Roadha Mihaaru
އިންޝުއަރެންސް ދާއިރާ ހަރުދަނާ ކުރަން ހާއްސަ އެއްބަސްވުމެއް

ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ހަރުދަނާ ކުރަން ހާއްސަ އެއްބަސްވުމެއް

22 އޯގަސްޓް 2023

ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޔޫއެންޑީޕީ އާއި އެމްއެމްއޭ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޝުއަރެންސް ދާއިރާ އަށް ބޭނުންވާ މުހިއްމު ގަވައިދުތަކަށް މިހާރަށް ވުރެ ހަރުދަނާކޮށް، އިންޝުއަރެންސް ދާއިރާގެ ހިންގުމަށް ބޭނުންވާ ބަދަލުތައް ގެންނާނެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން މި އަހަރުގެ ކުރީކޮޅު އޫއެންޑީޕީން ހެދި "އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީ" އިން ފާހަގަވި ކަންކަމަށް ބަލައި، އެ ބޭނުންވާ ބަދަލުތައް އެ ދާއިރާ އަށް ގެންނާނެ ކަމަށް ޔޫއެންޑީޕީން ބުންޏެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އިންޝުއަރެންސް ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މުޅި މާލީ ދާއިރާ އަށް ރަނގަޅު ބަދަލެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގަވަރުނަރު ވިދާޅުވީ، ޔޫއެންޑީޕީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލީ ދާއިރާ އަށް ގެންނާނީ ދެމެހެއްޓެނިވި ތަރައްގީ އާއި އިގްތިސާދީ ގޮތުން ރާއްޖެ އަށް ކުރިއެރުން ގެންނާނެ ފަދަ ބަދަލުތަކެއް ކަމަށެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ އެންރީކޯ ގަވީޔާ ވިދާޅުވީ، މޫސުމީ ބަދަލުތަކާ އެކު ތަފާތު އެކި ކާރިސާތަކާ ރާއްޖެ އަށް ކުރިމަތިވެފައިވާ ކަމަށެވެ. ދިމާވާ އެފަދަ ކާރިސާތަކާއި ގެއްލުންތަކުން އަރައިގަތުމަށް އިންޝުއަރެންސްގެ ރަނގަޅު ނިޒާމެއް ރާއްޖެއަށް ބޭނުންވާ ކަމަށެވެ.