މި ރޯދަމަހު އިސްލާމީ މަރުކަޒުގައި ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކު ވެސް ރޯދަވީއްލުން ދޭ ގޮތަށް ރާއްޖޭގައި ހުންނަ ސައޫދީ އެބްސީން ނިންމައިފި އެވެ.
02 ޖޫން 2017
މި ރޯދަމަހު އިސްލާމީ މަރުކަޒުގައި ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކު ވެސް ރޯދަވީއްލުން ދޭ ގޮތަށް ރާއްޖޭގައި ހުންނަ ސައޫދީ އެބްސީން ނިންމައިފި އެވެ.
ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ބަދުރު އަލްޚައިރުގެ އިސް ނެންގެވުމާ އެކު އިސްލާމީ މަރުކަޒުގައި އިއްޔެ ވަނީ ރޯދަވީއްލުން ދޭން ފަށައިފި އެވެ. ރޯދަމަސް ނިމެންދެން، ކޮންމެ ދުވަހަކު ވެސް އިސްލާމީ މަރުކަޒުގައި ރޯދަވީއްލުން ބާއްވާނެ ކަމަށް އެމްބަސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ރޯދަ ވީއްލުން ދެނީ، އިސްލާމީ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ރޯދަ ހަދިޔާއެއްގެ ގޮތުގަ އެވެ. އަދި މިއީ، ދިވެހިރައްޔިތުންނާ މެދު ސައުދީ އަރަބިއްޔާ އިން ބަހައްޓާ ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރަން ކުރިއަށް ގެންދާ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ސައޫދީ އެމްބަސީގެ ރޯދަ ވީއްލުމުގައި ބަޔަކު މިއަދު ބައިވެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސައޫދީ ސަރުކާރުން އަންނަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ވަމުންނެވެ. ރޯދަމަހާ ދިމާކޮށް ސައޫދީ އަރަބިއްޔާ އިން ވަނީ ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށް، އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން ސައޫދީ އެމްބަސީން ވަނީ މާލެ އާއި ރަށްރަށުގެ މިސްކިތްތަކަށް ވެސް ކަދުރު ބަހައިފަ އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ސައޫދީ އެމްބަސީގެ ރޯދަ ވީއްލުން: މިއީ ރޯދަ މަހާ ގުޅިގެން ދޭ ހަދިޔާއެއް ކަމަށް އެމްބަސީން ބުނޭ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި އެކި ރަށްރަށުގައި މިސްކިތްތައް ވެސް އަންނަނީ އިމާރާތްކުރަމުންނެވެ. އަދި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އެމަނިކުފާނުގެ އެހީގައި 10 ރަށެއްގައި މިސްކިތް އިމާރާތް ކުރައްވަން ނިންމަވައިފަ އެވެ.
ހަރަމްފުޅުގެ އިމާމް، ތުއްތު ކުދިންނާއެކު ވަގުތުކޮޅެއް!
ސައުދީ ގުރުއާން މުބާރާތުގެ ފައިނަލަށް ނަބީހު
އާ މިސްކިތް: ބޭރަކުން ނޭނގޭނެ! އެތެރެ ވަރަށް ރީތި!
ރާއްޖެ އަށް 50 ޓަނުގެ ކަދުރު ސައޫދީން ހަދިޔާކޮށްފި
ރައީސް، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
ސައޫދީގެ ރަސްގެފާނަށް ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު
"ސައޫދީން ބާއްވަނީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް"
ހައްޖުވެރިންނަށް ދިރާގުން ހެޔޮ އަގުގައި ރޯމިން ހިދުމަތް
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވަނީ
މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުން