25 މެއި 2017
މެޑްރިޑް (މެއި 25) - ސްޕެއިނުގެ ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިއަސް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑް (މެއި 25) - ސްޕެއިނުގެ ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިއަސް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 36 އަހަރުގެ ކަސިއަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރެއާލް މެޑްރިޑަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޕޯޓޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ފާއިތުވި ދެ ސީޒަނުގައި ކަސިއަސް ވަނީ ޕޯޓޯ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ކަސިއަސް ޕޯޓޯއާ އެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އަދި އެ އެއްބަސްވުމުގައި ބުނާގޮތުން ޕޯޓޯ އިން ބޭނުންނަމަ އިތުރު އެއް އަހަރުގެ ކަސިއަސް އެ ޓީމުގައި ބެހެއްޓުމުގެ އިހުތިޔާރު އޮވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ކަސިއަސް ވަނީ އަންނަ ސީޒަނުގައި ޕޯޓޯ އަށް ނުކުޅެން ނިންމާފައިވާކަން އެ ޓީމަށް އަންގައިފަ އެވެ.
ކަސިއަސް ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްގެ އިތުރުން ގަތަރާއި ޗައިނާގެ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކަސިއަސްގެ އެޖޭންޓްއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ކަސިއަސް ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅުމަށެވެ.
ލިވަޕޫލް މިދިޔަ ސީޒަން ފެށުމުގެ ކުރިން ވަނީ ޖަރުމަނުގެ ކީޕަރު ލޮރިސް ކާރިއަސް ގެނެސްފަ އެވެ. ސީޒަން ފެށިއިރު ކާރިއަސް ހުރީ އަނިޔާގަ އެވެ. އަނިޔާއިން ރަނގަޅުވެ ކާރިއަސް ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ނަމަވެސް އޭނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނެ އެވެ. އެހެންވެ ފަހުން އޭނާގެ ބަދަލުގައި ފަހުން ސީޒަންގެ ގިނަ މެޗުތަކުގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓީ ކުރީގެ ވެސް އެއް ނަންބަރު ކީޕަރު ބެލްޖިއަމްގެ ސިމޮން މިންޔޮލޭ އެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ލިވަޕޫލުން ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ވެސް ވަނީ ބުނެފަ އެވެ. ޗެމްޕިއަންސް ލީގަށް ދާއިރު ކަސިއަސް ފަދަ ތަޖުރިބާކާރު ކީޕަރެއް ހުރުމަކީ ލިވަޕޫލަށް ފައިދާކުރާނެ ކަމެކެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް މިސީޒަނުގައި އެންމެ ބޮޑު ބޮލު ރިހުމެއް ކުރިމަތިވީ އެ ޓީމުގެ ގޯލުކީޕަރުންގެ ފަރާތުންނެވެ. ބާސެލޯނާ އިން އެ ޓީމަށް ގެނައި ކްލައުޑިއޯ ބްރާވޯ އަށް ވެސް އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ހިފަހައްޓައި ނުލެވުނެވެ. އަދި ބަދަލު ކީޕަރެއްގެ ގޮތުގައި ކުޅެން އެރި ވިލީ ކަބަލޭރޯ މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލާން ވަނީ ނިންމައިފަ އެވެ.
ހާޓްއެޓޭކަށް ފަހު ކަސިޔަސް އަލުން ޕްރެކްޓިހަށް
ކަސިޔަސް އަށް ޕޯޓޯގެ ހާއްސަ ދައުވަތެއް
ކަސިޔަސް ރިޓަޔާކުރަން އަދި ނުވިސްނާ
ހާޓްއެޓޭކެއް ޖެހި ކަސިޔަސް ހޮސްޕިޓަލުގައި
ކަސިޔަސް އަށް ޕޯޓޯ އިން އިތުރު ފުރުސަތެއް
ކުޅުން ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް ކަސިއަސް ދީފި
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
އާޓެޓާ ބުނީ މިވަރުގެ ގޯސް ޕެނަލްޓީއެއް ނުދެކޭ ކަމަށް