03 ޖެނުއަރީ 2025
ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މާލެ އަށް މިއަދު ވެހުނު ވާރޭގައި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެފައިވާއިރު، މިހާތަނަށް 10 ހާހެއްހާ ޓަނުގެ ފެން އެ މަގުތަކުން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މާލެ އަށް މިއަދު ވެހުނު ވާރޭގައި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެފައިވާއިރު، މިހާތަނަށް 10 ހާހެއްހާ ޓަނުގެ ފެން އެ މަގުތަކުން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
މާލެ ސަރަހައްދަށް މިއަދުގެ ހެނދުނު 11:00 އިން ފެށިގެން ވެހެމުންދާ ބޯ ވާރޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. ގޭގެ އާއި ފިހާރަތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. ހާއްސަކޮށް މާފަންނުގައި ފެން ބޮޑުވެ، ގިނަ ގެތަކަށާއި ފިހާރަތަކަށް ފެންގަނޑު ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
އެމްއެންޑީއެފުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނީ ހަ ސަރަހައްދެއްގައި ޕަމްޕުތައް ބަހައްޓައި ފެން ހިންދަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ވެސްޓް ޕާކް ސަރަހައްދުގައި ފަސް ޕަމްޕާއި އައިޖީއެމްއެޗު ސަރަހައްދުގައި ފަސް ޕަމްޕާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ތިން ޕަމްޕާއި ބޮޑު ވަޅާއި މާފަންނު ފެރީ ޓާމިނަލް އަދި ދިވެހިރާއްޖޭގެ އަޑު ސަރަހައްދުގައި ޕަމްޕެއް ބަހައްޓައިގެން އަންނަނީ ފެން ހިންދަމުންނެވެ.
އޮފިޝަލް ވިދާޅުވީ މިރޭ 8:30 އާ ހަމައަށް މުޅި މާލެއިން 9،917 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ އަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޯކޮށް ވެހުނީ މިއަދު ހަވީރު 5-6 ދޭތެރޭގަ އެވެ. އެއީ 60 މިލިމީޓަރުގެ ވާރޭ އެވެ.
މާލެ އަށް މިހާތަނަށް ރެކޯޑު އަދަދަކަށް ވެހިފައިވަނީ ގާތްގަނޑަކަށް 200 މިލިލީޓަރުގެ ވާރެ އެވެ.
މާލެ އަށް އިއްޔެ 223 މިލިމީޓަރުގެ ވާރޭ ވެހުނު
ވިއްސާރާގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު ބަލައިފި
މަގުތަކުން ފެން ހިންދަން އިތުރު ޕަމްޕުތަކެއް ގެންނަނީ
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ޕަންޕު ބޭނުންކޮށްގެން ފެން ހިންދުން މިހާރު ފަސޭހަވާނެ
ބޮޑު ގަހެއް ވެއްޓި ވެހިކަލްތަކަށް ގެއްލުންވެއްޖެ
ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއްނުވޭ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