22 މެއި 2017
އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް އެޑްވާންޓޭޖް އޮންނަ ކަމަށް އެ ޓީމުގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް އެޑްވާންޓޭޖް އޮންނަ ކަމަށް އެ ޓީމުގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނެފި އެވެ.
ލީގުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވެ އެއް ވަނަ ހޯދި މާޒިޔާ އިން ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ވިކްޓަރީއާ އެވެ.
"ރާއްޖޭގެ ލީގުގައި މާޒިޔާއާ ދެކޮޅަށް ކޮންމެ ޓީމެއް ނުކުންނައިރު ވެސް އެޑްވާންޓޭޖް އެބައޮވޭ. އެއީ އަހަރެމެންގެ މެޗުތައް ގާތްގާތުގައި ހުރުމުން. މިސާލަކަށް ބަލާ ވިކްޓަރީ އެންމެ ފަހުން މެޗެއް ކުޅުނީ މޭ 7 ގައި. އަހަރެމެން މޭ 8 ގައި ވެލެންސިއާއާ ދެކޮޅަށް ކުޅެފައި 12 ވަނަ ދުވަހު ޓީސީއާ ދެކޮޅަށް ކުޅުނީ. އޭގެ ފަހުން 17 ވަނަ ދުވަހު ޑާކާއާ ދެކޮޅަށް މި ކުޅުނީ،" ސުކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ މާޒިޔާގައި ޓެކްޓިކަލް ނުވަތަ ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ހަމައެކަނި މައްސަލައަކީ ފިޒިކަލީ ކުޅުންތެރިން ވަރުބަލިވުން ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ފިކުރުކުރަން ޖެހޭ ކަމަކީ ކުޅުންތެރިން މެޗަކަށް ފަހު މެޗަކަށް ތާޒާކުރާނެ ގޮތަކާ މެދު. އިތުރު މައްސަލައެއް ނެތް،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ އިދިކޮޅަށް ނުކުންނަ ވިކްޓަރީ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި މެޗު ފަސޭހަނުވާނެ ކަމަށެވެ.
"ވިކްޓަރީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމު. އެންމެ މޮޅު އެއް ކޯޗު އެހެރީ. ވަކިވަކި މަގާމްތަކަށް ބަލާއިރު ބައެއް މަގާމްތަކަށް ކުޅެން ރާއްޖޭގައި ތިބި މޮޅު ކުޅުންތެރިންތަކެއް އެ ތިބީ ވިކްޓަރީގައި. ވަރަށް ވަރުގަދަ ޓީމެއް އެއީ،" ސެކުލޮސްކީ ބުންޏެވެ.
މިއަދު މޮޅުވެގެން މާޒިޔާ އަށް ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް އަލުން ނެގޭނެ އެވެ. މި ވަގުތު 21 ޕޮއިންޓާ އެކު އެ ޓީމު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 18 ޕޮއިންޓާ އެކު އޮތީ އިތުރު މެޗެއް ކުޅެފައިވާ ނިއު ރޭޑިއަންޓެވެ.
ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ޕްރެޝަރެއް ކަމަށެވެ. އެކަމަކު އޭނާ ބުނީ މާޒިޔާ އަތުން ޕޮއިންޓްތަކެއް ގެއްލުނަސް އެއީ މާ ބޮޑު މައްސަލައަކަށް ނުވާނެ ކަމަށާއި މިއަދު ޕޮއިންޓެއް ލިބުނަސް އެއީ ބޯނަހެއް ކަމަށެވެ.
"ވިކްޓަރީއާ މަގާމުގެ ގޮތުން ވާދަކުރަން ހުރި ޓީމުތަކެއްގެ އަތުން ޕޮއިންޓް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް. އެގޮތުން ބަލާއިރު މި މެޗުން ޕޮއިންޓް ގެއްލުމަކީ މާބޮޑު މައްސަލައަކަށް ނުވާނެ. އެކަމަކު ލިބިއްޖެއްޔާ އެއީ ބޯނަހެއް،" ސުޒޭން ބުންޏެވެ.
ވިކްޓަރީ މި ވަގުތު ހަ ވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ. ސުޒޭން ބުނީ ޓާގެޓަކީ ރޯދައިގެ ކުރިން މި އޮތް ދެ މެޗާ އެކު އެ ހިސާބަށް މަދުވެގެން 12 ޕޮއިންޓް އެއްކުރުން ކަމަށެވެ.
އޭނާ ބުނީ އެއްވެސް ބަޔަކަށް މާޒިޔާ ބަލިކުރެވިފައި ނެތް ކަމަށާއި އެހެންކަމުން މިއަދު ރަނގަޅު ނަތީޖާއެއް ހޯދިއްޖެ ނަމަ އެއީ ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.
މާޒިޔާ އަށް މިދިޔަ ތިން ސީޒަނުގައި ކޯޗުކޮށްދީ ކާމިޔާބީތައް ހޯދައިދިން ސުޒޭން ބުނީ އެ ޓީމުން މި ސީޒަނުގެ އޭއެފްސީ ކަޕުގައި ހޯދަމުން އަންނަ ކާމިޔާބަށް މަރުހަބާ ކިޔާ ކަމަށާއި އިތުރަށް ކުރިއަށް ދިއުމަށް ވިކްޓަރީ އާއި އޭނާގެ އަމިއްލަ ނަމުގައި ހެޔޮ އެދުންތައް ފޮނުވާ ކަމަށެވެ.
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި
ވިކްޓަރީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
ސުޒޭން ކުރީގެ ޓީމާ ދެކޮޅަށް، މާޒިޔާ އޮތީ ފޯމުގައި
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް
މަގާމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމާނަން: ސުޒޭން
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް