26 ސެޕްޓެމްބަރ 2022
ގައުމީ މުނާސަބަތުތަކާ ގުޅުވައި އުތީމުގެ ގޭގެއިން ކޭން ނެރުމަކީ ސަގާފީ ކަމެކެވެ. ވަކި ދުވަސްތަކަށް ޚާއްސަކޮށް ކުރުން މަޖުބޫރު ކަމެއްގެ ގޮތަށް ދެކެވިފައި އޮތް ކަމެކެވެ. ޒަމާނީ ވިސްނުންތަކާ އެކު އެ ގޮތަށް އެކަން ނުކުރެވި ކޭން ނެރުމުގެ ފޯރި އުތީމުގައި އޮތީ ފަނޑުވެފަ އެވެ. އެކަމަކު އަހަރުތަކަކަށް ފަހު އުތީމު އަށިގެއަށް ނެރުނު ކޭންތަކާ އެކު މިރޭ އަނެއްކާވެސް މި ރަށުގައި މިއޮތީ ތާރީޚް ކުލަގަދަކޮށް އިޔާދަވެފަ އެވެ.
ގައުމީ މުނާސަބަތުތަކާ ގުޅުވައި އުތީމުގެ ގޭގެއިން ކޭން ނެރުމަކީ ސަގާފީ ކަމެކެވެ. ވަކި ދުވަސްތަކަށް ޚާއްސަކޮށް ކުރުން މަޖުބޫރު ކަމެއްގެ ގޮތަށް ދެކެވިފައި އޮތް ކަމެކެވެ. ޒަމާނީ ވިސްނުންތަކާ އެކު އެ ގޮތަށް އެކަން ނުކުރެވި ކޭން ނެރުމުގެ ފޯރި އުތީމުގައި އޮތީ ފަނޑުވެފަ އެވެ. އެކަމަކު އަހަރުތަކަކަށް ފަހު އުތީމު އަށިގެއަށް ނެރުނު ކޭންތަކާ އެކު މިރޭ އަނެއްކާވެސް މި ރަށުގައި މިއޮތީ ތާރީޚް ކުލަގަދަކޮށް އިޔާދަވެފަ އެވެ.
. އުތީމުގައި ކޭން ތައްޔާރުކޮށްފައި: މިހާ ގިނަ ކޭން މި ރަށުން ނެރުނީ ގިނަ އަހަރުތަކަކަށް ފަހު ކަމަށް ބައެއް މީހުން ބުނޭ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް މި ރަށަށް ވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި އެ މަނިކުފާނުގެ ސަރުކާރުގެ ވަފުދަށް 10 ކޭން ވަނީ ތައްޔާރުކޮށްފަ އެވެ. ކޭން ތައްޔާރުކުރުމުގައި އުޅުނު އަންހެނުންނާއި ފިރިހެނުން ސިފަކުރި ގޮތުގައި "މިއީ އުތީމަށް ދިރުން ގެނައި" ރެއެކެވެ.
އުތީމުގައި ކޭން ތައްޔާރުކޮށްފައި.
ކޭންތައް ނެރެން ތައްޔާރުވާތާ ގާތްގަނޑަކަށް 15 ދުވަސް ވެއްޖެ އެވެ. އެންމެ ފުރަތަމަ ތައްޔާރުކުރަން ފެށީ ކޭމުގައި ހުންނަ ހިކި ސާމާނެ އެވެ. އޭގެތެރޭގައި އެކި ވައްތަރުގެ މެޓާގަނޑާއި ހަކުރުލީ ކައްޓަލަ އާއި ބޮނޑިބަތާއި މާޅޮސް ކޭލާއި ފުށުގެ އެކި ބާވަތްތަކާއި ސަޓަންޏާއި ހިމެނެ އެވެ. ދިވެހި ހަވާދުގެ އެކި ވައްތަރުގެ ރިހަތަކާއި ފެން ފޮޅި ވެސް ކޭމުގެ ތެރޭގައި ހިމެނެ އެވެ.
އުތީމުގައި ކޭން ތައްޔާރުކޮށްފައި.
