18 މާޗް 2019
މެޑްރިޑް (މާޗް 18) – މެންޗެސްޓާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގަތުމަށް ރެއާލް މެޑްރިޑުގެ އާ ކޯޗު ޒައިނުއްދީން ޒިދާން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި މަސައްކަތްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑް (މާޗް 18) – މެންޗެސްޓާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގަތުމަށް ރެއާލް މެޑްރިޑުގެ އާ ކޯޗު ޒައިނުއްދީން ޒިދާން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި މަސައްކަތްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ގޯލްކީޕަރު 2011 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީއްސުރެ އަންނަނީ އެއް ފެންވަރެއްގައި ކުޅެމުންނެވެ. އުމުރުން 28 އަހަރުގެ ކީޕަރު 2015 ވަނަ އަހަރު ރެއާލް މެޑްރިޑަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވި އެވެ. އެކަމަކު ޓްރާންސްފާ ޑެޑްލައިން ހަމަވިއިރު ލިޔެކިޔުންތައް ފޮނުވާނުލެވުމުން އެކަން ކާމިޔާބުނުވީ އެވެ.
ޑެހެއާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެތީ ކޮންޓްރެކްޓް އާނުކޮށްފި ނަމަ އޭނާ ވިއްކާލަން އެ ކްލަބަށް މަޖުބޫރުވާނެ އެވެ. ޔުނައިޓެޑުން ވެސް އާ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެކު ޓީމެއް ބިނާކުރަން ކުރާ މަސައްކަތުގައި ޑެހެއާގެ މުހިއްމުކަން ބޮޑެވެ.
މެޑްރިޑުގެ މިހާރުގެ އެއް ވަނަ ގޯލްކީޕަރު ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އަށް ޒިދާންގެ އިތުބާރެއް ނެތެވެ. ޒިދާން ފުރަތަމަ ފަހަރަށް މެޑްރިޑާ ހަވާލުވިއިރު، 2017 ވަނަ އަހަރު ވެސް ޑެހެއާ ގެންނަން މަސައްކަތްކުރި އެވެ. އެކަމަކު އަންނަ ސީޒަނަށް އެ ކްލަބުން ޒިދާނަށް ބޮޑު ޓްރާންސްފާ ބަޖެޓެއްދޭނެތީ މިފަހަރު ކާމިޔާބުވުމުގެ ފުރުސަތު އެބައޮތެވެ. މި ފަހަރު ޒިދާން ހަވާލުވީ ޓްރާންސްފާގެ ހުރިހާ ބާރަކާ އެކު އެވެ.
މެޑްރިޑަށް ޖެހިޖެހިގެން ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން އަލުން މި ހަވާލުވީ އޭގެ ފަހުން އައި ދެ ކޯޗުން ކަމަށްވާ ހުލެން ލޮޕެޓީގާއި ސެންޓިއާގޯ ސޮލާރީ އަށް ނަތީޖާ ނުނެރެވުމުންނެވެ. ޒިދާންގެ މައިގަނޑު ޓާގެޓަކީ މި ސީޒަނުގެ ބާކީބައިގައި ޓީމު ރޫހު ރަނގަޅުކޮށް އަންނަ ސީޒަނަށް ތައްޔާރުވުމެވެ.
ޑެހެއާ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވޭ: ރިޕޯޓް
ޑެހެއާ ހޯދުމުގެ މަސައްކަތް މެޑްރިޑުން ވަރުގަދަކުރަނީ
ރެއާލަށް ޑެހެއާ ނުލިބުނީ މޮރީނިއޯ އޮޅުވާލުމުން: ޕެރޭޒް
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފި، ބަދަލުގައި އޮނާނާ ގެންނަނީ
ޔުނައިޓެޑާ އެކު އޮތް ޑެހެއާގެ ކޮންޓްރެކްޓް ހަމަވެއްޖެ
ރަޝްފޯޑްގެ 100 ވަނަ ގޯލާ އެކު ޔުނައިޓެޑް ކުރިއަށް
ސްޕެއިން އާއެކު ޑެހެއާ ވޯލްޑް ކަޕަށް ނުދާނެ: ރިޕޯޓް
ޔުނައިޓެޑުގެ ބޮޑު މުސާރަ ދޭ ލިސްޓްގައި ކަސެމީރޯ