Roadha Mihaaru
ބަރުވުމެއް ނުހުއްޓޭ، ދޮޅު އަހަރުގައި 31 ކިލޯ

ހިފެހެއްޓުމެއް ނެތި ކުއްޖަކު ބަރުވަނީ، ދޮޅު އަހަރުގައި 31 ކިލޯ

17 މެއި 2017

އުމުރުން 18 މަހުގެ މި ކުއްޖާގެ ބަރުދަނުގައި 31 ކިލޯ އެބަހުއްޓެވެ. އަދިވެސް ކޮންމެ މަހަކު ގާތްގަނޑަކަށް ދެ ކިލޯ އަންނަނީ ބަރުވަމުންނެވެ. މިކަމާ ހެދި ކުއްޖާގެ މަންމަ ގޮތް ހުސްވެ މިކަން ހުއްޓުވޭނެ ގޮތެއް ފެނޭތޯ އަންނަނީ ރެއާއި ދުވާލު މަސައްކަތްކޮށް މީހުންނަށް އާދޭސް ކުރަމުންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އުމުރުން 18 މަހުގެ މި ކުއްޖާގެ ބަރުދަނުގައި 31 ކިލޯ އެބަހުއްޓެވެ. އަދިވެސް ކޮންމެ މަހަކު ގާތްގަނޑަކަށް ދެ ކިލޯ އަންނަނީ ބަރުވަމުންނެވެ. މިކަމާ ހެދި ކުއްޖާގެ މަންމަ ގޮތް ހުސްވެ މިކަން ހުއްޓުވޭނެ ގޮތެއް ފެނޭތޯ އަންނަނީ ރެއާއި ދުވާލު މަސައްކަތްކޮށް މީހުންނަށް އާދޭސް ކުރަމުންނެވެ.

ދޮޅު އަހަރުގެ ޔަގީޒް ބެކްތޭ އިންނަލެއް ބޮޑުކަމުން، ކުޑަކުދިންގެ އެއްޗެހި ބޭނުމެއް ނުކުރެވެ އެވެ. ހެޔޮވަރު ނެޕީ ގަތުމަކީ ވެސް އުނދަގޫ ކަމެކެވެ.

މި ކުއްޖާ އުފަންވި އިރު ވެސް އޭނާގެ ލެޕްޓިން ޑެފިޝިއަންސީ ކިޔާ މައްސަލައެއް ހުއްޓެވެ. މިއީ ހަށިގަނޑުގެ ބަރުދަނާއި މެޓަބޮލިޒަމް ރެގިއުލޭޓްކުރާ ހޯމޯން އެވެ. ހޯމޯން މަދުވުމުން އެއްވެސް ކޮންޓްރޯލެއް ނެތި ކުއްޖާގެ ބަރުދަން އިތުރުވެ އެވެ.

މިހާރު މަހަކު ދެ ކިލޯ އިތުރުވަމުން އަންނައިރު މި ކުއްޖާގެ މައިންބަފައިން ބިރުގަންނަނީ ދުވަސްކޮޅަކުން ކުއްޖާއަށް އަމިއްލައަށް ހިރިނުލެވޭ ވަރު ވެދާނެތީ އެވެ.

ތުރުކީގައި އުޅޭ މި ކުއްޖާގެ މަންމަ ސޭވްދާ އާއި ބައްޕަ ސިދާތު ވަނީ މި މައްސަލާގައި ދަރިފުޅު ޑޮކްޓަރަށް ވެސް ދައްކައިފަ އެވެ. ނަމަވެސް މި ކުއްޖާއަށް ދޭންޖެހޭ ލެޕްޓިން ސަބްސްޓިޓިއުޓްގެ އަގު ބޮޑުކަމުން އެމީހުންނަށް އެ ގަނެވޭ ވަރެއް ނޫނެވެ. އެހެންވެ އެމީހުން ވަނީ ތުރުކީގެ ރައީސަށް ސިޓީއެއް ފޮނުވައި މިކަމުގައި އެހީތެރިވެދޭން އެދިފަ އެވެ.

ސިދާތު، 32، އަކީ ކާރު މެކެނިކެކެވެ. އޭނާ ބުނާ ގޮތުގައި ދަރިފުޅަށް ބޭސް ނުދެވިއްޖެ ނަމަ ފަލަވެގެން ގޮސް ނޭވާ ނުލެވޭ ވަރަށް ފަލަވާނެ އެވެ.

ތުއްތު ޔަގީޒް އޭނާގެ މައިންބަފައިންނާއެކު

ތުއްތު ޔަގީޒް އޭނާގެ މައިންބަފައިންނާއެކު

ސޭވްދާ، 26، ބުނީ ދަރިފުޅު ގޮވައިގެން މިހާރު ނުދާ ޑޮކްޓަރެއް އެ ހިސާބުގަނޑުގައި ވެސް ނުހުންނާނެ ކަމަށެވެ. ދަރިފުޅު އަބަދުވެސް ބޭނުންވަނީ ކާން ކަމަށާއި ކެއުން ކޮންޓްރޯލް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ.

"ހަމައެކަނި ގާތުން ކިރު ދިން އިރުވެސް އޭނާ މަހަކު ދެ ކިލޯ ބަރުވި. ކެއުން ކޮންޓްރޯލް ކުރިޔަސް ދަރިފުޅަކަށް އެއްވެސް ފައިދާއެއް ނުކުރޭ،" ސޭވްދާ ބުންޏެވެ.