22 ޖެނުއަރީ 2017
ޝީނާ ބޯރާ މަރާލިކަމުގެ ތުހުމަތުގައި، އިންޑިއާގެ މީޑިއާގެ ފުންނާބު އުސް މީހެއްކަމަށްވާ އޭނާގެ ދޮން ބައްޕަ ޕީޓާ މުކަރުޖީ އާއި މަންމަ އިންދިރާނީއާ ދެކޮޅަށް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ފަށަން ތައްޔާރުވެފައި ވަނިކޮށް ޕީޓާ ކައިރިން ވަރިވާން އިންދިރާނީ ކޯޓުގައި އެދެފި އެވެ.
ޝީނާ ބޯރާ މަރާލިކަމުގެ ތުހުމަތުގައި، އިންޑިއާގެ މީޑިއާގެ ފުންނާބު އުސް މީހެއްކަމަށްވާ އޭނާގެ ދޮން ބައްޕަ ޕީޓާ މުކަރުޖީ އާއި މަންމަ އިންދިރާނީއާ ދެކޮޅަށް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ފަށަން ތައްޔާރުވެފައި ވަނިކޮށް ޕީޓާ ކައިރިން ވަރިވާން އިންދިރާނީ ކޯޓުގައި އެދެފި އެވެ.
އިންދިރާނީ އާއި ޕީޓާ ކައިވެނިކޮށްފައި ވަނީ 2002 ވަނަ އަހަރު އެވެ. ޕީޓާ ކައިރިން ވަރިވާން އިންދިރާނީ ބޭނުންވާ ސަބަބެއް ނޭނގެ އެވެ. ނަމަވެސް އޭނާގެ ވަސިއްޔަތް ވެސް ބަދަލުކުރަން ބޭނުންވާ ކަމަށާއި އޭނާގެ އަތުގައި ހުރި ފައިސާގެ ބޮޑު ބައެއް ޗެރިޓީ އޮގަނައިޒޭޝަންތަކަށް ދޭން ގަސްތުކުރާ ކަމަށް ވެސް އިންދިރާނީ ބުނެފައިވެ އެވެ.
އަންގާރަ ދުވަހު ކޯޓުގައި ވަނީ އިންދިރާނީ އާއި ޕީޓާ އަދި އިންދިރާނީގެ ކުރީގެ ފިރިއެއް ކަމަށްވާ ސަންޖީވް ކަންނާގެ މައްޗަށް ޝީނާ މަރާލި ކަމުގެ ދައުވާ އުފުލާފަ އެވެ. އަދި މި ޝަރީއަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ. މި މީހުންގެ މައްޗަށް، ޝީނާ މަރާލަން ރޭވުމާއި ކިޑްނެޕްކުރުން އަދި ހެކި ނައްތާލަން މަސައްކަތް ކުރުމާއި ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ވެސް އުފުލާފައި އެވެ.
ޕީޓާ އާއި އިންދިރާނީ ފުރަތަމަ ބައްދަލުވީ 2002 ވަނަ ހޮޓެލް ތާޖް ޕްރެޒިޑެންޓްގެ ލައިބަރަރީންނެވެ. އޭގެ ފަހުން ދެ މީހުން ރައްޓެހިވެގެން ދުވަސްކޮޅަކު އުޅުމަށްފަހު ހަމަ އެ އަހަރު ކައިވެނި ކުރީ އެވެ. ކައިވެންޏަށް ފަހު ދެމީހުންގެ މަސައްކަތުން މީޑިއާގައި ނަންހިނގާ ބަޔަކަށް އެމީހުން ވި އެވެ.
