ މިދިޔަ އަހަރަށް ވުރެ 12ރ. ބޮޑު އަދަދެކެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރުގެ އާމްދަނީ އަށް ވުރެ 80 ޕަސެންޓް އިތުރު އަދަދެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 77ރ. ބަހަން ބޯޑުން ނިންމައިފި އެވެ. އިއްޔެ އެސްޓީއޯގެ ބޯޑުން އެގޮތަށް ނިންމާފައިވާ އިރު މިއީ މިދިޔަ އަހަރަށް ވުރެ 12ރ. ބޮޑު އަދަދެކެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރުގެ އާމްދަނީ އަށް ވުރެ 80 ޕަސެންޓް އިތުރު އަދަދެކެވެ.

އެސްޓީއޯއިން ބުނީ ހިއްސާއަކަށް 77ރ. ބަހަން ބޯޑުން ނިންމި ނިންމުން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅައި، އެއާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

އެސްޓީއޯ އިން ވޭތުވެދިޔަ އަހަރުތަކުގައި ބިލިއަނުން އާމްދަނީ ހޯދި ނަމަވެސް، އާންމުކޮށް ފައިދާގެ ގޮތުގައި ލިބެނީ 500 މިލިއަން ރުފިޔާ އަށް ވުރެ ދަށް އަދަދުތަކެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެހާ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެސްޓީއޯ އިން ބުނީ އާމްދަނީ އާއި ކުންފުނީގެ ސާފު ފައިދާއިން އެހާ ބޮޑު ކުރިއެރުމެއް ލިބުނީ، އެ ކުންފުނީގެ ދަށުން ހިންގާ، ތެލާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ޝިޕިން ދާއިރާ އިން ލިބުނު އާމްދަނީ އިތުރުވެ ވިޔަފާރިތަކުގެ މާކެޓް ޝެއާ ބޮޑުވުމުގެ ސަބަބުން ކަމަށެވެ. މި ވިޔަފާރިތަކުގެ އިތުރުން އެ ކުންފުނީގެ ޓްރޭޑުންނާއި ގޭހާއި އިންޝުއަރެންސާއި މަސްވެރިކަމުން ވެސް އާމްދަނީ ލިބެ އެވެ.

ވޭތުވެދިޔަ އަހަރު އެސްޓީއޯގެ ހިއްސާ އެންމެ މަތިން ޓްރޭޑް ކޮށްފައި ވަނީ 1450ރ. ގަ އެވެ. އަދި އެންމެ ދަށުން ޓްރޭޑް ކުރީ 580ރ. ގަ އެވެ.