15 އޮކްޓޯބަރ 2024
ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީ ކަމަށްވާ އެމެރިކާގެ ހާވާޑް ޔުނިވާސިޓީއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ލީޑާޝިޕް ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ ހަ މުވައްޒަފަކު ތަމްރީނުތައް ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެފި އެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ޔުނިވާސިޓީ ކަމަށްވާ އެމެރިކާގެ ހާވާޑް ޔުނިވާސިޓީއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ލީޑާޝިޕް ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ ހަ މުވައްޒަފަކު ތަމްރީނުތައް ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެފި އެވެ.
އުރީދޫން ބުނީ 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް، ކުރިއަރުވައި އަދި ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި މިފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
އުރީދޫން ބުނީ މި ޕްރޮގުރާމަށް ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ދެ މުވައްޒަފުން ފޮނުވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މި ޕްރޮގުރާމްގައި ކޮންމެ އަހަރަކު ބައިވެރިވާ މުވައްޒަފުން ކުންފުންޏަށް އާ އީޖާދީ ހިޔާލުތައް ގެނެސްދޭ ކަމަށާއި އަދި މި ކަމަކީ ހުނަރުވެރިން ބިނާކޮށް، މުވައްޒަފުންގެ ކުރިއެރުމަށް އެ ކުންފުނިން އިންވެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވީ ހާވާޑް ޔުނިވާސިޓީއިން ގްރެޖުއޭޓުވެގެން އަންނަ ފަރާތްތަކުގެ ހިޔާލުތަކަކީ ކުންފުނީގެ މުސްތަގުބަލް އުޖާލާ ކުރުމަށް ލިބޭ އަގުހުރި ހަދިޔާއެއް ކަމަށެވެ.
"ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ޕްރޮގްރާމުގައި ކިޔެވި ސްޓާފުންގެ ފަރާތުން އިނޮވޭޝަނާއި އެކްސެލެންސް އަށް މަގުފަހި ވެގެންދާނެ ކަމަށް އުއްމީދު ކުރަން." އޭނާ ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ލީޑާޝިޕާއި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ދަސްވެނިންނާ މެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން. އެ މީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށް ދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫއިން ކުރާ މަސައްކަތް." އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުން އުރީދޫއިން އަންނަ އޮތް ޖީލުތަކުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޕާ ސިލޯންގެ އޮފާތައް ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ފަން ރަންއަށް ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވަނީ
ޕީއެސްޕީ ހުއްދަ އުރީދޫގެ ސަބްސިޑަރީ ކުންފުންޏަކަށް ދީފި
އެޗްއާރް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ
އުރީދު އަށް 125 މިލިއަން ރުފިޔާގެ ފައިދާއެއް
ކޭބަލް ނުލައި އުރީދޫގެ ބްރޯޑްބޭންޑް މުޅި ރާއްޖެއަށް
ވިކްރަމް: އުރީދޫ އާ ހަރުފަތަކަށް ގެންދިޔަ މޭސްތިރިޔާ
އުރީދޫގެ ހިއްސާ ވިކުނުވަރު އަންނަ ހަފުތާގައި
އުރީދޫ ކަސްޓަމަރުންނަށް ރޯދަ ޕްރޮމޯޝަނެއް ފަށައިފި