27 އެޕްރީލް 2017
ރ. އަތޮޅު އާރަށަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް އަޑިއަށް ގޮސް ދެ މީހަކު ރޭ ދަންވަރު މަރުވެއްޖެ އެވެ.
ރ. އަތޮޅު އާރަށަށް މުދާ ހިފައިގެން ދިޔަ ދޯންޏެއް އަޑިއަށް ގޮސް ދެ މީހަކު ރޭ ދަންވަރު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ އިންޑިއާ ދެ ފިރިހެނުން ކަމަށެވެ.
އެ ދެ މީހުން މަރުވެފައި ވަނީ އެލިއާ އިން ރިސޯޓެއް ތަރައްގީކުރާ އާރަށަށް ދިއުމަށްޓަކައި ޒިޔާރަތްފުށި ކައިރިން މާލެ އަތޮޅުން ނުކުތުމަށް ފަހު، ކަނޑު ގަދަވެގެން ދޯނި އަނބުރާލައި މާލެ އަތޮޅަށް ވަދެ ހިންމިޔާ ފަޅުގައި މަޑުކުރުމަށް ފަހު އަލުން ނުކުންނަނިކޮށް، ދޯނީގެ ދިރުނބާކޮޅު ގަލެއްގައި ޖެހި ދިޔަވެގެން ހިނގި ހާދިސާގަ އެވެ.
އެކްސިޑެންޓްގައި މަރުވި މީހަކު މާލެ ގެނެސް އެމްބިއުލާންސުން ބާލަނީ.--- މިހާރު ފޮޓޯ: އަހްމަދު ހަމްދޫން
"ޕްރިންސެސް" ކިޔާ 80 ވަރަކަށް ފޫޓުގެ މި ދޯނި އަޑިއަށް ދިއުމުގެ ހާދިސާގައި މަރުވީ އެލިއާގެ ދެ މުވައްޒަފުންނެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި ތިބީ އެލިއާގެ ހަތް މުވައްޒަފަކާއި ދޯނީގެ ހަތަރު ފަޅުވެރިންނެވެ. މިހާދިސާ ހިނގީ ރޭ ދަންވަރު 3:30 ހާ އިރެވެ.
ހިންމިޔާ ފަޅަށް އަޑިއަށް ދިޔަ ދޯނިން ސަލާމަތްވި ބައެއް މީހުން ހޮސްޕިޓަލުގައި.---މިހާރު ފޮޓޯ: އިސްމާއިލް ނަސީރު
އެމްއެންޑީއެފުން ބުނީ އެ ދެ މީހުން މަރުވީ، ދޯނި އަޑިއަށް ދިޔަ ވަގުތު ދޯނި ތެރޭގައި ތާށިވެގެން ކަމަށެވެ. އެނގިފައިވާ ގޮތުގައި ދޯނީގައި ދެ މީހަކު ފިޔަވައި ދެން ތިބީ ހުސް ބިދޭސީންނެވެ.
"ހަމަ ކުއްލިއަކަށް ނޫން ދޯނި އަޑިއަށް ދާން ފެށީ. މަޑުމަޑުން ދަމުންދަމުން އަޑިއަށް ދިޔައީ. އަޑިއަށް ދާން ފެށީމަ އޭގައި ތިބި ދެ މީހުން (މަރުވި ދެ މީހުން) ދޯނިން ފުންމާލީމަ އެ މީހުން އަޑިއަށް ދިޔައީ. ދެން ވަކި ހިސާބަކުން ދޯނި އަޑިއަށް ދިޔައީމަ ބައެއް މީހުން ގެނބިގެން ދިޔަ. އަހަރެން ވެސް ދިޔައީ އަޑިއަށް. މައްޗަށް އެރި އިރު (ހަތަރު ވަރަކަށް މިނެޓް ފަހުން) ދެ މީހުން ތިބީ މަރުވެފައި،" ދޯނިން ދަތުރުކުރި ދިވެހި ފަޅުވެރިއަކު ބުންޏެވެ.
މި ހާދިސާގައި ދޯނީގެ ކައްޕި އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އޭނާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެގެން އޭނާ އަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އެއީ ދޯނިން ދަތުރުކުރި ދެ ދިވެހިންގެ ތެރެއިން އެކެކެވެ.
ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި މަރުވި ދެ މީހުންނަށް ވެސް ފަތާކަށް ނޭނގެ އެވެ.
އެރިޔަދޫ ރިސޯޓްގެ ހުޅަނގުން އޮންނަ މާލެ އަތޮޅު ހިންމިޔާ ފަޅު
ދޯނީގެ ވެރި މީހާ ބުނީ އާރަށަށް ދަނިކޮށް، ކަނޑު ގަދަވެ ދަތުރު ނުކުރެވިގެން ދޯނިން ގުޅާފައި އެންގި ކަމަށާއި އެހެންވެ ހިންމިޔާ އަށް ވަންނަން ދޯނީގެ ކައްޕި ގާތު ބުނީ ކަމަށެވެ. ހިންމިޔާއިން ނިކުންނަން އުޅުނީ ކަނޑު މަޑުވުމުން ކަމަށާއި އެކަމަކު ގަލެއްގައި ޖެހި ދޯނި ދިޔަވެ އަޑިއަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.
މަރުވި މީހުންނާއި ހާދިސާގައި ޒަހަމްވި މީހުން ކޯސްޓް ގާޑުގައި މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އެކަމަކު ދެން ތިބި މީހުންނަށް މާ ބޮޑެތި އަނިޔާތަކެއް ލިބިފައެއް ނެތެވެ.
ލޯންޗު އެކްސިޑެންޓުގައި ނިޔާވީ ވިޔަފާރިވެރިޔާ ސައުދުﷲ
ޝާފިއު އާއި މިސްބާހު ދަތުރުކުރީ ކައިވެންޏަކަށް ދާން
އެކްސިޑެންޓެއްގައި ކުށްވެރިވި ކެޕްޓަން ސަލާމަތްވެއްޖެ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ސިންގަޕޫރު ކުއްޖަކު ދޯނީގެ ބުރަފަތީގައި ޖެހި މަރުވެއްޖެ
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފިޔަވަޅު އަޅާނަން
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސައިކަލަކުން ޖައްސައި ދިން އަނިޔާގެ ވޭނުގައި އަހަރެއް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް