05 މެއި 2018
ރާއްޖޭގައި ހިންގާ އިންޝުއަރެންސް ކުންފުނިތަކުގެ ފައިދާ އާއި ކުންފުނިތަކުން ކްލެއިމް (ބަދަލު) ދިން އަދަދު ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގައި ހިންގާ އިންޝުއަރެންސް ކުންފުނިތަކުގެ ފައިދާ އާއި ކުންފުނިތަކުން ކްލެއިމް (ބަދަލު) ދިން އަދަދު ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން އިންޝުއަރެންސް ކުންފުނިތަކުން މިދިޔަ އަހަރު ކްލެއިމްތަކަށް ދައްކާފައި ވަނީ 240.4 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހަތް ޕަސެންޓް ދަށް އަދަދެކެވެ. އަދި ކްލެއިމްތަކަށް ދެއްކި ފައިސާގެ ތެރެއިން 45 ޕަސެންޓް ނުވަތަ 108.1 މިލިއަން ރުފިޔާ ދައްކާފައި ވަނީ ސިއްހީ އިންޝުއަރެންސްގެ ޕޮލިސީތަކުގެ ކްލެއިމްތަކަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި 30 ޕަސެންޓް ނުވަތަ 72 މިލިއަން ރުފިޔާ ދައްކާފައި ވަނީ ކަނޑު އުޅަނދުފަހަރާ ގުޅޭ ޕޮލިސީތަކުގެ ކްލެއިމްތަކަށް ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ޖެނެރަލް އިންޝުއަރެންސްގެ ވިޔަފާރިތަކުގެ ޓެކްސް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހަ ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ކުންފުނިތަކަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 47.3 މިލިއަން ރުފިޔާ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އިންޝުއަރެންސްގެ މުހިންމު މިންގަނޑުތަކަށް ބަލާއިރު ޖެނެރަލް އިންޝުއަރެންސްގެ ވިޔަފާރީގެ ދާއިރާ ކުރިއެރި ނަމަވެސް، އެ ވިޔަފާރީގެ ފައިދާ 2015 ވަނަ އަހަރުން ފެށިގެން ދަށްވަމުންދާ ކަމަށެވެ. އެއީ އެ ދާއިރާގައި ކުންފުނިތަކުގެ ވާދަވެރިކަން އިތުރުވުމާއި އިންޝުއަރެންސްގެ އަގު ދަށްވުމުން ކަމަށް ބުނެފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިންޝުއަރެންސް ކުންފުނިތަކަށް ޕްރިމިއަމްގެ ގޮތުގައި 15 ޕަސެންޓް އިތުރުވެ 767.3 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ރާއްޖޭގައި މިވަގުތު އިންޝުއަރެންސްގެ ވިޔަފާރިކުރަނީ ފަސް ކުންފުންޏަކުންނެވެ. އޭގެ ތެރެއިން ތިން ކުންފުންޏަކީ ދިވެހި ތިން ކުންފުންޏެކެވެ. އޭގެ ތެރެއިން ހަތަރު ކުންފުންޏަކުން ކުރަނީ ޖެނެރަލް އިންޝުއަރެންސެވެ. އަދި ޖެނެރަލް އާއި ލައިފް އިންޝުރަރެންސްގެ ހިދުމަތް ވެސް އެއް ކުންފުންޏަކުން ދެމުންގެންދެ އެވެ.
މާލީ އިދާރާތަކުގެ ބޯޑަށް ސިޔާސީމީހުން ލެވޭގޮތް ހަދައިފި
އިންޝުއަރެންސް ދާއިރާ ހަރުދަނާ ކުރަން ހާއްސަ އެއްބަސްވުމެއް
އަމީލް ދިވެހި އިންޝުއަރެންސްގެ އެމްޑީއަކަށް
އާ ހިދުމަތްތަކާ އެކު އެލައިޑަށް ބޮޑު ބަދަލެއް
ސޮލަރެލް އިންޝުއަރެންސްގެ ގޮތްޕެއް އައްޑޫގައި ހުޅުވަނީ
އިންޝުއަރެންސް އިންޑަސްޓްރީ އަދިވެސް ކުޑަ: މިނިސްޓަރު
ސްރީ ލަންކާ އިންޝުއަރެންސް ހުއްޓާލިތާ 4 އަހަރުވެއްޖެ
އިންޝުއަރެންސްގެ ޚިދުމަތް މޮނޮޕޮލީއާ ދިމާލަށް!
އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ފައިދާއެއް!
ބަންދު ސަލީމް އިސްކޮށް، ސޮލަރެލްގެ ފުރަތަމަ ފިޔަވަޅު