Roadha Mihaaru
އުމުރުން 10 އަހަރު، ބަރުދަނަކީ 180 ކިލޯ

އުމުރުން 10 އަހަރު، ބަރުދަނަކީ 180 ކިލޯ

25 މެއި 2017

އެންމެ ބަރު ކުޑަކުއްޖާގެ ރެކޯޑް އޮންނަނީ އިންޑޮނީޝިއާ ކުއްޖެއް ކަމަށްވާ އާރިޔާ އަށެވެ. އުމުރުން އެންމެ އަހަރުގައި ބަރުދަނުގައި 180 ކިލޯ އެބަހުއްޓެވެ. އެ ކުއްޖާ މި ހާލަތަށް ދިޔައީ ކޯލާ ބުއިމާއި ނޫޑުލްސް ކެއުމަށް ދެވި ހިފައި، އެންމެފަހުން ފަލަބަލީގެ ޝިކާރައަކަށް ވެގެންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އެންމެ ބަރު ކުޑަކުއްޖާގެ ރެކޯޑް އޮންނަނީ އިންޑޮނީޝިއާ ކުއްޖެއް ކަމަށްވާ އާރިޔާ އަށެވެ. އުމުރުން އެންމެ އަހަރުގައި ބަރުދަނުގައި 180 ކިލޯ އެބަހުއްޓެވެ. އެ ކުއްޖާ މި ހާލަތަށް ދިޔައީ ކޯލާ ބުއިމާއި ނޫޑުލްސް ކެއުމަށް ދެވި ހިފައި، އެންމެފަހުން ފަލަބަލީގެ ޝިކާރައަކަށް ވެގެންނެވެ.

އާރިޔާގެ މައިންބަފައިން ބުނާ ގޮތުގައި އާރިޔާ ދުވާލަކު ފަސް ފަހަރަކު ބަތާއި ނޫޑްލްސް އަދި އެއްގަމު މަހުގެ ބާވަތްތައް ކާން ބޭނުންވެ އެވެ.

ޑޮކްޓަރުންނަށް އާރިޔާގެ ހާލަތު ފެނުމުން އެންމެ ފުރަތަމަ ވެސް އެންގީ ކެއުން ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް އެކަން ކޮށްގެން ވެސް ބަރުދަން ލުއިވާގޮތެއް ނުވި އެވެ. އެންމެ ފަހުން ސާޖަރީއެއް ހަދައި ކުއްޖާގެ ބަނޑު ކުޑަކޮށްލަން ޑޮކްޓަރުން ނިންމި އެވެ.

ސާޖަރީއަށް ފަހު އާރިޔާގެ ބަރުދަނުން 16 ކިލޯ ލުއިވި އެވެ. އަދި ފަހުން ދެ ކިލޯ ލުއިވި އެވެ.

ހަށިގަނޑު މާ ބަރުކަމުން އާރިޔާއަށް ކޮޅަށް ވެސް ނުހުރެވެ އެވެ. އެހެންވެ ހިނގާފައި ސްކޫލަށް ދިއުމަކީ ކުރެވޭ ކަމަކަށް ނުވެ އެވެ. މުޅި ދުވަހު އެ ކުއްޖާ ހޭދަކުރަނީ ފެންގަނޑެއްގެ ތެރޭގައި ގަޔަށް ފެން އެޅުމުގަ އެވެ. އާރިޔާއަށް ހެޔޮވަރު ހެދުމެއް ވެސް ނުލިބެ އެވެ.

ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އާރިޔާގެ ހަށިގަނޑުން 100 ކިލޯ ލުއިކުރަން ޑޮކްޓަރުން އަންނަނީ މަސައްކަތްކުރަމުންނެވެ.