30 އެޕްރީލް 2017
ރާއްޖޭގައި މި ފަހުން ޚިދުމަތް ދޭން ފެށި އިންޝުއަރެންސް ކުންފުނި، ސޮލަރެލް އިންޝުއަރެންސް އިން ސ. ހިތަދޫގައި އެ ކުންފުނީގެ ގޮތްޕެއް ހުޅުވަން ނިންމައިފި އެވެ.
ރާއްޖޭގައި މި ފަހުން ޚިދުމަތް ދޭން ފެށި އިންޝުއަރެންސް ކުންފުނި، ސޮލަރެލް އިންޝުއަރެންސް އިން ސ. ހިތަދޫގައި އެ ކުންފުނީގެ ގޮތްޕެއް ހުޅުވަން ނިންމައިފި އެވެ.
އެ ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް، ހޮޓެލް ޖެންގައި މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން، ކުންފުނީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ފުޅާވަމުން އަންނަ މި ދަނޑިވަޅު އިންޝުއަރެންސްގެ ހިދުމަތް ވެސް ފުޅާކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އަންނަ ޖުލައި މަހުގެ ކުރިން ހިތަދޫގައި އެ ކުންފުނީގެ ގޮތްޕެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިކަމަށް ސޮލަރެލްއަށް ވަނީ ހުއްދަ ވެސް ދީފަ އެވެ.
"ރާއްޖޭގައި އިތުރު ބޭންކަކާއި އިތުރު އިންޝުއަރެންސް ކުންފުންޏެއް މިހާރު އެ ވަނީ އުފައްދާފައި. އެހެންވެ، މާކެޓް ކޮންފިޑެންސް އޮތުމާ އެކު މާކެޓް ޝެއާ އިތުރު ކުރުމުގެ ގޮތުން އާ ބްރާންޗެއް އުފައްދަން ނިންމީ،" އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެމްޓީސީސީ ފަދަ ބޮޑެތި ކުންފުނިތަކެއް ހިންގެވި ސަލީމް ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ބަންދު ސަލީމް ވާހަކަ ދައްކަވަނީ: އިންޝުއަރެންސްއަށް މާކެޓް އެބައޮތް ކަމަށް ވިދާޅުވި-- ފޮޓޯ: ނިޝާން އަލީ
މި ހަފުލާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް ކުރާ ކޮންމެ އިންވެސްޓްމެންޓަކީ ވެސް އިންޝުއަރެންސްގެ ވިޔަފާރި ސީދާ ހިއްސާވާ ކަމެއް ކަމަށާއި އެހެންވެ، ޓޫރިޒަމް ދާއިރާ ތަރައްގީވަމުން އަންނައިރު އެއާ ގުޅުން ހުރި ދާއިރާތައް ވެސް ތަރައްގީވާން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިންޝުއަރެންސް ވިޔަފާރީގެ ދާއިރާ އޮތީ ވަރަށް އުޖާލާކޮށެވެ.
"ފަތުރުވެރިކަމަށް ދޫކޮށްފައިވާ 160 ރަށުގެ ތެރެއިން 25 ރަށެއް މި އަހަރުގެ ތެރޭގައި ހުޅުވޭނެ. މިއީ އިންޝުއަރެންސް އިންޑަސްޓްރީއަށް ހުޅުވޭ އިތުރު ފުރުސަތުތަކެއް،" ޒަމީރު ވިދާޅުވި އެވެ.
"އިންވެސްޓް ކުރަން ނިންމާ ދުވަހުން ފެށިގެން އެ އޮޕަރޭޝަން ދެމިގެންދާހާ ދުވަހަކަށް އިންޝުއަރެންސް އެކި ޕޮލިސީތައް ނަގައި ދަމަހައްޓަން ޖެހޭނެ."
ޓޫރިޒަމްގެ އިތުރުން، އިމާރާތް ކުރުމާއި ގޭބިސީ އާއި އާއްމު ފަރުދުންނަށް ވެސް މިހާރު އިންޝުއަރެންސްގެ ބޭނުން ޖެހިފައިވާތީ، އެ ދާއިރާ ފުޅާކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ/ މިހާރު
ސޮލަރެލް އިންޝުއަރެންސް އަކީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދޭ 100 ޕަސެންޓް ދިވެހިން ހިއްސާވާ އަމިއްލަ ފުރަތަމަ ކުންފުންޏެވެ. އެ ކުންފުންޏަށް އިންޝުއަރެންސް ލައިސަންސް ދިނީ މިދިޔަ މާޗް މަހުގެ ފަހުކޮޅު އެވެ. ސޮލަރެލް އިން ވަނީ އާންމުކޮށް ރާއްޖޭގައި ދެމުން އަންނަ ހުރިހާ ވައްތަރެއްގެ އިންޝުރެންސްގެ ބާވަތްތައް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހެލްތު އިންޝުއަރެންސްގެ އިތުރުން ކާގޯ އިންޝުއަރެންސާއި މެރިން އިންޝުއަރެންސް، އިންޖިނިއަރިން އިންޝުއަރެންސް، ޕްރޮޕަޓީ އިންޝުއަރެންސް، އޭވިއޭޝަން އިންޝުއަރެންސް، މިސެލޭނިއަސް އިންޝުއަރެންސް، އަދި މޮޓޯ އިންޝުއަރެންސް ހިމެނެ އެވެ.
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
އަމީލް ދިވެހި އިންޝުއަރެންސްގެ އެމްޑީއަކަށް
އިންޝުއަރެންސް ކުންފުނިތަކުގެ ފައިދާ ދަށަށް
އާ ހިދުމަތްތަކާ އެކު އެލައިޑަށް ބޮޑު ބަދަލެއް
އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ކުޑަ: މިނިސްޓަރު
ސޮލަރެލް އިން ހެލްތު އިންޝުއަރެންސް ތައާރަފްކޮށްފި
ބަންދު ސަލީމް އިސްކޮށް، ސޮލަރެލްގެ ފުރަތަމަ ފިޔަވަޅު
އީޖާދީ ވިސްނުމުގައި ދުނިޔެ ގުޅިގެން މަސައްކަތްކުރަންޖެހޭ
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމަށް ވަނުން ރަނގަޅެއް ނޫން