29 މެއި 2017
މެޑްރިޑް (މެއި 29) - މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެނައުމުގެ މަސައްކަތް ސްޕެއިނުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފަށައިފި އެވެ.
މެޑްރިޑް (މެއި 29) - މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެނައުމުގެ މަސައްކަތް ސްޕެއިނުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފަށައިފި އެވެ.
އުމުރުން 26 އަހަރުގެ ޑެހެއާ ގެންނަން ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ވަނީ އެ ޓީމުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކައިރީގައި އެދިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ހަފްތާގައި ރެއާލުގެ ރައީސް ޕެރޭޒް ވަނީ ޑެހެއާގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ އެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.
ޑެހެއާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ޑެހެއާ ގަންނަން ބޭނުންވެއްޖެނަމަ 70 މިލިއަން ޕައުންޑް ދައްކައިގެން ކުޅުންތެރިއާއާ މަޝްވަރާތައް ފެށޭނެ އެވެ. ރެއާލުން ބޭނުންވަނީ ޑެހެއާ މެދުވެރިކޮށް އެ އަގު 50 މިިލިއަން ޕައުންޑަށް ކުޑަ ކުރުމަށެވެ.
މީގެ ދެ އަހަރު ކުރިން ޑެހެއާ ރެއާލާ ގުޅުމާ ގާތަށް ދިޔަ އެވެ. އެހެން ނަމަވެސް ޓްރާންސްފާގެ ފަހު ދުވަހުގައި ނިންމަންޖެހޭ ކަންތައްތައް ލަސްވުމުގެ ސަބަބުން އެ ފަހަރު ޑެހެއާ އަށް މެޑްރިޑަށް ބަދަލުނުވެވުނެވެ.
ފާއިތުވި ހަތަރު ވަރަކަށް އަހަރު ޑެހެއާ ވަނީ ޔުނައިޓެޑުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑްގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދި އެވެ. މި ސީޒަނުގައި ވެސް ގިނަ މެޗުތަކުގައި ޔުނައިޓެޑް ސަލާމަތް ކޮށްދިނުމުގައި ޑެހެއާ މުހިއްމު ދައުރެއް އަދާކުރި އެވެ.
މި ސީޒަނުގެ ފަހު މެޗުތަކުގައި ޔުނައިޓެޑް ގޯލު ބެލެހެއްޓީ އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމޭރޯ އެވެ. އަދި ޔޫރޮޕާ ލީގުގެ ފައިނަލުގައި ވެސް ކުޅުނީ ރޮމޭރޯ އެވެ. ފަހު މެޗުތަކުގައި ރޮމޭރޯ ދެއްކި ކުޅުމަށް ޔުނައިޓެޑްގެ ކޯޗު ހޮސޭ މޮރީނިއޯ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
މޮރީނިއޯ އޭރު ބުނީ ރޮމޭރޯ އަށް އެ ޓީމުގައި މުސްތަގުބަލު އެބައޮތް ކަމަށާއި އޭގެ މާނަ އަކީ ޑެހެއާ އެ ކްލަބް ދޫކޮށްދަނީ ނޫން ކަމަށް ބުނެފަ އެވެ. އެއް ފެންވަރެއްގެ ދެ ކީޕަރެއް ހުރުމަކީ ކްލަބަކަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއް ކަމަށް މޮރީނިއޯ ބުނެފައިވެ އެވެ.
ރެއާލަށް ޑެހެއާ ނުލިބުނީ މޮރީނިއޯ އޮޅުވާލުމުން: ޕެރޭޒް
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ
ބޭލްއާ މެދު ގޮތެއް ނިންމާނީ ރެއާލުން: މޮރީނިއޯ
މޮރީނިއޯ ބޭނުންވާތީ ޓޮޓެންހަމުން ރާމޮސް އަށް ފާރަލަނީ
މޮރީނިއޯ އަލުން ރެއާލާ ގުޅެން އުޅޭކަމުގެ އަޑުތަކެއް
ޑެހެއާ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވޭ: ރިޕޯޓް
ޒިދާންގެ ޝައުގުވެރިކަން ޑެހެއާ އަށް
މެޑްރިޑުގެ ކޯޗުކަން ނުލިބުނަސް ކަންބޮޑެއްނުވޭ: މޮރީނިއޯ
ރެއާލުން ބޭނުންވަނީ ޒިދާން ނޫނީ މޮރީނިއޯ: ކަލްޑެރޯން
މެސީ ރުޅިއަރުވާލީ ލޮނުހެޔޮވަރު ކޮށްލަން: މޮރީނިއޯ