Roadha Mihaaru
ގެއްލުން ލިބުނު ގޭގެ 18 މީހުން ވަގުތީ ހިޔާގައި

މާލެ އަށް އައި ގަދަ ކޮޅިގަނޑުގައި ގެއްލުން ލިބުނު ގޭގެ 18 މީހުން ވަގުތީ ހިޔާގައި

22 މެއި 2017

ރޭ އިރާކޮޅު މާލެއަށް އައި ގަދަކޮޅިގަނޑުގައި ގެއްލުން ލިބުނު ހ. ސޯސަންމީޑުގެ 18 މީހުން އަދިވެސް ތިބީ ވަގުތީ ހިޔަލުގައި ކަމަށް ޑިޒަސްޓާ މެނޭޖްމެންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރޭ އިރާކޮޅު މާލެއަށް އައި ގަދަކޮޅިގަނޑުގައި ގެއްލުން ލިބުނު ހ. ސޯސަންމީޑުގެ 18 މީހުން އަދިވެސް ތިބީ ވަގުތީ ހިޔަލުގައި ކަމަށް ޑިޒަސްޓާ މެނޭޖްމެންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

ސޯސަންމީޑްގެ އަށް ގެއްލުން ލިބުނީ އެ ގެއާ ޖެހިގެން ހަތް ބުރިއަށް ހަދާފައި ހުންނަ ސޯސަންފްލާވާގެ ފާރެއް، ސޯސަންމީޑުގޭގެ ފުރާޅު މައްޗަށް ވެއްޓިގެންނެވެ. މިދިޔަ ޑިސެމްބަރުމަހު ސޯސަންފްލާވާގެ މަތީބައިގައި އަލިފާން ރޯވުމުގެ ސަބަބުން އެ ފާރު ހުރީ ވަރަށް ބޮޑަށް ބަލިވެފަ އެވެ.

"އެ ފާރުގެ ބައިތައް ތިން ބުރިއަށް ހަދާފައި ހުންނަ ސޯސަންމީޑު ގޭގެ ފުރާޅުމައްޗަށް ވެއްޓި ވަރަށް ބޮޑަށް ފޫދިޔަ. އޭރު ބޯކޮށް ވާރޭވެހޭތީ ފެންތައް އެޅުނީ ގޭގެ ތެރެއަށް،" ޑިޒާސްޓާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޭތެރެ އަށް ފެން އެޅިފައިވާތީ، ކަރަންޓު ޝޯޓެއް ވުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބަލައި، ގޭގެ ހުރިހާ ބަޔަކުން ވެސް ސްޓެލްކޯ އިން އޭރު ކަރަންޓު ކަނޑައިލި އެވެ.

ސޯސަންފްލާވާ ގޭގެ ފުރާޅުން ބައެއް، ސޯސަންމީޑުގޭ ފުރާޅުމައްޗަށް ވެއްޓިފައި-- މިހާރު ފޮޓޯ: ހުސެން ވަހީދު

ސޯސަންފްލާވާ ގޭގެ ފުރާޅުން ބައެއް، ސޯސަންމީޑުގޭ ފުރާޅުމައްޗަށް ވެއްޓިފައި-- މިހާރު ފޮޓޯ: ހުސެން ވަހީދު

ފުރާޅު ހަދައި ގޭތެރެ ސާފުކުރަންދެން ސޯސަމްމީޑްގެ މީހުން ތިބީ، ޑިޒާސްޓާއިން ހިފާފައި ހުރި ދެ ގެސްޓް ހައުސްއެއްގައި ކަމަށް އެތަނުން ބުންޏެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ގެ މަރާމާތުކޮށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ މަސައްކަތް ނިމުމުން ގެ އަށް މީހުން ބަދަލު ކުރާނެ ކަމަށް ވެސް ޑިޒާސްޓާ އިން ބުނެ އެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ބިލްބޯޑުތަކާއި ފެންސްތައް ވެސް ރޭ އައި ކޮޅިގަނޑުގައި ވެއްޓުނެވެ. އަދި އެ ކޮޅިގަނޑުގައި ބައެއް ގަސްތައް ވެސް ވެއްޓި ގެއްލުން ލިބިފައިވެ އެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ މި ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސ. ހިތަދު އަށެވެ. އެ ރަށަށް އެރި ނަގޫރޯޅިއެއްގައި 11 ގެއަކަށް ގެއްލުންވި އެވެ.