02 ޖުލައި 2019
ލިޒްބަން (ޖުލައި 2) - މީގެ ދެ މަސް ކުރިން ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހުނު ޕޯޓޯގެ ސްޕެއިން ގޯލްކީޕަރު އިކާ ކަސިޔަސް ކުރިއަށް އޮތް ސީޒަނަށް އެ ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ލިޒްބަން (ޖުލައި 2) - މީގެ ދެ މަސް ކުރިން ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހުނު ޕޯޓޯގެ ސްޕެއިން ގޯލްކީޕަރު އިކާ ކަސިޔަސް ކުރިއަށް އޮތް ސީޒަނަށް އެ ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
މިދިޔަ މެއި މަހު އެއް ވަނަ ދުވަހު ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިޔަސް އަށް ހާޓްއެޓޭކެއް ޖެހިގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައި ފަރުވާދިނުމަށް ފަހު އޭނާ ދޫކޮށްލި ނަމަވެސް އޭނާގެ ހާލަތު އައީ މޮނިޓާކުރަމުންނެވެ. ކަސިޔަސް ކުޅުން ހުއްޓާލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އޭނާ އޭރު ބުނީ ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ.
އުމުރުން 38 އަހަރުގެ ކަސިޔަސް އިއްޔެ ޕޯޓޯ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް އައި ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ،
މީގެ ކުރިން ޕޯޓޯގެ ރައީސް ޕިންޓޯ ޑަ ކޯސްޓާ ވަނީ ކުޅުން ހުއްޓާލަން ކަސިޔަސް ނިންމައިފިނަމަ އޭނާ އަށް އެ ކްލަބުން ހާއްސަ މަގާމެއް ހަމަޖައްސައިދޭން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އުއްމީދަކީ އަދި އެއް ސީޒަނުގައި ކަސިޔަސް އަށް ކުޅުނު ކަމަށް ވިދާޅުވި އެވެ.
ކަސިޔަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރެއާލް މެޑްރިޑަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ފާއިތުވި ދެ ސީޒަނުގައި ކަސިޔަސް ވަނީ ޕޯޓޯ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމު ވަނީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގައި ވެސް ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.
މިދިޔަ އަހަރު ޕޯޓޯގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކަސިޔަސް ވަނީ އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. ކަސިޔަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު ޓީމުގެ ކެޕްޓަނެވެ. ސްޕެއިން ގައުމީ ޓީމަށް 167 މެޗު ކުޅެދިން ކަސިޔަސް ވަނީ އެ ޓީމާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.
ކަސިޔަސް އަށް ޕޯޓޯގެ ހާއްސަ ދައުވަތެއް
ކަސިޔަސް ރިޓަޔާކުރަން އަދި ނުވިސްނާ
ހާޓްއެޓޭކެއް ޖެހި ކަސިޔަސް ހޮސްޕިޓަލުގައި
ކަސިޔަސް އަށް ޕޯޓޯ އިން އިތުރު ފުރުސަތެއް
ކުޅުން ހުއްޓާލަން އުޅޭކަމުގެ އިޝާރާތެއް ކަސިއަސް ދީފި
ކަސިއަސް އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވަނީތަ؟
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
އިހާނެތި ބަސްތައް ބުނިކަމުގެ ބޮޑު ތުހުމަތެއް އާޓެޓާއަށް
ޕޯޗުގަލްގައި ފަހު ވަގުތު އާސެނަލް ހިމޭން ކޮށްލައިފި
ބާސެ ހަމަޖެހިލަން ޝަކްތާއިން ފުރުސަތެއް ނުދިން