28 މެއި 2017
ހއ. އުތީމަކީ ތާރީޚީ ގޮތުން ހާއްސަ ރަށެކެވެ. މި ރަށުގެ ތާރީހާ ގުޅޭ އެތައްކަމެއް ފެންނަ އެބަހުއްޓެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ތިން ބަތަލުންނަށް ނިސްބަތްވާ "އުތީމު ގަނޑުވަރު" އަކީ އެންމެ ބޮޑު ތަރިކަ އެވެ. މި ނޫނަސް އެތައް ތަނެއް ހުރި އިރު ރަށުގެ ބިމު އަޑީގައި ވެސް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަޅުލާފައިވާ އެކި ވައްތަރުގެ ތަކެތި އެބަހުއްޓެވެ.
ހއ. އުތީމަކީ ތާރީޚީ ގޮތުން ހާއްސަ ރަށެކެވެ. މި ރަށުގެ ތާރީހާ ގުޅޭ އެތައްކަމެއް ފެންނަ އެބަހުއްޓެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ތިން ބަތަލުންނަށް ނިސްބަތްވާ "އުތީމު ގަނޑުވަރު" އަކީ އެންމެ ބޮޑު ތަރިކަ އެވެ. މި ނޫނަސް އެތައް ތަނެއް ހުރި އިރު ރަށުގެ ބިމު އަޑީގައި ވެސް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަޅުލާފައިވާ އެކި ވައްތަރުގެ ތަކެތި އެބަހުއްޓެވެ.
އޭގެެތެރޭގައި، ކުރީޒަމާނުގައި ފައިސާގެ ގޮތުގައި ދިވެހިން ބޭނުން ކުރި ބޮއްޔާއި އޭރުގެ ޝާހީ އާއިލާތަކަށް ހާއްސަކޮށްފައިވާ ބައެއް ތަކެއްޗާއި ކުރީ ޒަމާނުގައި އާއްމުން ބޭނުންކުރި ތަފާތު ސާމާނު ވެސް ފެނިފައިވެ އެވެ. މިގޮތަށް ފެނުނު ބައެއް ތަކެތި މި ރަށުގެ ގޭގައި އެބަހުއްޓެވެ.
އުތީމު ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި މި ރަށުގެ ބޯޅަދަނޑު ހަދަން 2015 ގައި ކޮނުނުއިރު ވެސް އެކި ވައްތަރުތަކުގެ އާސާރީ ތަކެތި ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ކުރީ ޒަމާނުގައި އެކި މައުލޫދުތަކާއި ޖާފަތްތަކަށް ބޭނުންކުރި ތައްޓާއި ސަމުސަލާއި އެ ނޫން ވެސް ތަކެތި ހިމެނެ އެވެ.
އުތީމުން ފެނުނު ބޮލި ވަޅަކުން ބޮލިތައް ހޮވަނީ.
"އޭރު ބޭނުންކުރި ވަރަށް ގިނަ އަދަދެއްގެ ސާމާނު، އެއް ވަޅަކުން ފެނުނު. އޭރު ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލި އެކަނި ވެސް ހަތަރު ބަސްތާ އެ ވަޅުން ނެގި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީޒަމާނުގެ ދިރިއުޅުން ރަމްޒުކޮށްދޭ ވަރަށް ގިނަ ތަކެތި އެ ރަށުގެ ބިމު އަޑިން ފެނިފައިވާ ކަމަށެވެ. އޭރު ހަވާދު ފުނޑަން ގެންގުޅޭ ދައި އަދި ބިންބި މުގުރަން ބޭނުންކުރިި އެއްޗެހި ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑެތި ސައިޒުގެ ރުނބާ ވެސް އެބަހުރި މި ރަށުން ފެނިފައި، ގޮނޑު ދޮށުން ވެސް ސީނުތަށި އެއްޗެހި ހޮވާފައި އެބަހުރި،" ރަޝީދު ވިދާޅުވި އެވެ.
އުތީމުގެ ބިމުު އަޑިން ފެނުނު ރުނބައެއް.
މިގޮތަށް، ފެނުނު ތަކެތި ވިއްކައިގެން މި ރަށުގެ ބައެއް މީހުން އާމްދަނީ ވެސް ހޯދާފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަތިރިމަތިންނާއި އެ ނޫން ވެސް ސަރަހައްދުތަކުން ފެންނަ އެފަދަ ތަކެތި ވިއްކައިގެން ބައެއް މީހުން ވަނީ ގޭގެ ފުރާޅު ހިޔާކުރާނެ ޓިނު ވެސް ހޯދައިފަ އެވެ. މީގެ އަހަރުތަކެއް ކުރި ނަމަވެސް މިހާރުގެ ރޭޓަށް ބަލާއިރު، އެގޮތަށް ފެނުނު ތަކެތި ވިއްކައިގެން ބައެއް މީހުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
ބިމު އަޑިން ފެނުނު ތަށިތަކެއް ފޮށިގަނޑަކަށް އަޅައި، މި ރަށުގެ އުތީމު ގެއެއްގައި ފޮރުވާފައި.
އުތީމު ނޫނަސް ބައެއް އެހެން ރަށްތަކުން ވެސް ބޮލިފަދަ ތަކެތި ފެނިފައިވެ އެވެ. އެކަމަކު، މި ރަށުން މިހާ ގިނަ އަދަދަކަށް މި ތަކެތި ފެންނަންވީ ސަބަބަކީ ކޮބައިހެއްޔެވެ؟
އޭގެ ސާފު ޖަވާބެއް، ރަޝީދަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. އެނގޭހާ ވެސް ކަމަކީ ތާރީހީ ގޮތުން އުތީމު ހާއްސަކަމެވެ.
އުތީމު ބިމުގެ އަޑިން ފެނުނު ތަށިތަކެއް.
"އަޅުގަނޑުމެންގެ ކާފަމެން ބުނާނެ، ކުރީ ޒަމާނުގައި ވިލާގަނޑާ އަޅުވާފައި ވެސް ބިމު އަޑީގައި ސާމާނު ވަޅުލައޭ. އަޑުއިވިފައިވާ ގޮތުގައި، އޭރު ހީކުރަނީ ވިލާގަނޑަކީ ދަތުރުކުރާ އެއްޗެއް ނޫން ކަމަށް،" ރަޝީދު ވިދާޅުވި އެވެ.
އެހެން ރަށްރަށާ އަޅާބަލާއިރު އެ ރަށުން އެފަދަ ތަކެތި އެހާ ގިނައިން ފެންނަ ކޮންމެވެސް ސިއްރެއް އޮންނާނެ އެވެ. އުތީމުގެ ތާރީހާ ގުޅޭ ގޮތުން އެނގޭ އަދި ހޯދިފައިވާ ކަންކަމުގެ އިތުރުން އަދިވެސް އިތުރު ކަންތައްތަކެއް ހުރުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ.
އުތީމުން 500 އަހަރު ކުރީގެ ވަޅެއް ފެނިއްޖެ
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
ކަޅުއޮށްފުންމި ބަހައްޓަން ކަޅުވަކަރު މިސްކިތް ބަންދު
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް
ގަމުން ފެނުނީ 900 އަހަރުވީ ބުދެއް
އުތީމަށް ތާރީޚީ ރެއެއް: އަށިގޭގައި 10 ކޭން
ބޮޑުގަނޑުވަރުގައި ނާސިރު ކޯރާޑީ ޖެއްސެވީ ކީއްވެ؟