އިންދިރާނީގެ މަޝްހޫރުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައިރު އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީގައި ޕީޓާ ކުރިއަރައިގެން ދިޔަ އެވެ. އަދި ސްޓާ ނެޓްވާކްގެ އެންމެ އިސް މީހަކަށް އޭނާ ވި އެވެ. އަމީތާބް ބައްޗަންގެ މަޝްހޫރު ކުއިޒް ޝޯ "ކޯން ބަނޭގާ ކުރޯޅުޕަތީ" އަކީ ޕީޓާ ތައާރަފްވި ޝޯ އެކެވެ. މި ޝޯގެ ކާމިޔާބުން ސަބަބުން ސްޓާ ޓީވީ އާއި ޕީޓާގެ މަގްބޫލުކަން އިންތިހާއަށް އިތުރުވެގެން ދިޔަ އެވެ. އަދި އިސާހިތަކު ޓީވީ އިންޑަސްޓްރީގެ އެންމެ ނަން ހިނގާ މީހަކީ ޕީޓާ އަށް ވި އެވެ.
ނަމަވެސް އޭގެ ފަހުން ޕީޓާއަށް ކާމިޔާބުކަމާ އެކު ހިފަހައްޓާލެވުނީ އެންމެ ފަސް ވަރަކަށް އަހަރު ދުވަހު އެވެ. ދެހާސް ފަހަކުން ފެށިގެން "ކޯން ބަނޭގާ ކްރޯޅްޕަތީ" ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އަމީތާބު ބަލިވެގެންނާއި އެހެން ސަބަބުތަކާ ހުރެ އެވެ.
ހަމަ އެދުވަސްވަރު ސްޓާ ނެޓްވާކްގެ ލީޑަޝޕް ބަދަލުވި އެވެ. އެހިސާބުން ޕީޓާ އިސްތިއުފާ ދީފައި އިންދިރާނީ އާއި ދެ މީހުން އަމިއްލަ ނިއުސް ޗެނަލެއް ހެދުމުގެ މަސައްކަތް ފެށި އެވެ. އަދި ހަ މަސް ތެރޭގައި މުޅިން އާ ޗެނަލެއް ވުޖޫދަށް ގެނަ އެވެ. ދޮންދަރިފުޅު ޝީނާގެ މަރުގެ މައްސަލައިގައި ހައްޔަރުވިއިރު ވެސް ޕީޓާއަކީ ވަރަށް ގިނަ ވިޔަފާރިތަކެއް ކުރަމުންދިޔަ މުއްސަނދި މީހެކެވެ. އަދި އިންދިރާނީގެ އަތުގައި ވެސް ވަރަށް ގިނަ ފައިސާ އޭރު ހުއްޓެވެ.
އުމުރުން 24 އަހަރުގެ ޝީނާ މަރާލީ އިންދިރާނީގެ މުދަލުން ބައެއް ދޭން އެދޭތީ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. އަނެއްބައި ރިޕޯޓުތައް ބުނަނީ ޕީޓާގެ ފިރިހެން ދަރިފުޅު ރާހޫލް އާއި ޝީނާގެ ލޯބީގެ ގުޅުމަށް ނުރުހިގެން ޕީޓާ އާއި އިންދިރާނީ ރާވައިގެން ޝީނާ މަރާލީ ކަމަށެވެ.
މި ދައުވާގެ އަޑުއެހުންތައް ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ. އިންދިރާނީގެ ގާނޫނީ ވަކީލު ބުނެފައިވަނީ ސީބީއައި އަށް އިންދިރާނީ އާއި ޕީޓާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހޯދިފައި ނެތް ކަމަށެވެ.
ޝްރެދާ މަރާލި ގޮތް އަފްތާބު ކިޔައިދީފި
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
ސުޝާންތު މަރާލިކަމުގެ ހެއްކެއް ނެތް: ސީބީއައި
އަނބިމީހާ މަރުނުވަނީސް އޭނާގެ ގާތިލަކަށްވީ ފިރިމީހާ
ޝީނާ މަރާލި ކަމުގެ ދައުވާ އިންދިރާނީ އާއި ޕީޓާއަށް ކޮށްފި
އިންޑިއާ މީހަކު ރާއްޖޭގައި މަރާލި ކަމަށް ބުނެ ޕޮލިހަށް
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ
"އޮތީ ކަރު ކަނޑާލާފައި، އެކަނި އެވަރެއް ނުވާނެ"
ޒަކިއްޔާގެ މަރު:ވާނުވާ ނާންގާތީ ހޮޅުދޫން އިހުތިޖާޖަށް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް