25 މާޗް 2019
މެޑްރިޑް (މާޗް 25) - މި ސީޒަނަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވާން މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބޭނުންވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މެޑްރިޑް (މާޗް 25) - މި ސީޒަނަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވާން މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބޭނުންވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ދާދި ފަހުން ރެއާލުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ޒިދާން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން ރެއާލުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ސްޕެއިން ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ޑެހެއާ ހިމެނެ އެވެ.
ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ގޯލްކީޕަރު 2011 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީއްސުރެ އަންނަނީ އެއް ފެންވަރެއްގައި ކުޅެމުންނެވެ. އުމުރުން 28 އަހަރުގެ ކީޕަރު 2015 ވަނަ އަހަރު ރެއާލް މެޑްރިޑަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވި އެވެ. އެކަމަކު ޓްރާންސްފާ ޑެޑްލައިން ހަމަވިއިރު ލިޔެކިޔުންތައް ފޮނުވާނުލެވުމުން އެކަން ކާމިޔާބުނުވީ އެވެ.
ޑެހެއާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެތީ ކޮންޓްރެކްޓް އާނުކޮށްފި ނަމަ އޭނާ ވިއްކާލަން އެ ކްލަބަށް މަޖުބޫރުވާނެ އެވެ. ޔުނައިޓެޑުން އަންނަނީ ޑެހެއާގެ އެއްބަސްވުން އާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަަނަށް އެއްބަސްނުވެވި އޮތީ މުސާރައަކާ މެދު އެވެ. ޔުނައިޓެޑުން ހުށަހަޅަނީ ބޯނަސްތަކާ އެކު ހަފްތާ އަކު 350،000 ޕައުންޑް އެވެ. އެކަމަކު ޑެހެއާ ބޭނުންވަނީ ޔުނައިޓެޑުން އަލެކްސިސް ސަންޗޭޒަށް ދެމުން އަންނަ ވަރުގެ މުސާރައެކެވެ. އެއީ ބޯނަސްތަކާ އެކު ހަފްތާ އަކު 500،000 ޕައުންޑެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލުން އޮތީ ޑެހެއާ ހޯދަން ކުރާ މަސައްކަތުގެ ތެރެއިން އެ ޓީމުން މި އަހަރު ގެނައި ކުރިން ޗެލްސީ އަށް ކުޅުނު ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވެސް ދޫކޮށްލާ ގޮތަށެވެ.
ސްޕެއިނުގެ މީޑިއާއެއް ކަމަށްވާ ޑިއާރިއޯ ގޯލް އިން ރިޕޯޓްކުރާގޮތުގައި މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގެ ތެރެއިން ސްޕެއިން ގައުމީ ޓީމުގައި ހިމެނޭ ރެއާލުގެ ކުޅުންތެރިންނާ އެކު ޑެހެއާ ވަނީ އެ ކްލަބަށް ބަދަލުވުމުގެ ވާހަކަތަކެއް ދައްކައިފަ އެވެ. އަދި ރެއާލުގެ ކުޅުންތެރިންނާ ހަވާލާދީ މީިޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަންނަ ސީޒަނުގައި ޑެހެއާ ފެންނާނީ ރެއާލުންނެވެ.
ޒިދާންގެ ޝައުގުވެރިކަން ޑެހެއާ އަށް
ޑެހެއާ ހޯދުމުގެ މަސައްކަތް މެޑްރިޑުން ވަރުގަދަކުރަނީ
ރެއާލަށް ޑެހެއާ ނުލިބުނީ މޮރީނިއޯ އޮޅުވާލުމުން: ޕެރޭޒް
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފި، ބަދަލުގައި އޮނާނާ ގެންނަނީ
ޔުނައިޓެޑާ އެކު އޮތް ޑެހެއާގެ ކޮންޓްރެކްޓް ހަމަވެއްޖެ
ރަޝްފޯޑްގެ 100 ވަނަ ގޯލާ އެކު ޔުނައިޓެޑް ކުރިއަށް
ސްޕެއިން އާއެކު ޑެހެއާ ވޯލްޑް ކަޕަށް ނުދާނެ: ރިޕޯޓް
ޔުނައިޓެޑުގެ ބޮޑު މުސާރަ ދޭ ލިސްޓްގައި ކަސެމީރޯ