Roadha Mihaaru
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް

މުލީއާގެ މަރާމާތުކުރަނީ ވިރާސީ ތަރިކައަކަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް: އާދަމް ނަސީރު

19 ނޮވެމްބަރ 2023

މުލީއާގެ މަރާމާތުކުރަނީ ކޮންމެހެން މަރާމާތު ކުރަން ޖެހޭ ބައެއް ތަންތަން ހުރުމުން ކަމަށާއި އެ މަސައްކަތް ކުރުމުގައި އެ ތާރީހީ ބިނާގެ އަސްލު ގެއްލޭނެ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އާ ސަރުކާރުގެ ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މުލީއާގެ މަރާމާތުކުރަނީ ކޮންމެހެން މަރާމާތު ކުރަން ޖެހޭ ބައެއް ތަންތަން ހުރުމުން ކަމަށާއި އެ މަސައްކަތް ކުރުމުގައި އެ ތާރީހީ ބިނާގެ އަސްލު ގެއްލޭނެ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އާ ސަރުކާރުގެ ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތުކުރާ ވާހަކަ ސަރުކާރުން އިއުލާންކުރުމުން ބައެއް މީހުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ މުލީއާގެ މަރާމާތު ކުރަނީ އެތަނުގެ އަސްލު ނުގެއްލޭނެ ގޮތަށް ކަމަށެވެ. އެ މަރާމާތުން އެއްވެސް ގެއްލުމެއް ވެސް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އިމާރާތަކީ ގިނަ ދުވަސްވެފައި ހުރި ޒަމާންވީ އިމާރާތަކަށް ވުމުން ކޮންމެހެން ކުރަން ޖެހޭ މަރާމާތުތަކެއް ހުރީމާ އެ މަސައްކަތް މިހާރު ކުރަނީ. އެ މަރާމާތުތައް ކުރަނީ އެ ތަނުގެ އަސްލު ސަލާމަތް ކުރުމަށް. އެހެންވީމާ، އެއީ އެތަނަށް ދެވޭ ފަރުވާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"މުލީއާގޭގެ ވިރާސީ ތަރިއަކަށް އެއްވެސް ބަދަލެއް ނާންނާނެ."

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލިއާގެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލިއާގެ.

މުލީއާގޭގެ މަރާމާތުގެ މަސައްކަތަށް ނަގާނީ ކިހާ ދުވަހެއް ކަމެއް އަދި ނޭނގެ އެވެ. މުލީއާގެ މަރާމާތުކޮށް ނިމެންދެން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ވަގުތު ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގައި ކަމަށްވާ މ. ދިމްޔާތުގަ އެވެ.

މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ދިރިއުޅުއްވި އެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރި ގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ ވެސް މުލީއާގޭގަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދިރިއުޅުއްވީ މުލިއާގޭގަ އެވެ.