ދިވެހި ކެއުންތަކުގެ ހުރިހާ ރަހައެއް ކޭމުގައި ހެޔޮވަރުކޮށްލަނީ ރައްޔިތުންގެ ގިނަ ބަޔަކު މި ކަމުގައި ބައިވެރިވެގެންނެވެ. މިކަމަށް ގޮވާލައިފި ނަމަ ނޫނެކޭ ބުނާނެ އެކަކު ވެސް މި ރަށުގައި ނުހުރެ އެވެ. އެކި މީހުން ހަވާލުވަނީ އެކި މަސައްކަތްތަކާ އެވެ. އެއް ބަޔަކު ބޮނޑިބަތް ކައްކާނީ އެވެ. އަނެއް ބަޔަކު ހަވާލުވާނީ ރިހަތައް ކެއްކުމާ އެވެ. އަނެއް ބައަކު ހުސްވާނީ އުތީމުގެ ނަމާ ގުޅިފައިވާ އެކި މެޓާގަނޑުތައް ހެދުމަށެވެ.
"ގައުމީ މަސައްކަތް އުތީމުގެ ރައްޔިތުންގެ ކަމެއްގެ ގޮތުގައި އަބަދުވެސް ދެކޭ. މި ފަހަރު ވެސް އެ އެކުވެރިކަމާ އެކު 10 ކޭން މި ތައްޔާރުކުރީ. އަޅުގަނޑުމެންނަށް މިއީ ގައުމީ ކަމެއް. ހުރިހާ އެންމެން ވެސް ޝާމިލްވެގެން މިކުރީ," ފާތުމަތު ރަމްޒިއްޔާ ބުންޏެވެ.
އުތީމުގައި ކޭން ތައްޔާރުކުރުމުގައި އަންހެނުންތަކެއް: މިކަމަށް ތައްޔާރުވަމުން އަންނަތާ ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަސް ވަނީ ވެފައި.
"ގައުމީ ކަންކަމުގައި މި ނޫން ނަމޫނާއެއް މި ރަށުން ނުފެންނާނެ. މިފަހަރު ހާއްސަމިވީ ކުރިން ކުރާ ގޮތަށް މިކަން ކުރުން ހުއްޓިފައި އޮތުމަށް ފަހު އަނެއްކާވެސް އެ ހަނދާންތައް އާވީމަ."
ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
އޭނާ ބުނި ގޮތުގައި އުތީމުގައި ކޭން ނެރުން މަދުވެ އެންމެ ފަހު ކޭމަކަށް އެއްވީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ ގުރުއާން ކްލާހަށް ޓީޗަރަކު ލިބިގެން އެ އުފާވެރިކަން ފާހަގަކުރުމަށެވެ.
މިރޭގެ ކޭން ޚާއްސަވަނީ ރަށުން ބޭރުގެ ގިނަ ބަޔަކާ އެކު އުތީމުގެ ރައްޔިތުންނަށް ބައިވެރިވެވޭތީ އެވެ. މި ރަށުގެ މެހްމާންދާރީ އަދާކުރަން ފުރުސަތު ވެސް ލިބުމުންނެވެ.
އުތީމުގައި ކޭން ތައްޔާރުކޮށްފައި.
ޕޯޗުގީޒުންގެ އަނިޔާވެރި ކަމުގައި ދިގު މުއްދަތެއް ހޭދަކުރިފަހުން, އެ މީހުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ތާރީޚީ މުނާސަބަތު ދިރުވާ ގައުމީ ދުވަހުގެ ޖަލްސާ އޮތީ މާދަމާ ހެނދުނު މި ރަށުގަ އެވެ.
"މިނިވަންކަމުގެ މައްޗަށް އިސްކުރާނެ މަސްލަަހަތެއް ނެތް"
ނާޖިހަށް އާއްމުކުރެއްވުނީ ރައީސްގެ ތުއްޕުޅު ހަޔާތް
ފިކުރީހަނގުރާމައިން ދިފާއުވާން ގައުމިއްޔަތު ދިރުވަންޖެހޭ
ޝަރަފުވެރިކަމުގެ އިނާމު 10 ބޭފުޅަކަށް އަރުވައިފި
ތަރައްގީގައި ސިޔާސީ ފިކުރެއް ނެތް މަންޒަރެއް
އަމާޒަކީ 8،000އެނދު، އިންވެސްޓަރުން ވާނެ: ރައީސް
24 އަހަރު ފަހުން އުތީމަށް ބޭނުންވި ހިމޭންކަން
"ޖަޒީރާ ދިރިއުޅުމުން ގައުމިއްޔަތު އަލުން ހޯދައިދޭނަން"
އުތުރުގެ ބޮޑުބަދަލު ބައްލަވާލައްވަން ރައީސް ވަޑައިގެންފި
ރައީސް އަންނަ ހަފުތާގައި އުތުރުގެ 4 ރަށަކަށް