13 މެއި 2017
އިންޑިއާ މީހަކު އަނބިމީހާ މަރާލި ކަމުގެ ކުށުގައި ޖަލަށް ލާފައި ހުއްޓާ އަނބިމީހާ އޭނާގެ ލޯބިވެރިޔާއާ އެކު ދިރިއުޅެމުން އަންނަކަން ފަޅާއަރައިފި އެވެ.
އިންޑިއާ މީހަކު އަނބިމީހާ މަރާލި ކަމުގެ ކުށުގައި ޖަލަށް ލާފައި ހުއްޓާ އަނބިމީހާ އޭނާގެ ލޯބިވެރިޔާއާ އެކު ދިރިއުޅެމުން އަންނަކަން ފަޅާއަރައިފި އެވެ.
އުމުރުން 25 އަހަރުގެ ޕިންކީ މަރާލީ ކައިވެންޏާ ގުޅިގެން އަންހެންމީހާގެ އާއިލާއިން ފިރިހެންމީހާގެ އާއިލާއަށް ދޭ މުދަލާއި ފައިސާ ނުދީގެން ކަމަށް، ފިރިމީހާ މަނޯޖް ޝަރުމާގެ މައްޗަށް އޮތީ ހުކުމްކޮށްފަ އެވެ. މި ކުށާ ގުޅިގެން 2015 އިން ފެށިގެން މަނޯޖް ހުންނަނީ ޖަލުގަ އެވެ.
މި މީހުން ކައިވެނި ކުރީ 2015 ގަ އެވެ. ކައިވެންޏަށް މާ ގިނަ މަސްތަކެއް ނުވަނީސް އަންހެންމީހާ ގެއްލުނީ އެވެ.
ޕިންކީ ގެއްލުމުން އޭނާގެ އާއިލާގެ ފަރާތުން މައްސަލަ ހުށަހެޅީ ކައިވެންޏާ ގުޅިގެން ދޭންޖެހޭ މުދާ ނުދީގެން މަނޯޖް ޕިންކީ މަރާލީ ކަމަށް ބުނެ އެވެ. އަދި ޕިންކީ ގެއްލުނުތާ ހަފުތާތަކެއް ފަހުން، ވަރަށް ބޮޑަށް ކުނިވެފައި އޮތް އަންހެނެއްގެ ހަށިގަނޑު އެ މީހުން އުޅޭ ސަރަހައްދުން ފެނުނެވެ.
ޕިންކީގެ މައިންބަފައިން އެ ހަށިގަނޑު ބެލުމަށްފަހު އެއީ އެމީހުންގެ ދަރިފުޅުކަން ޔަގީންކޮށްދިނެވެ. އެއާ އެކު މަނޯޖް ހައްޔަރުކޮށް އަނބިމީހާ މަރާލި ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ. އަދި ކުށް ސާބިތުވެ މިއަދާ ހަމައަށް ވެސް އޭނާ ހުރީ ޖަލުގަ އެވެ.
ޕިންކީ މަރުނުވާކަން ފަޅާއެރީ މަނޯޖްގެ އާއިލާގެ މީހަކަށް ޕިންކީ އެހެން އަވަށެއްގައި ފިރިހެނަކާ އެކު އުޅެނިކޮށް ފެނިގެން އެކަން މަނޯޖްގެ އާއިލާއަށް އެންގުމުންނެވެ. މިކަން އެނގި މަނޯޖްގެ އާއިލާގެ ބަޔަކު ޕިންކީ ދިރިއުޅޭ އަވަށަށް ގޮސް އޭނާ ހޯދައި ފުލުހުންނަށް އެންގީ އެވެ.
ބިހާރް ފުލުހުން ބުނި ގޮތުގައި މަނޯޖާ ކައިވެނި ކުރުމުގެ ކުރިން ވެސް ޕިންކީ އުޅުނީ، މިހާރު ރައްޓެހިވެގެން އުޅޭ މީހާއާ ރައްޓެހިވެގެންނެވެ. އެހެންވެ ޕިންކީ މަނޯޖާ ކައިވެނިކުރީ އާއިލާއިން މަޖްބޫރުކޮށްގެން އެނޫން ގޮތެއް ނެތިގެންނެވެ. އަދި ކައިވެނިކުރިތާ މާ ގިނަ ދުވަހެއް ނުވެ ލޯބިވެރިޔާއާ އެކު ޕިންކީ ފިލައިގެން އެހެން ދިޔައީ އެވެ.
އަނބިމީހާ މަރާލިކަމުގެ އިލްޒާމު އަޅުވައި މަނޯޖަށް އަނިޔާދީ ޖަލަށް ލާން ރޭވުމުގައި ޕިންކީ އާއި އޭނާގެ ލޯބިވެރިޔާގެ އިތުރުން އެހެން ބަޔަކު ވެސް ބައިވެރި ވެފައި ވާނެ ކަމަށް ފުލުހުންނަށް ޝައްކު ކުރެ އެވެ.
މި މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ފުލުހުންނަށް ފުރަތަމަ ޖެހޭނީ ޕިންކީ ދުނިޔޭގައި ހުރިކަން ކޯޓަށް ސާބިތު ކޮށްދޭށެވެ. އަދި މީހަކު މަރާނުލަނީސް، މީހަކު މަރާލިކަމުގެ ކުށް ސާބިތުވެ ޖަލަށް ލާފައި މަނޯޖް ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން މަރުވެފައި އޮއްވާ ފެނުނު އަންހެންމީހާ އަކީ ޕިންކީ ކަމަށް ބުނެފައި ވާތީ އޭނާގެ އާއިލާގެ މެމްބަރުންނާ ދެކޮޅަށް ވެސް ދައުވާ އުފުލާނެ އެވެ.
ޝްރެދާ މަރާލި ގޮތް އަފްތާބު ކިޔައިދީފި
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
ސުޝާންތު މަރާލިކަމުގެ ހެއްކެއް ނެތް: ސީބީއައި
ޝީނާގެ މަރުގެ ދައުވާ ލިބޭ އިންދިރާނީ ވަރިވަނީ
ޝީނާ މަރާލި ކަމުގެ ދައުވާ އިންދިރާނީ އާއި ޕީޓާއަށް ކޮށްފި
އިންޑިއާ މީހަކު ރާއްޖޭގައި މަރާލި ކަމަށް ބުނެ ޕޮލިހަށް
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ
"އޮތީ ކަރު ކަނޑާލާފައި، އެކަނި އެވަރެއް ނުވާނެ"
ޒަކިއްޔާގެ މަރު:ވާނުވާ ނާންގާތީ ހޮޅުދޫން އިހުތިޖާޖަށް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް